ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ގްލޯބަލް އެމްބެސެޑަރަކަށް އިންޑިއާގެ ފިލްމީ ތަރި ކެޓްރީނާ ކައިފް ހަމަޖައްސާފައިވާކަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މި މަހު ވަނީ ހާމަ ކޮށްފައެވެ.
އިންޑިޔާގެ މަޝްހޫރު ތަރިއެއް މިކަމަށް ހަމަ ޖެއްސުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. ބޮލީވުޑްގެ ލަވަތަކާއި ފިލްމު ތަކަކީ އޭޝިޔާގައި މަޝްހޫރު ފިލްމުތަކެކެވެ. ނަމަވެސް މިކަން ކުރަން މެދުވެރިވި ސަބަބަކީ މުއިއްޒު އިންޑިޔާއާއި ދެކޮޅަށް ހިންގި ނަފްރަތުގެ ކެމްޕެއިނުގެ ސަބަބުން ރާއްޖޭގެ ޓުއަރިޒަމަށް އެތައް ބިލިއަން ޑޮލަރުގެ ގެއްްލުމެއް ވުމުގެ ސަބަބުންނެވެ. އަދި މިއަދާއި ހަމައަށްވެސް އިންޑިޔާގެ ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ކުރިން ލަފާކުރި މިންވަރަށް ގެނެސް ދެވިފައި ނުވާތީއެވެ.
ރާއްޖޭގެ ޓުއަރިޒަމަށް މުއިއްޒު އާއި، މުއިއްޒުގެ އިރުޝާދުގެ ދަށުން ސޯޝަލް މީޑިޔާގައި ނަފްރަތު ފެތުރުމަށް މަސައްކަތް ކުރަމުންދާ ޝިއުނާއާއި، މަލްޝާގެ ހުތުރު އަމަލުތަކުގެ ގެއްލުން ދިވެހި އާންމު ރައްޔިތުން ނަގަން ޖެހިފައިވުމަކީ ރާއްޖޭގެ މި ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.
ރައީސް މުއިއްޒުގެ ސަބަބުން ރާއްޖޭގެ ހުރިހާ ސިނާއަތްތަކެއް ހީނަރުވެ، ރައްޔިތުން ނިކަމެތިވެ، ފަގީރުކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.