އެންމެ 8 މަހުގެ ތުއްތު ކުއްޖަކު އައިޖިއެމްއެޗްގެ އިހުމާލުން ނިޔާވި މައްސަލާގެ ހަގީގަތް އޮޅުވާލުމަށް އެ ހޮސްޕިޓަލުން މިރޭ ދޮގު ބަޔާނެއް ނެރެފިއެވެ.
އިއްޔެ ނިޔާވި ކުއްޖާއަކީ ގދ. ތިނަދޫ، އަލަމާވިލާގޭ ޔޫނުސް ހުސައިން އަބްދުﷲ އެވެ. މިއީ ކައިވެނި ކޮށްގެން 20 އަހަރު ފަހުން އެ ދެމަފިރިންނަށް ލިބުނު ފުރަތަމަ ފިރިހެން ދަރިފުޅެވެ.
އެ ތުއްތު ކުއްޖާ ނިޔާވި މައްސަލާގައި އާއިލާއިން ވަނީ އައިޖީއެމްއެޗްގެ އިހުމާލު އޮތްކަމަށް ބުނެ އެ ހޮސްޕިޓަލުގެ މައްޗަށް ގިނަ ތުހުމަތުތަކެއްކޮށް, ތުއްތު ކުއްޖާއާމެދު އެ ހޮސްޕިޓަލުން އަމަލުކުރި ގޮތުގެ ތަފްސީލު މީޑިއާތަކަށް ހާމަކޮށްފައެވެ. އެހެންނަމަވެސް, އާއިލާއިން ކުރަމުންދާ ޝަކުވާތަކަށް ޖަވާބުދާރީ ނުވެ, ހަގީގަތް އޮޅުވާލުމަށް އެ ހޮސްޕިޓަލުން މިރޭވަނީ ދޮގު ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި, އާއިލާއިން މީޑިއާތަކަށް ހާމަކޮށްފައިވާ މައުލޫމާތުކަށް އެއްވެސް ވަރަކަށް ރިއާޔަތް ކޮށްފައެއް ނުވެއެވެ.
އައިޖީއެމްއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ, ކުޑަކުދިންގެ ޑޮކްޓަރަކު ތުއްތު ކުއްޖާ ބަލަމުން ދިޔަކަމަށް ބުނެފައެވެ. އެހެންނަމަވެސް އާއިލާއިން ބުނެފައިވަނީ, ކުޑަކުދިންގެ ސްޕްޝަލިސްޓް ޑޮކްޓަރަކު ތުއްތު ކުއްޖާ ބަލާފައިވަނީ އެޑްމިޓް ކުރިތާ ފަސް ދުވަސް ފަހުން ކަމުގައެވެ. އެއީވެސް ވީއިރުވެސް ބައްޔެއް ޑައިގްނޯސް ނުކުރެވުމުން ކުޑަކުދިންގެ ސްޕެޝަލިސްޓަކަށް ދެއްކުމަށް އާއިލާއިން އެދިގެން ކަމަށްވެސް އާއިލާއިްނ ބުނެފައި ވެއެވެ.
އައިޖީއެމްއެޗްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ, އެ ހޮސްޕިޓަކުގައި ތިބޭ ބަލިމީހުން އައިސީޔޫއަށް ލާން ޖެހޭ ހާލަތުގައި, އައިޖީއެމްއެޗްގެ އައިސީޔޫލް ފުލްވެއްޖެ ނަމަ އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަށް ލާދޭކަމަށެވެ. އެހެންނަމަވެސް އެހެން ހޮސްޕިޓަލަކުން އައިސީޔޫ ފަރުވާ ހޯދުމަށް ކުއްޖާ ދޫކޮށްދިނުމަށް އާއިލާއިން އެދުނު ނަމަވެސް އެ ފުރުސަތު ވެސް ނުދިން ކަމަށް އާއިލާއިން ކޮށްފައިވާ ތުހުމަތުތަކަށް އައިޖީއެމްއެޗްގެ ބަޔާނުގައި ޖަވާބު ދީފައެއް ނުވެއެވެ. އަދި ބުނެފައިވަނީ މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުން ކަމުގައެވެ.
އިއްޔެ ނިޔާވި ކުއްޖާއަކީ ގދ. ތިނަދޫ، އަލަމާވިލާގޭ ޔޫނުސް ހުސައިން އަބްދުﷲ އެވެ. މިއީ ކައިވެނި ކޮށްގެން 20 އަހަރު ފަހުން އެ ދެމަފިރިންނަށް ލިބުނު ފުރަތަމަ ފިރިހެން ދަރިފުޅެވެ.
ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ނުކައި ހޮޑުލާތީ ކަމަށް އާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ. އާއިލާއިން ހާމަކޮށްފައިވަނީ އެޑްމިޓް ކުރުމަށްފަހު މިމަހުގެ 21 ވަނަ ދުވަހު ކުއްޖާގެ ހަށިގަނޑު ދުޅަވާން ފެށިކަމަށެވެ. އަދި ލިވާގައި ހުންނަންޖެހޭ އެންޒައިމެއް މައްޗަށް ދިއުމުން ހަށިގަނޑުގައި ފްލުއިޑް ޖަމާވެ ދުޅަވި ކަމަށް ޑޮކްޓަރުން ބުނި ކަމަށް އާއިލާއިން ބުނެއެވެ.
އާއިލާއިން ބުނެފައިވަނީ ދުޅަ މަޑުކުރުމަށް އާދިއްތަ އަދި ހޯމަ ދުވަހު އިންޖެކްޝަން ޖަހާފައި ވާކަމުގައެވެ. އަންގާރަ ދުވަހު މޫނާއި އަތް ފައިގައި ހުރި ދުޅަ މަޑުވި ނަމަވެސް ބަނޑު ފުއްޕާފައި އޮތް ކަމަށް އާއިލާއިން ބުނެއެވެ.
ފަސް ދުވަސް ވީއިރުވެސް ބައްޔެއް ޑައިގްނޯސް ނުކުރެވުމުން ކުޑަކުދިންގެ ސްޕެޝަލިސްޓަކަށް ދެއްކުމަށް އާއިލާއިން އެދުނެވެ. އެހެންނަމަވެސް ބުރާސްފަތި ރޭ ތަޖުރިބާކާރު ކުޑަކުދިންގެ ޑޮކްޓަރަކު ކުއްޖާ ބަލާފައި ވެއެވެ. އެހެންނަމަވެސް ބުދަ އަދި ބުރާސްފަތި ދުވަހު ހަދަން އެދުނު ސްކޭން ބަންދު ދުވަހަކާ ދިމާވުމުން ނުހެދުނު ކަމަށް ހޮސްޕިޓަލުން ބުނި ކަމަށް އާއިލާއިން ބުނެއެވެ.
ކުއްޖާގެ ހާލަތު ނުރައްކާ ކަމަށް ބުނެ އައިސީޔޫއަށް ލުމަށް އާއިލާއިން އެދުނު ނަމަވެސް، އައިސީޔޫއަށް ލާންޖެހޭ ހާލަތެއް ނެތް ކަމަށް ޑޮކްޓަރު ފަހުން ބުނެފައިވާކަމަށް އާއިލާއިން ހާމަކޮށްފައި ވެއެވެ. އެހެންނަމަވެސް ހޮސްޕިޓަލަކުން އައިސީޔޫ ފަރުވާ ހޯދުމަށް ކުއްޖާ ދޫކޮށްދިނުމަށް އެދުނު ނަމަވެސް އެ ފުރުސަތު ވެސް ނުދިން ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އައިސީޔޫ ފުރިފައިވާ ކަން ނަރުހުން ބުނީ ފަހުން ކަމަށް އާއިލާއިން ބުނެއެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މައްސަލަ ސަމާލުކަމަށް އައުމާއެކު އައިޖީއެމްއެޗްގެ ތެރޭގައި ތަހުގީގު ކުރިއަށްދާ ކަމަށެވެ. ”ކަން ހިނގި ގޮތާމެދު އެއްޗެއް ދެންނެވޭނީ މައްސަލަ ބަލައި ނިމުމުން“ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވެސް މި މައްސަލަ ބަލަމުން އަންނަ ކަމަށް ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް ފަހުން އައިޖީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުޑަކުދިންގެ ޑޮކްޓަރު ތުއްތު ކުއްޖާ ބަލަމުން ދިޔަކަމަށް ވިދާޅުވެ ދޮގު ބަޔާނެއް ނެރެފައެވެ. އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައިވަނީ, އެ ހިސްޕިޓަކުގައި ތިބޭ ބަލިމީހުން އައިސީޔޫއަށް ލާން ޖެހޭ ހާލަތުގައި, އައިޖީއެމްއެޗްގެ އައިސީޔޫލް ފުލްވެއްޖެ ނަމަ އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަށް ލާދޭކަމަށެވެ. އެހެންނަމަވެސް އެހެން ހޮސްޕިޓަލަކުން އައިސީޔޫ ފަރުވާ ހޯދުމަށް ކުއްޖާ ދޫކޮށްދިނުމަށް އާއިލާއިން އެދުނު ނަމަވެސް އެ ފުރުސަތު ވެސް ނުދިން ކަމަށް އާއިލާއިން ކޮށްފައިވާ ތުހުމަތުތަކަށް އައިޖީއެމްއެޗްގެ ބަޔާނުގައި ޖަވާބު ދީފައެއް ނުވެއެވެ. އަދި ބުނެފައިވަނީ މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުން ކަމުގައެވެ.
މިރޭ ބޭއްވުނު ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމިން ވަނީ, އައިޖީއެމްއެޗްގެ އިހުމާލުން ތުއްތު ކުއްޖަކު ނިޔާވި މައްސަލާގައި މާލޭ ހޮސްޕިޓަލްތަކުގެ ސީއީއޯ އަބުދުއްރައްޒާގު ހަލީމްއާއި ހެލްތު މިނިސްޓަރ ނާޒިމް އިސްތިއުފާ ދޭންޖެހޭކަމުގައި ވިދާޅުވެފައެވެ.
މިރޭ އޮތް ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ, މާލޭ ހޮސްޕިޓަލްގެ ސީއީއޯގެ މަގާމުގައި ހުންނެވި އަބުދުއްރައްޒާގު ހަލީމްއަކީ މާލޭ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލްތައް ބެލެހެއްޓުމުގެ ގާބިލްކަން ހުރި ފަރާތެއް ނޫންކަމަށާއި, މިފަދަ ހާދިސާއެއް ކުރިމަތިވުމުން އޭނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ ކަމުގައެވެ. އަދި ރައީސް ޔާމިން ވިދާޅުވީ ރާއްޖޭގެ ސިއްޙީ ދާއިރާގެ އެއްވެސްކަމެއް ރަގަޅު ނުކުރެވުނު ކަމަށާއި, އައިޖީއެމްއެޗްގެ އިހުމާލުން ތުއްތު ކުއްޖެއްގެ ފުރާން ގެއްލުމުން ހެލްތު މިނިސްޓަރ ނާޒިމްވެސް އިސްތިއުފާ ދޭން ޖެހޭކަމުގައެވެ.
މުއިއްޒުއަކީ, ސަރުކާރުގެ އިސްވެރިންގެ ކޮންމެފަދަ އިހުމާލެއް މިފަދަ މައްސަލަތަކުގައި އޮތް ނަމަވެސް, އެމީހުން މަގާމުތަކުގައި ބޭތިއްބުމާއި, އަދި އެމީހުންނަށް ހިމަޔަތާއި ރައްކާތެރި ދެމުންދާ ރައީސެއްކަން ފާހަގަ ކޮށްލެެވެއެވެ. އެއީ ސަރުކާރުގެ އިސް މަގާމްތަކަށް މުއިއްޒު ލާފައިތިބޭ މީހުން މެދިވެރިކޮށް މުއިއްޒު އަމިއްލަފުޅަށް ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އޭގެ އެއް މިސާލެއްގެ ގޮތުން އެޗްޑީސީގެ އެމްޑީގެ މަގާމްގައި ހުންނެވި ފަޒުލް ގުޅުމާލޭގެ ގޯތިން ވައްކަން ކުރުމުންވެސް މުއިއްޒުގެ އަމުރަށްވަނީ އޭނާގެ މައްސަލަ ޕޮލިހުގައި ޕާކު ކޮށްފައެވެ.