ޚަބަރު

#ކުއްލިޚަބަރު: ހަސަން ކުރުސީ އެކްސް ހޭންޑްލްގެ ސަސްޕެންޝަން އުވާލާ, އެކައުންޓް އިއާދަ ކޮށްފި

ދިޔަވަރު
#ކުއްލިޚަބަރު: ހަސަން ކުރުސީ އެކްސް ހޭންޑްލްގެ ސަސްޕެންޝަން އުވާލާ, އެކައުންޓް އިއާދަ ކޮށްފި

މި ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދަ އާންމުކޮށް, މިސަރުކާރު ޒިންމާދާރު ކުރުމަށް ހަސަން ކުރުސީގެ ނަމުގައި ހިންގަމުންއައި އެކްސް ހޭންޑްލްގެ ސަސްޕެންޝަން އެކްސް ކުންފުނިން އުވާލާ އެކައުންޓް އިއާދަ ކޮށްފިއެވެ. އެގޮތުން މިހާރު އެ އެކައުންޓަށް ވަދެވުނު ނަމަވެސް އަދި މިހާތަނަށް އެ ކައުންޓުން އެއްވެސް ޕޯސްޓެއް ކޮށްފައެއް ނުވެއެވެ.

މިސަރުކާރު ވެރިކަމަށް އައުމުގެ ކުރިންވެސް ”ހަސަން ކުރުސީ“ގެ ނަމުގައި ކާކުކަން ނޭނގޭ މީހަކު އުފެއްދި އެކްސް ހޭންޑްލް ވެގެން ދިޔައީ, ގިނަ ބައެއްގެ ސަމާލުކަން އެ އެކައުންޓަކަށް އަމާޒުވެގެންދިޔަ އެކްސް ހޭންޑްލްއަކަށެވެ.

ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ”ހަސަން ކުރުސީ“ގެ އެކްސް ހޭންޑްލް އަދާކޮށްފައިވަނީ, މި ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދަ އާންމުކޮށް, ދައުލަތުގެ މުދާ އަމިއްލަ މަސްލަހަތަށް ފޭރި ލޫޓުވަމުންދާ ދިއުން ހުއްޓުވާ, މިސަރުކާރު ޒިންމާދާރު ކުރުމުގެ މުހިންމު ދައުރެއްކަން މިއީ ގަބޫލުކުރާން މަޖުބޫރު ވަރަށްވެސް ބޮޑު ހަގީގަތެކެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހުރިއްޔާގެ މަގާމުގައި ހުންނެވި, މުއިއްޒު އަމިއްލަފުޅަށް ހިންގަވަމުން ގެންދަވާ ފަސާދައާއި ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތަކާއި, ފަރުދާގެ ފުރަގަހުގައި ހުންނަވައިގެން އާދައިގެ ނިކަމެތި ރައްޔިތުންގެ ހައްގުތައް ފޭރިގަނެއް, އާދައިގެން ނިކަމެތި ރައްޔިތުންގެ މައްޗަށް މުއިއްޒު ވަމުންދާ އަނިޔާވެރިކަމާއި, ބޭއިންސާފު ފަޞީހަތްކޮށް, މުއިއްޒު ހަދަމުންދާހާ ބޮޑެތި ދޮގުތައް ބޭޒާރުކުރުމަށް އެ އަކައުންޓުން އަދާކޮށްފައިވާ މުހިންމު ދައުރުވެސް ހިމެނެއެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި ސިޔާސީ ބާރުތައް މުޝުތެރެއަށް ލާ, ދޮގާއި މަކަރާއި ހީލަތުން ވެރިކަމުންދާ ޚުދުމުޚުތާރު ވެރިއެއްގެ އެންމެ ބޮޑު ހުވަފެނަކަށް ވެގެންދާނީ, މީޑިއާތަކުގެ އަޑު ކަނޑުވާ, ފާޑުކިޔާ ފަރާތްތަކުގެ އަނގަ ބަންދު ކޮށްލުމެވެ. އޭނޭ ކުރާ ވައްކަންތަކުގެ ވާހަކަ އަނެކުން ނުދެއްކުމެވެ. ހިންގާ ޖަރީމާތައް ތާ އަބަދަށް ސިއްރު ވެފައި އޮތުމެވެ. މިމަގުސަދު ހާސިލްކުރުމަށް, ދުނިޔޭގެ ޚުދުމުޚްތާރު ވެރީން, ފާޑުކިޔާ ފަރާތްތައް މަރާފައިވެސް އެބަހުއްޓެވެ.

”ހަސަން ކުރުސީ“ގެ އެކްސް ހޭންޑްލްއާއި ދެކޮޅަށް މުއިއްޒު ހިންގާފައިވަނީ, މިފަދަ ބޮޑު ޖަރީމާއެއްގެ ގޮތުގައި ގިނަ ބަޔަކު ދިޔައީ ސިފަކުރަމުންނެވެ. މުއިއްޒުގެ ކޮރަޕްޝަނާއި ފަސާދަ އާންމުކޮށް, މި ސަރުކާރު ޒިންމާދާރު ކުރުވަން ރެއާއި ދުވާލު މަސައްކަތް ކުރަމުން އައި އެކްސް ހޭންޑްލްއެއް ސަސްޕެންޑް ކުރުމަށް އެލޮން މަސްކުގެ އެކްސްއަށް މައުލޫމާތު ދީ, ކުރިހާ މަސައްކަތްތަކެއް މުއިއްޒު ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުން ހޭދަކޮށްގެންނެވެ. އެކަމަށް ބޭނުން ކޮށްފައިވަނީ ފުލުހުންގެ ވަސީލަތްތަކެވެ. ރައްޔިތުންގެ ފައިސާއެވެ.

އެހެންމަވެސް, މުއިއްޒުގެ މި އަމަލުތަކުން ހާމަވާން އޮތީ އެންމެ ކަމެއް ކަމުގައި ދަންނަވާންޖެއެވެ. ވެރިކަން ކުރާ މީހެއްގެ ނުކުޅެދުންތެރިކަމާއި, ތިމާގެ އަމިއްލަ ނަފްސަށް އިތުބާރު ނެތް ނެތުމެވެ. ދޮގާއި މަކަރާއި ހީލަތާއި ވައްކަމުން މުޅި ދައުލަތް ލޫޓުވާލުމަށް އޭނާ ކަމަރު ބަނދެފައި މިންވަރެވެ. ހާމަވެގެންދިޔައީ, ފާޑު ކިޔާ ފަރާތްތަކުން ފާޑުކިއުން ހަޖަމް ނުވެ, އެފަރާތްތައް ”ސައިލެންޓް“ ކުރުވުމަށް މުއިއްޒު ކޮންމެ ފަދަ ބޮޑު ޖަރީމާއެއްވެސް ހިންގާފާނެކަމެވެ.

އެހެންމަވެސް މުއިއްޒުއަށް އޮޅިވަޑަގެންފައި އޮތް އެއްކަމެއް އެބައޮތެވެ. އިސްލާމް ދީނުގެ އަސާސްތަކާއި ޚިލާފް ނުވާނެ ގޮތުގެމަތިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނޫ އަސާސީން މުތުލަގަށް ލިބިދީފައި އޮތް ހައްގެއް ކަމެވެ. އަދި އަމުދުން ޓެކްނޮލޮޖީގެ މި ޒަމާނުގައި އިންސާނުންގެ ދޫ ބަންދު ކުރުމަކީ އެއީ ނުކުރެވޭނެ ކަމެއް ކަމެވެ.

އިންސާނާގެ ދޫ ޖަލަށް ނުލެވޭނެކަމެވެ. ފިކުރީ މިނިވަންކަން އަމުދުން މި ޒަމާނުގައި ނިގުޅައި ނުގަނެވޭނެއެވެ. މުއިއްޒުއަކީ ވެރިކަން ލިބިފައި ހުއްޓެއްކަމަކު ކަނޑުކޮހެކެވެ. ”ހަސަން ކުރުސީ“ އަނެއްކާވެސް އެނބުރި އައީއެވެ.