ޚަބަރު

އެމްޑީޕީގެ ސަރުކާރުގައި %90 މަސައްކަތް ނިންމާފައިވާ އާ ޓާމިނަލްގެ ކުލަ ޕީއެންސީގެ ކުލައަށް ބަދަލުކޮށް, އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި

ދިޔަވަރު
އެމްޑީޕީގެ ސަރުކާރުގައި %90 މަސައްކަތް ނިންމާފައިވާ އާ ޓާމިނަލްގެ ކުލަ ޕީއެންސީގެ ކުލައަށް ބަދަލުކޮށް, އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި

އެމްޑީޕީގެ ސަރުކާރުގެ %90 ނިންމާފައިވާ, ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުލަ ވެރިކަންކުރާ ޕީއެންސީގެ ކުލައަށް ބަދަލު ކުރުމަށްފަހު އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލްއިން ވާން ފަށައިފިއެވެ.

އެމްއޭސީއެލްއިން މިހާރު އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އާ ޓާމިނަލްގެ މޫނުމަތި މިހާރުވަނީ ވެރިކަން ކުރާ ޕީއެންސީގެ ކުލައަށް ބަދަލު ކޮށްފައެވެ. އަދި މި ޓާމިނަލް އަންނަ ޖުލައިމަހުގެ 26 ވަނަ ދުވަހު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

އެހެންނަމަވެސް މިވެރިކަން ފެށުނުއިރު އާ ޓާމިނަލްގެ %90 މަސައްކަތް ވަނީ ނިންމާފައެވެ. އާ ޓާމިނަލް އެޅުމަށް ބޭނުންވާ ފައިނޭންސްވެސް އެމްޑީޕީގެ ސަރުކާރުން ކަށަވަރު ކޮށްފައިވާއިރު, ޔޫއޭއީ ސަރުކާރު މެދުވެރިކޮށް އެމްޑީޕީގެ ސަރުކާރުން ހޯދާފައިވާ 1.2 ބިލިއަން ރުފިޔާއަކީ މި ސަރުކާރުން ހޯދި ފައިސާކަމަށް ބުނެ މުއިއްޒުގެ ސަރުކާރުން ދަނީ ދޮގު މައުލޫމާތު ފަތުރަމުންނެވެ.

ވީއައިއޭގެ އާ ޓާމިނަލް މި އަހަރުގެ ޖުލައި 26ގައި ހުޅުވާނެކަން އެމްއޭސީއެލުން އިއުލާނުކުރީ އޭވިއޭޝަން ފޯރަމުގެ ދެވަނަ އެޑިޝަނުގައި މިދިޔަ މަހުގެ 27ގައެވެ.

އައު ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން މިއަދު ހިއްސާކުރި ވީޑިއޯ މެސެޖެއްގައި އެމްއޭސީއެލްގެ ސީނިއާ ޖެނެރަލް މެނޭޖަރު ފާތިމަތު ޝާހިދާ ވިދާޅުވީ އެތަނުން ދޭ ހުރިހާ ޚިދުމަތެއް ވެސް ބައިނަލްއަގުވާމީ މިންގަނޑުތަކުން ދިނުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.