ޚަބަރު

ބީއެމްއެލް އިން %30 ފީ އެއް ނެގުމަކީ، ރަސްމީކޮށް ރުފިޔާގެ އަގު 20.46ރ އަށް ބަދަލު ކުރުން. މި ގޮތަށް ނިންމީ ރައީސް އޮފީހުން.

ދިޔަވަރު
ބީއެމްއެލް އިން %30 ފީ އެއް ނެގުމަކީ، ރަސްމީކޮށް ރުފިޔާގެ އަގު 20.46ރ އަށް ބަދަލު ކުރުން. މި ގޮތަށް ނިންމީ ރައީސް އޮފީހުން.

ބީއެމްއެލް އިން %30 ފީ އެއް ނެގުމަކީ، ރަސްމީކޮށް ސަރުކާރުން ރުފިޔާގެ އަގު 20.46ރ އަށް ވައްޓާލުމެވެ. ރައީސް މުއިއްޒު ހިތް ނުރުހޭ ގޮތަކަށް ބޭންކަށް އެއްވެސް ކަމެއް ނުކުރެވޭހެން، ބޭންކުގެ ފުރިހަމަ ކޮންޓްރޯލް ސީދާ އެމަނިކުފާނު އަމިއްލަފުޅަށް ނަންގަވައިގެން އިންނެވުމަކީ، %30 ފީއެއް ބޭއެމްއެލް އިން ނެގި ނެގުމަކީ ރައީސް މުއިއްޒުގެ ނިންމެވުމެއްކަން ސާފުކޮށް އެނގޭ ކަމެކެވެ.

ބީއެމްއެލް ބޯޑުގައި މިހާރު ތިބި އެންމެންނަކީ ސީދާ ރައީސް މުއިއްޒުގެ ނުފޫޒުން އައްޔަން ކޮށްފައިތިބި، މުއިއްޒު ބުނި ގޮތަކަށް ތިބޭ ބައެކެވެ. ބޭންކުގެ ހައްޤުގައި ތެދުވި ބަޔަކުނަމަ ތިބީ ބޯޑުން ވަކިކޮށްލާފައެވެ.

ރާއްޖެއަށް ވަންނަ ބޭނުން ކުރެވޭ ޑޮލަރުގެ %90 ލިބެނީ މިއަދު ސަރުކާރަށެވެ. އެމްއެމްއޭއަށެވެ. ރައީސް މުއިއްޒުއަށެވެ. ރިސޯޓްތަކުގެ ފީތަކާއި، ޚަރަދާއި، ޑިވިޑެންޓެންޓް ދެއްކުމަށްފަހު ބާކީ ހުރި ހުރިހާ ފައިސާއެއް މިހާރު ނަގަނީ ސަރުކާރަށެވެ. ބާކީ ހުރި ހުރިހާ ޑޮލަރެއް ބޭންކުތައް މެދުވެރިކޮށް ރިސޯޓްތަކުން ނެގުމަށްފަހު، އޭގެ %90 ޖަމާ ކުރަނީ އެމްއެމްއޭއަށެވެ. މިފައިސާ އަށް ވާގޮތެއް ކުރަނީ ކީއްކަމެއް އެނގޭ އިންސާނެއް ނެތެވެ. އެފަދަ ވާހަކަ އެއް އެމްއެމްއޭ ތެރެއިން ލީކް ކޮށްފި ނަމަ، 10 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް އެމްއެމްއޭގެ މުއައްޒަފުން ލައްވައި މުއިއްޒު ވަނީ އިގްރާރެއްގައި ސޮއެކުރުވާފައެވެ.

އާންމު ރައްޔިތުންނަށް ޑޮލަރު ލިބުން ދަތިވެ، ޑޮލަރުގެ އަގު 19.80ރ އަށް އަރާފައިވަނީ ރައީސް މުއިއްޒު ޑޮލަރު ހިފެހެއްޓުމުންނެވެ. ރާއްޖޭގެ ވިޔަފާރިތަކަށް ޑޮލަރު ނުލިބިގެން ލިބެމުންދާ ގެއްލުމާއި، ތަކެތީގެ އަގު ބޮޑުވެ، އާއިލާތަކަށް ބޭނުންވާ ޒަރޫރޫ ބޭނުންތައް ފުއްދުމަށް ދަތިކުރުމުގައި ހުންނެވީ ސީދާ ރައީސް މުއިއްޒެވެ.

މީގެ ކުރިން ޑޮލަރު ހިފަހައްޓައިގެން އެ މާކަޓަށް އެތިއެތިކޮޅަށް ނެރެގެން ވިއްކީ ބޮޑެތި ވިޔަފާރިވެރިންނެވެ. އެކަމުގައި އެންމެ އިސްކޮށް ހުރި އެކަކީ ގާސިމް އިބްރާހިމެވެ. މިއަދު އެމީހުންނަކަށް ޑޮލަރެއް އަގު ބޮޑުކޮށް ވިއްކާކަށް ނުލިބެއެވެ. ހުރިހާ ޑޮލަރެއް ހުރީ ސީދާ ރައީސް މުއިއްޒު އަތުގައެވެ.

ރައްޔިތުންނަށް އަނިޔާވެރިވުމަށް ރައްޔިތުންނަށް ލިބެމުންދިޔަ މަދު ޑޮލަރު ކޮޅަށްވެސް ހުރަސް އަޅަމުންދަނީ ރައީސް މުއިއްޒުގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެ، ވައްކަމާއި، ރައްޔިތުންގެ ފައިސާއަށް ދަހިވެތިކަން ބޮޑުވެފައިވާލެއް ބޮޑުކަމުންނެވެ.

މައުލޫމާތު ލިބޭގޮތުގައި %30 ފީއެއް މިގޮތަށް ބޮޑުކޮށް، ރުފިޔާގެ ހަމައަގު ރަސްމީކޮށް 20.46 ވައްޓާލުމަށް ރައީސް އޮފީހުން ނިންމާފައިވަނީ ބްލެކްމާކެޓްގައި ޑޮލަރު ވިއްކަން ދިމްޔާތުން ފެށުމުންނެވެ. ޑޮލަރުގެ ބްލެކްމާކެޓް މިހާރު ކޮންޓްރޯލް ކުރަނީ ދިމްޔާތުގެ ތެރެއިން ނުކުންނަ އެޖެޓުންތަކެކެވެ. %30 ފީއާއި އެކު ވީހާވެސް ބޮޑު އަގެއްގައި ޑޮލަރު ވިއްކުމަށް ފަހިވެގެން ދެއެވެ.