ޚަބަރު

ޑޮލަރުގެ އަގު ދެން ދާނީ ދަށަށް ކަމަށް މުއިއްޒު ވިދާޅުވެ, 3 މަސްތެރޭ ޑޮލަރުގެ މައްސަލަ ހައްލުވާނެކަމަށް ފިނިފެންމާ ސައީދު ވިދާޅުވިތާ އަހަރެއް ފާއިތުވެއްޖެ, ޑޮލަރުގެ އަގު މިއަދު ހުރީ 19.80 ގައި!

ދިޔަވަރު
ޑޮލަރުގެ އަގު ދެން ދާނީ ދަށަށް ކަމަށް މުއިއްޒު ވިދާޅުވެ, 3 މަސްތެރޭ ޑޮލަރުގެ މައްސަލަ ހައްލުވާނެކަމަށް ފިނިފެންމާ ސައީދު ވިދާޅުވިތާ އަހަރެއް ފާއިތުވެއްޖެ, ޑޮލަރުގެ އަގު މިއަދު ހުރީ 19.80 ގައި!

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިއިން ޒަމާނަކު އުފުލިގެން ނުދާ މިންވަރަށް މަތިވެ, ޑޮލަރުގެ އަގު 19.80 އަށް އަރައިފިއެވެ. މިއީ ތާރީޚުގައިވެސް ރާއްޖޭގައި ޑޮލަރުގެ އަގު މިހާބޮޑަށް މަތިވެގެންދިޔަ ފުރަތަމަ ފަހަރެވެ.

އެހެންނަމަވެސް ވެރިކަމަށް ވަޑައިގެންނެވިތާ 6 މަހެއްހާ ދުވަހުގެ ތެރޭގައި ޑޮލަރުގެ އުފުލެން ފެށުމާއެކު, ހުޅުމާލޭ ހިޔާ ސަރަހައްދުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވެފައިވަނީ ޑޮލަރުގެ އަގު ދެން މަތި ނުވާނެކަމަށާއި, ދެންދާނީ ދަށަށް ކަމުގައެވެ. އަދި މުއިއްޒުއާއެކު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި މުއިއްޒުގެ ކެބިނެޓްގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ފިނިފެންމާ ސައީދު މީގެ އަހަރެއްހާ ދުވަސްކުރީން ވިދާޅުވީ ރާއްޖެއަށް އޭރު ކުރިމަތިވަމުންއައި ޑޮލަރުގެ މައްސަލައަށް 3 މަސްދުވަހުގެ ތެރޭގައި ހައްލު އަންނާނެ ކަމަށެވެ.

އަދި އެއަށްފަހު ސަރުކާރުން ވަނީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްކަމަށް ބުނެ, ރިސޯޓުތަކަށް މަޖުބޫރު ކޮށްގެން ބޭންކުތަކަށް ޑޮލަރު ވިއްކުން މަޖުބޫރު ކޮށްފައެވެ. އެއާއެކު ރާއްޖެއަށް ކުރިމަތިވަމުންދާ ޑޮލަރުގެ މައްސަލަ ހައްލުވގެންދާނެ ކަމުގެ ވާހަކަތައް އެތައް ފަހަރެއްގެ މަތީން މުއިއްޒު ދައްކަވާފައި ވެއެވެ.

އެހެންނަމަވެސް މުއިއްޒުއާއި ފިނެފެންމާ ސައީދު އޭރުވެސް ގޯސްވަމުންދިޔަ ޑޮލަރުގެ މައްސަލަ ހައްލުކުރާނެކަމަށް ވީ ވައުދުތައް ވިތާ އަހަރެއް ފާއިތުވެގެން ދާއިރު, އަދި ޑޮލަރުގެ ތާށިކަމަށް ހައްލު އަންނާނެ ކަމަށް ވިދާޅުވެ ރިސޯޓުތަކަށް މަޖުބޫރު ކޮށްގެން ބޭންކުތަކަށް ޑޮލަރު ވިއްކަން ފެށިތާ 6 މަސް ފާއިތުވެގެން ދާއިރު, ރާއްޖޭގައި ޑޮލަރުގެ އަގު މިހާރުވަނީ 19:80 އަށް އުފުލިފައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން, އިމްޕޯޓަށް ބަރޯސާވާ ރާއްޖޭގައި ތަކެތީގެ އަގުތައްވަނީ އިންތިހާއަށް އުފުލިފައެވެ. ވިޔަފާރިވެރިންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންނަމަވެސް މުއިއްޒުއާއި އިކޮނޮމިކް މިނިސް ސައީދު ތިއްބެވީ ކަހާތަން ހިރުވާވެސް ނުލައެވެ. އަދި މުޅި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އަށަގަނެ މުޅި ދައުލަތް ސަރުކާރުގެ ވެރިން ލޫޓުވަމުން ދާއިރު, މުއިއްޒުވެސް ހުންނެވީ އެމަގަށް ކަމަރު ބަދެގެންނެނެވެ.

ދޮގާއި މަކަރާއި ހީލަތުން ވެރިކަމަށް އައި މުއިއްޒު ގެންދަވަނީ ވެރިކަމުގައި ހުންނަވައިގެންވެސް ރައްޔިތުންނަށް ދޮގާއި މަކަރާއި ހީލަތް ހަދާ އިންތިހާއަށް އޮޅުވާލަމުންނެވެ.