ޚަބަރު

ކުރެއްވި ހައްޖަށްފަހުވެސް މުއިއްޒު މުޠުލަގަށް ދޮގު ހެދުން ހުއްޓައެއް ނުލި: ބީއެމްއެލްގެ ރުފިޔާ ޑެބިޓް ކާޑުގެ ލިމިޓް 500 ޑޮލަރަށް މަތި ކުރާނެކަމަށް ވިދާޅުވެ ހެއްދެވީ ބޮޑު ދޮގެއް!

ދިޔަވަރު
ކުރެއްވި ހައްޖަށްފަހުވެސް މުއިއްޒު މުޠުލަގަށް ދޮގު ހެދުން ހުއްޓައެއް ނުލި: ބީއެމްއެލްގެ ރުފިޔާ ޑެބިޓް ކާޑުގެ ލިމިޓް 500 ޑޮލަރަށް މަތި ކުރާނެކަމަށް ވިދާޅުވެ ހެއްދެވީ ބޮޑު ދޮގެއް!

ރާއްޖޭގެ ގިނަ ބަޔަކު ވިޔަފާރިކުރަން މުދާ ގެންނަން ބީއެމްއެލް ޑެބިޓު ކާޑުތަކުން ފައިސާ ދެއްކުން ހުއްޓުވަން ކަމަށް ބުނެ، ދިވެހިންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ބައެއް ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމުމަށްފަހު, ބީއެމްއެލްއިން އެ ބޭންކުގެ ޑެބިޓް ކާޑުތަކުގެ ލިމިޓް 500 ޑޮލަރަށް މަތިކޮށްފިއެވެ.

އެގޮތުން މާދަމާއިން ފެށިގެން ބީއެމްއެލްގެ ދިވެހި ރުފިޔާ ކާޑުތަކުން ބޭރު މުއާމަލާތްތަކުގައި ބޭނުންކުރެވޭ އަދަދު 500 ޑޮލަރަށް ބޮޑު ވެގެން ދާނެއެވެ.

ބީއެމްއެލްއިން މި ފީ ނަގަން ނިންމާފައިވާ ސައިޓުތަކުގެ ލިސްޓުގައި މި ވަގުތަށް ހިމެނެނީ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. މި ހުރިހާ ސައިޓުތަކަކީ، ވަކިން ހާއްސަކޮށް ޝީއިން އާއި ޓީމޫއަކީ، ގިނަ ދިވެހިން މިހާރު ވިޔަފާރިކުރާ ސައިޓުތަކެކެވެ.

މި ސައިޓުތަކުން ފީއެއް ނަގަން ނިންމި ނަމަވެސް އެ ލިސްޓުގައި ނުހިމެނޭ އެއްވެސް ސައިޓަކުން ފީއެއް ނުނަގާނެ އެވެ. އަދި އެ ލިސްޓޫގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނޭނެ ކަަމަށް ބީއެމްއެލްއިން ބުންޏެވެ.

ރާއްޖޭގެ ރިސޯޓުތަކުން އެމްއެމްއޭއަށް ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމަށްފަހު މުއިއްޒު ވިދާޅުވެފައިވަނީ ބީއެމްއެލްގެ ކާޑުތަކުން ނެގޭ ޑޮލަރު ލިމިޓް 500 އަށް މަތިކުރައްވާނެ ކަމުގައެވެ. އަދި އެއީ އާންމު ރައްޔިތުންނަށް ޑޮލަރުން ކުރެވޭ ވިޔަފާރި އިތުރުކުރުގެ ބޭނުމުގައިކަމަށްވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް މުއިއްޒުގެ އެ ވައުދު ފުއްދުމުގެ ނަމުގައި, ބޭންކު އޮފް މޯލްޑިވްސްއިން މި ގެނައި ބަދަލަކީ, މުއިއްޒުގެ ވައުދެއް ފުއްދިއްޖެކަމަށް ދައްކާ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ, އެ ބޭންކުން ހިންގާ ބޮޑު ސްކޭމެއްގެ ގޮތުގައި ގިނަބަޔަކު ދަނީ ސިފަކުރަމުންނެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, އެންމެ ބޮޑަށް ސިޔާސީ ވެގެންދިޔަ, ދައުލަތުގެ އެއް މުވައްސަސާއަށް ވެގެން ގޮސްފައިވަނީ ބޭންކު އޮފް މޯލްޑިވްސްއެވެ. އެގޮތުން މުއިއްޒު ވަނީ އެމަނިކުފާނުގެ ބަސްވިކޭ, ސިޔާސީ މީހުން ބޭންކުގެ ބޯޑަށް އައްޔަންކޮށް, ބޭންކުގެ ކުރީގެ ސީއީއޯއަށް ބިރު ދައްކައިގެން, ރާއްޖެއިން ފިލައިގެން ދާން އޭނާއަށް މަޖުބޫރު ކޮށްފައެވެ.