މި މަހު 8 އިން 10 އަކަށް ޑުބާއީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގައި ބައިވެރިވެ، ތަގުރީރު ކުރައްވާނެ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި އެ ހަފްލާގައި ވާހަކަ ދައްކާ ފަރާތްތަކުގެ ލިސްޓުގައި ވެސް މުހައްމަދު ނަޝީދުގެ ނަން ހިމަނާފައިވެއެވެ.
ނަމަވެސް މަޖިލީހުގެ މެމްބަރުން ވަނީ އެ ދަތުރުފުޅަކީ ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލައިން ބަރީއަ ވުމަށް އެމަނިކުފާނު ކުރައްވާ ދަތުރު ފުޅެއް ކަމަށާއި، 40 އެތައް މެމްބަރުންގެ ސޮޔާއި އެކު އެމަނިކުފާނުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ލާފައިވާއިރު، މަޖިލިސް ހުއްޓުވައި ހައިޖެކް ކޮށްފައިވާކަމަށް މި ހަފްލާ އިންތިޒާމު ކުރި ފަރާތަށް އަންގާފައިވެއެވެ.
އަދި ރާއްޖޭގެ ސޯޝަލް މީޑިޔާ އިންވެސް އެމަނިކުފާނު، މަޖިލިސް ހައިޖެކް ކޮށްގެން ހުންނެވުމުން ތަގުރީރު ކުރުމުގެ އެފުރުސަތު ނުދިނުމަށް އެދި އިންތިޒާމް ކުރި ފަރާތަށް ގޮވާލާފައި ވެއެވެ.
ދިޔަވަރު ނޫހުން އެ ކޮންފަރަންސް އިންތިޒާމު ކުރި ފަރާތާއި މުއާމަލާތްކޮށްގެން ހޯދި މައުލޫމާތުން އެނގުނު ގޮތުގައި ރައީސް ނަޝީދަށް އެ ކޮންފަރަންސްގައި ބައިވެރި ވުމުގެ ފުރުޞަތު ދީފައިވީނަމަވެސް، ވަކިން ތަގުރީރު ކުރުމުގެ ފުރުޞަތު ދީފައި ނުވެއެވެ.