ޚަބަރު

ރައީސް ޔާމިން ހުޅުމާލޭގައި ބޭއްވި އެތައް ސަތޭކަ ބަޔަކު ބައިވެރިވި ޖަލްސާ މުއިއްޒުއަށް ހަޖަމެއް ނުވި, މިރޭގެ ގަރުދިޔަ ޖަގަހައިގެ ޖަލްސާއަށް ކޮންމެ ދާއިރާ ރައީސްއަކު 10 މީހުން ގެންދަން މުއިއްޒު އަމުރު ކޮށްފި

ދިޔަވަރު
ރައީސް ޔާމިން ހުޅުމާލޭގައި ބޭއްވި އެތައް ސަތޭކަ ބަޔަކު ބައިވެރިވި ޖަލްސާ މުއިއްޒުއަށް ހަޖަމެއް ނުވި, މިރޭގެ ގަރުދިޔަ ޖަގަހައިގެ ޖަލްސާއަށް  ކޮންމެ ދާއިރާ ރައީސްއަކު 10 މީހުން ގެންދަން މުއިއްޒު އަމުރު ކޮށްފި

ރައީސް ޔާމިން ހުޅުމާލޭގައި ބޭއްވި އެތައް ސަތޭކަ ބަޔަކު ބައިވެރިވި ޖަލްސާ މުއިއްޒުއަށް ހަޖަމް ނުވެގެން, ޕީއެންސީ ހަރުގޭގައި މިރޭ އޮންނަ އެ ޕާޓީގެ ޖަލްސާއަށް ކޮންމެ ދާއިރާ ރައީސްއަކު 10 މީހުން ގެންދަން އަންގައިފި އެވެ.

ރައީސް ޔާމިން މި ހަފްތާގައި ހުޅުމާލޭގެ ދެވަނަ ފޭސްގެ ހިޔާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް އެތައް, އެމަނިކުފާނުގެ ފިކުރަށް ތާއީދުކުރާ ސަތޭކަ ބަޔަކު ވަނީ ހާޒިރު ވެފައެވެ. މިޖަލްސާއަށް އެހާ ހިގަ އަދަދެއްގެ ބަޔަކު ހާޒިރުވީ ޖަލްސާ އޮންނަކަން އިއުލާން ކުރުމަށްފަހު ޖަލްސާއަށް މީހުން ގެންދަން މާގިނަ މަސައްކަތްތަކެއް ކޮށްގެނެއްވެސް ނޫނެވެ.

ޕީއެންސީގެ ދާއިރާ ރައީސުން ތިބޭ ވަޓްސްއެޕް ގްރޫޕަށް ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިރޭ އޮންނަ އެ ޕާޓީގެ ހަރުގެ ޖަލްސާއަށް ޕީއެންސީގެ ކޮންމެ ދާއިރާ ރައީސްއަކު ވެސް އިތުރު 10 މީހުން ގެންދިޔުމަކީ ޕާޓީގެ ލީޑަޝިޕުން އެދޭ ކަމެއް ކަމަށެވެ.

"ސަލާމް،.. މިރޭގެ ހަރުގެ ޖަލްސާއަށް ބޭފުޅަކު ވެސް މަދުވެގެން 10 ބޭފުޅުން ގެނެސްދެއްވުމަކީ ޕާޓީގެ ލީޑަޝިޕް އެދިލައްވާ ކަމަކަށް ވާތީ އިހުތިރާމާއެކު އެ ވާހަކަ ދަންނަވައިލިން،" މުހައްމަދު އިސްމާއިލް ކުރެއްވި މެސެޖުގައި ލިޔުއްވާފައިވެ އެވެ.

އޭނާގެ އެ މެސެޖާ ގުޅިގެން އެ ގްރޫޕުގައި ތިބި ބައެއް މީހުން ވަނީ ނުރުހުން ވެސް ފާޅުކޮށްފަ އެވެ. އެގޮތުން މުހައްމަދު އިސްމާއިލްގެ މެސެޖަށް ރައްދުދިން މީހަކު ބުނެފައި ވަނީ ހަރުގެ ޖަލްސާއަށް މީހުން ގެންދަން މަސައްކަތް ކުރެވޭނީ އެމީހުންގެ ހާލަތަށް އިސްކަންދޭ ނަމަ ކަމަށެވެ.

"އަހަރުމެން މަގުމަތި ކޮށްފައި ހާލުގައި ޖައްސާފައި ބައިތިއްބައިގެން ތިޔަ ގޮވެލިފަތި ނުގޮވާ، މާދަމާ ވެސް ކޮނޑުވިއްދައިގެން އުފުލައިދޭން ތިބީ ހަމަ މަގުމަތި ކޮށްފައި ތިބި އަހަރުމެން، މިހެން ބުނަން މިއަދު މަޖުބޫރު،" މުހައްމަދު ނައީމް ނަމަކަށް ކިޔާ އެ މީހާ ބުނެފައިވެ އެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާއަށް ކޮންމެ ދާއިރާ ރައީސްއަކު 10 މީހުން ގެންދަން އަންގާފައި މިވަނީ މި ފަހަކަށް އައިސް އެ ޕާޓީގެ ހަރުގެ ޖަލްސާތަކަށް ދާ މީހުންގެ އަދަދު މަދުވެފައިވަނިކޮށެވެ. ޕީއެންސީގެ ހަރުގެ ޖަލްސާތަކަށް ދާ މީހުންގެ އަދަދު މަދުވުމުން، އިދިކޮޅު ބައެއް ފަރާތްތަކުން އެކަމަށް ފާޑުވެސް ކިޔާފައިވެ އެވެ.

މިރޭ އޮންނަ އެ ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަދެއްކުމަށް ހަމަޖެހިފައި ވަނީ ހެލްތު މިނިސްޓަރު، އަބްދުالله ނާޒިމް އިބްރާހިމް އާއި އޭދަފުށީ ދާއިރާގެ މެންބަރު، އަހުމަދު ސަލީމް (ރެޑްވޭވް) އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަބްދުލްމަޖީދު އިބްރާހިމްގެ އިތުރުން މިލަންދޫ ދާއިރާގެ މެންބަރު، ހަސަން މުފީދު އަބްދުލްގާދިރު އެވެ.

ޕީއެންސީގެ ގަރުދިޔަ ޖަގަހައިގައި ފަހަކަށް އައިސް ބާއްވާ ޖަލްސާތަކަށް ދާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން މަދުވެ, އެ ޖަލްސާތަކަށް ވަޑައިގެންނެވުން މުއިއްޒުވެސް ވަނީ ފަހަކަށް އައިސް ހުއްޓަވާލައްވާފައެވެ.