ޚަބަރު

މީގެކުރިން ދިވެހިން ރިބާގެ މުއާމަލާތް ކުރަމުން ދިޔައީ މަޖުބޫރު ޙާލަތެއްގައި ތިބެގެން: ޚުޠުބާ

ދިޔަވަރު
މީގެކުރިން ދިވެހިން ރިބާގެ މުއާމަލާތް ކުރަމުން ދިޔައީ މަޖުބޫރު ޙާލަތެއްގައި ތިބެގެން: ޚުޠުބާ

މީގެކުރިން ދިވެހިން ރިބާގެ މުއާމަލާތް ކުރަމުން ދިޔައީ މަޖުބޫރު ޙާލަތެއްގައި ތިބެގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ޚުޡުބާގައި ވިދާޅުވީ މީގެކުރިން ދިވެހިން ރިބާގެ މުއާމަލާތް ކުރަމުން ދިޔައީ މަޖުބޫރު ޙާލަތެއްގައި ތިބެކަމަށާއި، ރިބާ ހިމެނޭ ލޯނުތަކާއި، އިންޝޫރަންސް ނަގާންޖެހުނު ކަމުގައިވިޔަސް, އެ މުއާމަލާތްކުރާ ބޭންކުތަކާއި ކުންފުނިތަކާއި ދުރަށް ދާންޖެހޭ ކަމުގައެވެ.

ފާއިތުވެދިޔަ ޒަމާންތަކުގައި ދިވެހިން ލޯނު ނަގާ, މާލީ މުއާމަލާތް ކުރަމުން ގޮސްފައިވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ. އެހެންނަމަވެސް މިހާރު ރާއްޖޭގައި އިސްލާމީ ޝަރީއާއާއި އެއްގޮތަށް މާލީ މުއާމަލާތް ކުރުމަށް އިސްލާމިކް ބޭންކެއްވަނީ ގާއިމް ކުރެވިފައެވެ. އަދި އެއާއެކު އެ ބޭންކުގައި ގިނަ ދިވެހިން ބޭންކު އެކައުންޓު ހުޅުވާފައިވާއިރު, ބޭންކު އޮފް މޯލްޑިވްސް ފާހަގަ ކުރެވިފައިވަނީ ސަރުކާރުގެ ސިޔާސީ ނުފޫޒުގެ ދަށުވެފައިވާ ބޭންކަކަށެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވީ, މިއަދު މިވަނީ މާތް ﷲގެ ރަޙުމަތާއެކު އިސްލާމީ އުސޫލުން ޚިދުމަތްދޭ ބޭންކުތަކާއި ތަކާފުލް ކުންފުނިތައް މިރާއްޖެއާއި މުޅި ދުނިޔޭގައިވެސް ތައާރަފް ވެފައި ކަމުގައެވެ. އެގޮތުން ރިބާއާއި ޖުވާ ނުހިމެނޭ ގޮތަށް ފައިސާގެ މުއާމަލާތުތައް ހިންގާ ބޭންކުތަކާއި، ތަކާފުލް ކުންފުނިތަކާއި މުއައްސަސާތައް ނުހިންގޭނެކަމަށް ބަޔަކު ދުށް ޒަމާން މިއަދު މާޒީވެގެން ގޮސްފައިވާކަމަށްވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.

މުސްލިމް އަޚުންނޭވެ! ރިބާއަކީ، މުދަލުގައި ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރާމެދު ހިތްހަމަ ނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރު ކުރުވާ ނުރައްކާތެރި ވަބާއެކެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ ރިބާ ކާމީހާއާއި، ރިބާ ދޭ މީހާއާއި، އެކަމާގުޅޭ ލިޔުންތައް ލިޔާ މީހާއާއި، އެކަމަށް ހެކިވާ މީހުންވެސް ހިމެނޭގޮތަށް، އެ އެންމެންނަކީވެސް ފާފާގައި ހަމަހަމަ ބައެއްކަމާއި، އެ އެންމެންނަށް ﷲގެ ލައުނަތް ހުރިކަމަށް ނަބިއްޔާ އުއްމަތަށް އިންޒާރު ކުރައްވާފައިވާ ކަމުގައެވެ.