ޚަބަރު

އީވާއާއި އަފީފް، މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ފާސްކޮށްފި

ދިޔަވަރު
އީވާއާއި އަފީފް، މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ދެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީން ފާސްކޮށްފި އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިފަދަ މައްސަލައެއް ކޮމިޓީން ފާސްކުރުމަށް ފަހު މަޖިލީހުގެ އިދާރާއެއް ފޮނުވަން ޖެހެ އެވެ. އެ މައްސަލައާމެދު މަޖިލިސް ތަޅުމުގައި ބަހުސްކުރުމާމެދު ވޯޓަކަށް އަހައި ގޮތެއް ނިންމާނެ އެވެ. ބަހުސް ކުރަން ނުފެންނަ ހާލަތުގައި އެ މައްސަލަ ނިމުނީ އެވެ.