ޚަބަރު

ސިވިލް ސާވިސްގައި މަސައްކަތް ކުރިއިރު އޮފީހުގައި އިންނަނީ އެއްވެސް މަސައްކަތެއް ނުކޮށް: ސާޖިދާ

ދިޔަވަރު
ސިވިލް ސާވިސްގައި މަސައްކަތް ކުރިއިރު އޮފީހުގައި އިންނަނީ އެއްވެސް މަސައްކަތެއް ނުކޮށް: ސާޖިދާ

ކުރިން ސިވިލް ސާވިސްގައި މަސައްކަތް ކުރަމުންދިޔައިރު އޮފީހުގައި އިންނަނީ އެއްވެސް މަސައްކަތެއް ނުކޮށް ކަމުގައި ރައީސް މުއިއްޒުގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. ސާޖިދާ މިހެން ވިދާޅުވެފައިވަނީ ފާއިތުވި ޖޫންމަހު, ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި)ގެ 7 ވަނަ ސަމިޓު ޝަރަފުވެރިކޮށްދެއްވުމަށް، ޔުނައިޓަޑް ޢެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީއަށް ކުރެއްވި ޒިޔާރަތުގައި ގިނަ އަދަދެއްގެ ފަސްލޭޑީންގެ ހާޒިރުގައި ވާހަކަ ދައްކަވަމުންނެވެ.

ދުބާއީގައި ބޭއްވުނު ފަސްޓް ލޭޑީންގެ ސަމިޓް ބާއްވާފައިވަނީ ފާއިތުވި ޖޫންމަހުގެ 18 އިން 19 އަށެވެ. މި ސަމިޓުގެ އިފްތިތާޙީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި ސާޖިދާ ބައިވެރިވެވަޑައިގެން، ވާހަ ދައްކަވާފައިވެއެވެ. އެހެން ނަމަވެސް, ސިވިލް ސާވިސްގައި މަސައްކަތް ކުރެއްވިއިރު އޮފީހުގައި އިންނަވަނީ އެއްވެސް މަސައްކަތެއް ނުކޮށްކަމަށް ސާޖިދާ ވިދާޅުވީ މި ސަމިޓްގެ ކޮމިޓީ ބައްދަލުވުމުގައި, ގިނަ އަދަދެއްގެ ފަސްޓް ލޭޑީން ހާޒިގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ސާޖިދާ ވިދާޅުވީ އޭނާއަކީ ކުރިން ސިވިލް ސާވަންޓެއް ކަމަށާއި, އޭނާއަކީ ފައުންޑޭޝަނެއް އުފައްދަވައިގެން އުޅުވާ ބޭފުޅެއް ނޫން ކަމުގައެވެ. އަދި އޭނާއަކީ ކުރިން ސިވިލް ސާވަންޓެއް ކަމަށާއި, މަސައްކަތް ކުރައްވަމުން ގެންދެވީ މުޅިންވެސް އޮފީހުގައި ކަމަށް ސާޖިދާ ވިދާޅުވިއެވެ. އަދި އޮފީހުގައި އިންނަވަނީ އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށްވެސް ސާޖިދާ ވިދާޅިވިއެވެ.

އަހަރެންގެ ފައުންޑޭޝަނެއް ނުހުރޭ. އެއީ އަހަރެންނަކީ ސިވިލް ސާވަންޓަކަށް ވާތީ, އަރަހެން މަސައްކަތް ކުރީ އޮފީހުގަ, އެއްވެސް މަސައްކަތެއް ނުކޮށް އިންނަނީ.

ސާޖިދާ ވިދާޅުވިއެވެ.

ސާޖިދާ ވިދާޅުވީ ފަސްޓް ލޭޑީންގެ ފަރާތުން ދަސްކުރާންޖެހޭ ވަރަށް ގިނަ ކަންކަންވެސް ހުންނަ ކަމަށާއި, އަދި ފަސްޓް ލޭޑީންނަށް ކުރެވޭނެ ވަރަށް ގިނަ ކަންކަންވެސް ހުންނާނެ ކަމަށެވެ. އެހެންނަމަވެސް އެންޖީއޯގެ ކަންކަމަކީ އޭނާއަސް ވަރަށް އާ ކަންކަންކަމަށް ވިދާޅުވަމުން ސާޖިދާ ވިދާޅުވީ އެނބުރި ގައުމަށް ވަޑައިގެން ކުރެވޭނެ ވަރަށް ގިނަ ކަންކަން ދަސްވެއްޖެ ކަމުގައެވެ.

ރައީސް މުއިއްޒުގެ އަނބިކަބަލުން ސިވިލް ސާވިސްގައި މަސައްކަތް ކުރެއްވިއިރު އޮފީހުގައި އިންނަވަނީ އެއްވެސް މަސައްކަތެއް ނުކޮށްކަމަށް ވިދާޅުވުމުން ގިނަ އަދަދެއްގެ ސިވިލް ސާވަންޓުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. ގިނަ ސިވިލް ސާވަންޓުން ބުނަމުން ދަނީ ސާޖިދާ އެވާހަކަ ދެއްކެވީ ސިވިލް ސާވަންޓުންނަކީ އޮފީހުގައި ތިބެ މަސައްކަތް ނުކުރާ ބައެއްކަމަށް ދެއްކުމުގެ ބޭނުމުގައި ކަމުގައެވެ.