ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމަށް ހާޒިރުވީ .ސިންގަޕޫރުގައި ހުންނަ ދިވެހި އެމްބަސީގައި ވަޒީދާ އަދާކުރާ މުވައްޒަފުންގެ އާއިލާތައް އެކަނިކަން ހާމަ ވެއްޖެއެވެ.
ސިންގަޕޫރަކީ ތައުލީމު ހާސިލް ކުރުމަށާއި އެނޫން ބޭނުންތަކުގައިވެސް, ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ގައުމެކެވެ. އޭގެ އިތުރުންވެސް ސިއްޙީ ފަރުވާއަށާއި ވިޔަފާރީގެ ބޭނުންތަކަށް އަބަދުވެސް ގިނަަ އަދަދެއްގެ ދިވެހިން ސިންގަޕޫރުގައި ތިބެއެވެ.
އެހެންނަމަވެސް "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި މިރޭ ދިވެހިންނާއި ބައްދަލުކުރުމަށް މުއިއްޒު ބޭއްވި ބައްދަލުވުމަށް ހާޒިރު ވެފައިވަނީ އެގައުމުގައި ހުންނަ ދިވެހި އެމްބަސީގައި ވަޒީދާ އަދާކުރާ މުވައްޒަފުންގެ އާއިލާތައް އެކަންޏެވެ. އަދި އެކަމުގެ ހިންހަމަނުޖެހުން މުއިއްޒުވަނީ ފާޅުވެސް ކުރައްވާފައިކަން "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިފައި ވެއެވެ.
ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މުއިއްޒު ބައްދަލުވުމެއް ބާއްވާފައިވަނީ, ބީއެމްއެލްގެ ޑެބިޑްކާޑުން ޚަރަދު ކުރެވޭ ޑޮލަރުގެ ލިމިޓް 500 ޑޮލަރަށް ބޮޑު ކުރައްވާނެކަމަށް ވިދާޅުވެ މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދުމަށްކަމަށް ބުނެ, ކާޑުން ކުރާ ޑޮލަރުގެ ޚަރަދުތަކަށް 30 އިންސައްތައިގެ ފީއެއް ނެގުމަށް ބީއެމްއެލްއިން ނިންމުމުންނާއި އަދި ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ގެނޭ ފައިސާގެ އަދަދު މަދުކުރުމުން އާންމު ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑަށް ހިންހަމަ ނުޖެހިފައިވާ ދަނޑިވަޅެއްގައެވެ.
އަދި ޑޮލަރުގެ އަގު އިންތިހާއަށް އުފުލު, އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައިވާ ދަނޑިވަޅެއްގައެވެ.
މި ބައްދަލުކުރެއްވުމުގެ ބައިވެރީންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ފަރީއްކޮޅެއްވެސް ދެއްވާފައެވެ.