ރައީސް މުއިއްޒު ކޮރަޕްޝަންގެ ތެރެއިން އެތައް މިލިއަން ޑޮލަރެއް ސީދާ ރައީސް މުއިއްޒުގެ ޖީބަށް ލުމަށް، ގަތް ޑްރޯން އަށް ފަހު ރާއްޖޭގައި ތުރުކީ ސިފައިން ތިބުމަށް މުއިއްޒު ހުއްދަދިނެވެ.
ތުރުކީ ސިފައިން ތިބުމަށް މުއިއްޒު ކުރިމަތި ކުރުވި ހާލަތަކީ ޑްރޯން ދުއްވުމަށް އެގައުމުގެ ސިފައިން ތިބެން ޖެހޭނެ ކަމަށް ބުނެ ދައްކަމުންދާ އުޒުރެވެ. ނަމަވެސް ޑްރޯން ދުއްވުމަކީ އަގެއް ނުގޮސް ފަސޭހައިން ދަސްކޮށްލެވޭ ކަމެއް ކަމުން މިކަމުގައި އޮތީ ތުރުކީގެ ސަރުކާރާއި މުއިއްޒު އާއި ދެމެދު އޮތް ސިއްރު އެއްބަސް ވުމެއް ކަމަށް ބެލެވެއެވެ.
ތުރުކީ ސިފައިން ރާއްޖޭގައި ތިބޭ ތިބުމަށް އިތުރު ބާރެއް އެޅުމަށް 1980 ގައި އުފައްދާފައިވާ ބާ ދަރަބަށް ވެފައިވާ ބޯޓެއް ރާއްޖެ ގެނެއެވެ. މި ބޯޓު ދުއްވައި އޮޕަރޭޓް ކުރުމަށް ކަމަށް ބުނެ އިތުރު ތުރުކީ ސިފައިންތަކެއް ވަނީ ރާއްޖޭގައި ދާއިމަށް ތިބޭގޮތް ހަދާފައެވެ.
މިއީ އެއްވެސް އެދެވޭ ސަބަބެއް ނެތި، އަދި އެއިން ރައްޔިތުންނަކަށް އެއްވެސް ބޭނުމެއް ނުޖެހޭ ކަންކަން ސަބަބުކަމަށް ދައްކައި މުއިއްޒު އޭނާގެ އަމިއްލަ ޖީބަށް ލިބޭ މަންފާއަކަށް ހިންގާފައިވާ ބޮޑެތި ޖަރީމާތަކެވެ.
ތުރުކީއަކީ ރާއްޖޭގެ ސަރަހައްދާއި މާ ދުރުގައި އޮތް ގައުމަކަށް ވުމުން، މިހެން އެހެން ބައެއްގެ ސަރަހައްދަށް މިލިޓަރީ ސިފައިން ގެނެސް ބެހެއްޓުމަކީ ސަރަހައްދީ ރައްކާތެރިކަން ގެއްލި އެތައް ހަމަ ނުޖެހުމެއް އުފެދެން މެދުވެރިވާ ކަންކަމެވެ. ނަމަވެސް ފައިސާގެ ދަހިވެތިކަމުގައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިގްލާލާއި، ސަރަހައްދީ ހަމަ ޖެހުން ނަގާލައި މުއިއްޒު ހިންގަމުންދަނީ ގަބޫލުކުރަން ދަތި ނުރައްކާތެރި ޖަރީމާ ތަކެކެވެ.
މިއީ އިންޑިޔާއައުޓު ގޮވަމުން، ރަތް ރޮނގު ކިޔައި، މިހިރަ ބޮޑު ދިދަޔާ ކިޔައި ވެރިކަމަށް އައި މީހާގެ ދޮގު ހެދުމާއި، ރައްޔިތުންނަށް ކަންކަން އޮޅުވާލުމުގައި ހައްދުފަހަނައަޅާފައިވާ މިންވަރެވެ.