ޚަބަރު

ހަލާލު ޓުއަރިޒަމަށް ކަމަށް ބުނެ، ކަޓު ނަގައިގެން، ރާއްޖޭގެ ފަޅުތަކާއި ރަށްތައް ކުޑަ އަގެއްގައި ވިއްކާލަން މުއިއްޒު ނިންމައިފި

ދިޔަވަރު
ހަލާލު ޓުއަރިޒަމަށް ކަމަށް ބުނެ، ކަޓު ނަގައިގެން، ރާއްޖޭގެ ފަޅުތަކާއި ރަށްތައް ކުޑަ އަގެއްގައި ވިއްކާލަން މުއިއްޒު ނިންމައިފި

ހަލާލު ޓުއަރިޒަމަށް ކަމަށް ބުނެ، ކަޓުނަގައިގެން، ރާއްޖޭގެ ފަޅުތަކާއި ރަށްތައް ކުޑަ އަގެއްގައި ވިއްކާލަން މުއިއްޒު ނިންމައިފިއެވެ.

މީގެ ކުރިންވެސް، 1 މިލިއަން ޑޮލަރަށް ރަށެއް ކަމަށް މުއިއްޒުގެ ވެރިކަމުގައި ޓުއަރިޒަމް މިނިސްޓްރީއިން ވަނީ ރަށްތައް ވިއްކާފައެވެ. ކޮންމެ ރަށަކަށް ކަޓުގެ ގޮތުގައި 2 މިލިއަން ޑޮލަރު އޭރު ޓުއަރިޒަމް މިނިސްޓްރީގެ އިސް ފަރާތްތައް ޓުއަރިޒަމް މިނިސްޓަރ ހިމެނޭހެން ދިޔައީ ނަގަމުންނެވެ.

ޓުއަރިޒަމް މިނިސްޓަރ ފައިސަލް މަގާމުން ވަކި ކޮށްފައިވަނީ މުއިއްޒު އަށް ބައިނާޅައި މި ވައްކަން ކުރަމުން ދިޔަ މައްސަލާގައެވެ.

މިހާރު ފަށާފައިވާ ކަމަކީ ހަލާލު ޓުއަރިޒަމްގެ ނަން ބޭނުންކޮށްގެން އެކަމަށް ކަމަށް ބުނެ މާކެޓް ރޭޓަށްވުރެ ދަށްކޮށް، 8 ލައްކަ އާއި 1 މިލިއަން ޑޮލަރަށް ރަށްތައް ވިއްކާލުމެވެ. ކަޓުގެ ގޮތުގައި ސީދާ މުއިއްޒުގެ ޖީބަށް ވަކިން 2 މިލިއަން ޑޮލަރު ނަގާ ގޮތަށެވެ.

މިވަށްކަން ކުރަން ފެށުމުގެ ކުރިން މުއިއްޒު މިވަނީ، ހަލާލް ޓޫރިޒަމަށް ހާއްސަކޮށް ރިސޯޓު ތަރައްގީ ކުރުމަށް ވަކި ރަށްތަކެއް ކަނޑައަޅައި އެ ކަމަށް އިންވެސްޓްކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް ބުނެ މުއިއްޒު ޓްވީޓް ކޮށްފައެވެ.

"ސަރުކާރުން މިހާރު ބޭނުންވަނީ ހަލާލް ޓޫރިޒަމްގެ އެއްވަނަ މަންޒިލުގެ ގޮތުގައި، އަދިި ބެންޗްމާކްގެ ގޮތުގައި ރާއްޖެ ހެދުމަށް މަސައްކަތް ކުރުމަށް،" މިހެން މުއިއްޒު ލިޔެފައި ވެއެވެ.

ހަލާލު ޓުއަރިޒަމަކީ ދުނިޔޭގައި މިފަދަ އެއްވެސް މާކެޓެއް އޮތް ޓުއަރިޒަމެއް ނޫނެވެ. ރިސޯޓްތަކަށް ދަތުރު ކުރާ މުސްލިމް ގައުމުތަކުގެ ފަރާތްތައް، ރިސޯޓްގައި ރަލުގެ ބޭނުން ހިފުމަކީ ކުރާ ކަމެކެވެ. އަދި ރާ ވިއްކާ ރިސޯޓްތަކަށް މުސްލިމުން ނުގޮސް ނުތިބެއެވެ.

ސައުދީއިން ރެޑްސީގައި ގާއިމު ކުރި އެއްވެސް ރިސޯޓެއް ހަލާލު ޓުއަރިޒަމަށް ކަމަށް ބުނެ ވިއްކާފައި ނުވެއެވެ.

ރައީސް މުއިއްޒު ވަނީ ހައްޖުގެ އަޅުކަމުން އެތައް ބަޔަކު ދާދި ފަހުން މަހުރޫމްކޮށް އެތައް ބަޔަކަށް ބޭއިންސާފުން ހައްޖައް ދެވޭ ގޮތް ހަދާފައެވެ. މިކަމުގެ ސަބަބުން އެތައް ބައެއްްގެ ހައްްޤަށް މުއިއްޒު އަރާގަނެފައިވާއިރު، އެހެން މީހުންގެ ހައްޤުތަކަށް މިހެން އަރައި ގަތުމަކީ، އަނިޔާ ލިބުނު މީހާ މާފު ނުދޭހާ ހިނދަކު ނުފޮހެވޭނެ ފާފައެއް ކަމުގައި އިލްމު ވެރިން ބުނެ އުޅެއެވެ.

"ހަލާލް ޓުއަރިޒަމް" ކިޔައި ދީން ބޭނުންކޮށްގެން ވައްކަމާއި ބޮޑެތި ކޮރަޕްޝަން ހިންގުމަކީ ނުބައިކަން ބޮޑު ފާފަވެރި އަމަލެކެވެ. އަދި އެފަދަ ނަންނަމުން ނުބައި ކަންކަން ޒީނަތް ކުރުމަކީ ކަނޑައެޅިގެން ނަހީ ކުރައްވާފައިވާ ކަމެކެވެ.