ޚަބަރު

އަފީފް ގަރާރު ކުރިއަށް ނުގެންގޮސް މަޖިލިސް ހުއްޓުވީ އިޒްރޭލާއި ދެކޮޅަށް މަޖިލީހުން ބަހުސްކޮށް ބަޔާނެއް ނެރެން އުޅޭތީ!

ދިޔަވަރު
އަފީފް ގަރާރު ކުރިއަށް ނުގެންގޮސް މަޖިލިސް ހުއްޓުވީ އިޒްރޭލާއި ދެކޮޅަށް މަޖިލީހުން ބަހުސްކޮށް ބަޔާނެއް ނެރެން އުޅޭތީ!

ރައީސް ނަޝީދު ވަނީ، ދާދި ފަހުން ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި އިސްރާއީލުގެ އެމްބަސަޑަރާއި ބައްދަލު ކުރައްވާފައެވެ. ރައީސް ނަޝީދު ނަޝީދާއި އަފީފް (ޖީސަސް އަފީފް) އަކީ އިސްރާއީލަށް ތާޢީދު ކުރާބައެކެވެ.

ރައީސް ނަޝީދުގެ ޔޫއޭއީ ދަތުރުގެ އަސްލު މަޤްސަދަކީ އިސްރާއީލަށް ވެދެވެން އޮތް އެއްބާރު ލުމާއި ގުޅޭގޮތުން މަޝްވަރާ ކުރުން ކަމުގައި ރައީސް ނަޝީދުގެ އަރިސް ފަރާތެއް ނަން ނުޖެހުމަށް ޝަރުތުކޮށް ހާމަ ކުރެއްވިއެވެ.

ދިޔަވަރަށް މައުލޫމާތު ލިބޭ ގޮތުގައި މަޖިލީސް ދިގު ދަންމަމުން ދަނީ، ރާއްޖެއިން އިޒްރޭލާއި ދެކޮޅަށް މަޖިލީހުގައި މަޝްވަރާކޮށް، އިސްލާމީ ގައުމަކުން އިޒްރޭލު ކުއްވެރިކޮށް ކުޑަނަމަވެސް ފިޔަވަޅެއް އެޅުމަކީ އިސްރާއީލުގެ ޒައެނިސްޓް ސަރުކާރުން އެދޭ ގޮތަކަށް ނުވާތީއެވެ. ރާއްޖެ ކަހަލަ ކުޑަ ގައުމަކުން ބޮޑެތި ފިޔަވަޅުތަކެއް އިޒްރޭލާއި މެދު އެޅުމަށް މަޖިލީހުން ނިންމައިފިނަމަ، އެހެން މުސްލިމް ޤައުމުތަކަށް މިކަމުގެ ސަބަބުން ހިތްވަރު ލިބޭނެއެވެ!

ރައީސް ނަޝީދު ވަނީ އިޒްރޭލަށް އެފަދަ ކަމެއް މަޖިލީހުން ނުހިނގާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އިޒްރޭލުން ވަނީ އެކަމުގެ ބަދަލުގައި މަޖިލިސް އިންތިހާބަށް ޑިމޮކްރެޓްސްއަށް މާލީ އެހީތެރިކަން އިސްރާއީލުން ދޭނެ ކަމުގެ ޔަގީން ކަން ދީފައި ކަމަށް ވެސް ޑިމޮކްރެޓްސްގެ ފަރާތުން މައުލޫމާތު ދެއްވި ފަރާތުން ހިތް ހަމަ ނުޖެހިގެން ކިޔައިދިނެވެ.

ރައީސް ނަޝީދު އިސްރާއީލުގެ އެމްބަސަޑަރ އާއި ބައްދަލު ކުރި މައްސަލާގައި ޑިމޮކްރެޓްސްގެ ލީޑަރޝިޕްގެ ބައެއް ފަރާތްތަކާއި އާންމު ގިނަ މެމްބަރުންނެއް ތިބީ ހިއްހަމަ ނުޖެހިފައެވެ.