ޚަބަރު

އިތުބާރު ކޮށްފަ ކަމަށް ބުނެ މުއިއްޒު ވަޒިފާ ދިން މައުރޫފް ޖަމީލަށް ރިޓަޔަރމަންޓް ޕެކޭޖް ދިނުމަށްފަހު, ކޮރަޕްޝަން ހިންގޭނެ މަގު ފަހިކުރަން އާ އެމްޑީއެއް އެޗްޑީސީއެއް އައްޔަން ކުރަނީ

ދިޔަވަރު
އިތުބާރު ކޮށްފަ ކަމަށް ބުނެ މުއިއްޒު ވަޒިފާ ދިން މައުރޫފް ޖަމީލަށް ރިޓަޔަރމަންޓް ޕެކޭޖް ދިނުމަށްފަހު, ކޮރަޕްޝަން ހިންގޭނެ މަގު ފަހިކުރަން އާ އެމްޑީއެއް އެޗްޑީސީއެއް އައްޔަން ކުރަނީ

އިތުބާރު ކޮށްފަ ކަމަށް ބުނެ މުއިއްޒު ވަޒިފާ ދިން މައުރޫފް ޖަމީލަށް ރިޓަޔަރމަންޓް ޕެކޭޖް ދިނުމަށްފަހު, އެޗްޑީސީ މެދުވެރިކޮށް މުއިއްޒުއަށް ކޮރަޕްޝަން ހިންގޭނެ މަގުފަހި ކުރަން އެ ކުންފުންޏަށް އާ އެމްޑީއެއް ލާން މުއިއްޒު ނިންމައިފިއެވެ.

"ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި މައުރޫފް ޖަމީލް ރިޓަޔަރ ކުރައްވަނީ އޭނާ އެމްޑީކަމުގެ މަގާމްގައި ހުންނަވައިގެން, މުއިއްޒު ބޭނުންވާ "ޑީލްތައް" އޭނާއަށް "ކަޓް" ކޮށް ނުދެވިގެންނެވެ. އޭގެ ތެރޭގައި ހުޅުމާލޭގެ އަގުބޮޑު ބިންތައް މުއިއްޒު ބޭނުންވާ ފަރާތްތަކަށް ނުދެވުމާއި, ހުޅުމާލޭގައި އަޅާ ފްލެޓްތައް މުއިއްޒު ބުނާ ފަރާތްތަކަށް ކޮރަޕްޝަންގެ އުސޫލުން ނުދެވުމާއި, އަދި ހުޅުމާލޭގައި ހިންގާ ޕްރޮޖެކްޓްތަކުން ބޮޑެތި އަދަދުތަކުން ދޭންޖެހޭ ކޮރަޕްޝަންގެ ފައިސާ މުއިއްޒުއަށް އޭނާއަށް ހަމަޖައްސާ ނުދެވިގެންކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.

އެނގިފައިވާ ގޮތުގައި, މުއިއްޒު ބޭނުންވާ ގޮތަށް ރިޓަޔަރ ކުރެއްވުމުން މައުރޫޕް ޖަމީލްއަށް އެޗްޑީސީގެ އެޑްވައިޒަރުގެ މަގާމް ވަޒީރުން ފެންވަރުގައި ދެއްވުމަށް މުއިއްޒު ވަނީ ނިންމަވާފައެވެ. އެނގިފައިވާ ގޮތުގައި މައުރޫފް ޖަމީލްއަށް ރިޓަޔަރމަންޓް ޕެކޭޖް ދިނުމަށް, އެކުންފުންޏަށް 6 މަސްދުވަސް ޚިދުމަތް ކުރުމަށްފަހުވެސް ރިޓަޔަރމަންޓް ޕެކޭޖް ލިބޭގޮތަށް, މުއިއްޒުގެ އެންގުމަށް އުސޫލުވެސް ވަނީ ބަދަލު ކޮށްފައެވެ.

އެޗްޑީސީއަކީ, ދައުލަތުގެ މާލިއްޔަތުން ކޮރަޕްޝަންގެ ފައިސާ އެންމެ ގިނައިން ނެގުމަށް މުއިއްޒު ބޭނުންކުރާ ކުންފުންޏެވެ. އެކުންފުނީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދު މެދުވެރިކޮށް މުއިއްޒު ވަނީ އެތައް މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގާފައެވެ. އަދި އޭނާގެ ހިންގަމުންދިޔަ ކޮރަޕްޝަން އާންމުންނަށް އާންމުންނަށް ފަޅާ އެރުމުން ވަޒީފާއިން ވަކިވުމަށް މަޖުބޫރުވެ ވަޒީފާއިން ވަކިވުމަށްފަހުވެސް މުއިއްޒުގެ އަމުރަށް މިހާރުވަނީ އޭނާގެ ކޮރަޕްޝަންގެ މައްސަލަތައް ޕާކް ކޮށްފައެވެ.