ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)، ދިވެހިރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނި، އޭގެ 75 އަހަރުގެ ޚިދުމަތް ފާހަގަކުރަމުންދާއިރު، މި ކުންފުނީގެ މެނޭޖްމަންޓްގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި, ވައްކަމާއި ގާތްތިމާގެ މީހުންނަށް ވަޒީފާ ދިނުމުގެ މައްސަލަތަކަކީ ތާއަބަދު މީޑިއާ ތަކުގައި ދެކެވެމުންދާ ވަހަކަތަކެކެވެ.
ކުންފުނީގެ މުވައްޒަފުން ކަންބޮޑުވުންފާޅުކުރާ އެންމެ ފަހުގެ ކަމަކީ، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމުގައިވާ، މިހާރު ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ރުކުމާ މުޙައްމަދުގެ ދަރިކަނބަލުން ޔަސްނީ މުޙައްމަދު، އަވަސް އަދި ވަރަށް ސުވާލު އުފެދޭ ގޮތަކަށް މަޤާމު މަތިކޮށްދީފައިވާ މައްސަލައެވެ. ޔަސްނީ، 2024 ވަނަ އަހަރު ސްޓެލްކޯގައި ސީނިއަރ އޮފިސަރެއްގެ ގޮތުގައި ވަޒީފާ އަދާކުރަން ފެށުމަށްފަހު، 6 މަސްދުވަހުގެ ތެރޭގައި ސުޕަވައިޒަރަކަށް މަޤާމު މަތިކޮށްދީފައިވެއެވެ. އަދި މިހާރު، އެންމެ އަހަރެއްހާ ދުވަހުގެ ތެރޭގައި، އޭނާ ވަނީ ޔުނިޓް ހެޑަކަށް ހަމަޖައްސައި އެސިސްޓެންޓް މެނޭޖަރުގެ މަޤާމަށް މަތިކޮށްދީފައެވެ.

ސްޓެލްކޯގެ އެތެރޭގެ މަޢުލޫމާތު ދޭ ފަރާތްތަކުން ބުނާ ގޮތުގައި ޔަސްނީގެ މަޤާމު މިހާ އަވަހަށް މަތިވެގެން ގޮސްފައިވަނީ އޭނާގެ ޤާބިލުކަމުގެ ސަބަބުން ނޫނެވެ. އޭގެ ބަދަލުގައި އެއީ އޭނާގެ ސިޔާސީ ގުޅުންތަކުގެ ސަބަބުންނެވެ. ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި އޭނާއަކީ ވަޒީފާއަށް ޙާޟިރުވުން ދަށް، މަސައްކަތުގެ ފެންވަރު ދަށް،މުވައްޒަފެކެވެ. ނަމަވެސް، އޭނާގެ މަޤާމު މަތިކޮށްދިނުން ވަނީ ވަރަށް އަވަހަށް ކުރިއަށް ގޮސްފައެވެ. މިކަމުގެ ސަބަބުން ސްޓެލްކޯގެ އެތެރޭގެ މުވައްޒަފުން ނެގުމާއި މަޤާމު މަތިކޮށްދިނުމުގެ ކަންތައްތަކުގައި އިންސާފުވެރިކަމާއި ހާމަކަން ހުރި މިންވަރާމެދު ސީރިއަސް ސުވާލުތަކެއް އުފެދިފައިވެއެވެ.
މިއީ މިވެރިކަމުގައި ހިނގަމުން އައި ކަންތައްތަކުގެ އެންމެ މިސާލެއް،" މިހެން ބުނެފައިވަނީ މިހާރު ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފެކެވެ. އޭނާ ވަނީ ބަދަލުހިފުމުގެ ބިރުން ނަން ހާމަނުކުރުމަށް އެދިފައެވެ. "މިތާނގައި ދުވަހުން ދުވަހަށް ހިނގަމުންދަނީ ވަކިބަޔަކަށް ފަހިވާގޮތަށް ކަންކުރުމާއި، ތަޢައްޞުބާއި، ގާތްތިމާގެ މީހުންނަށް ފުރުޞަތު ދިނުން". ސިޔާސީބާރުވެރިކަކަމެއް ނެތް، ބުރަކޮށް މަސައްކަތްކުރާ މުވައްޒަފުންނަށް އަބަދުވެސް އިހުމާލުވަމުންދެއެވެ.
ސްޓެލްކޯގެ ނަން ގިނަ ދުވަސްތަކެއް ވަންދެން ހަޑިވެފައިވަނީ އެތެރޭގެ ކޮރަޕްޝަނާއި ބާރުގެ ނަހަމަ ބޭނުންކުރުމުގެ ތުހުމަތުތަކާ ކުންފުނީގެ ތެރޭގައި ހިނގާ ވައްކަންތަކުގެ ސަބަބުންނެވެ. ދާދިފަހުން ވަނީ ކުންފުނީގެ ޖެނެރަލް މެނޭޖަރުންތަކާކޢި ސީ.އެފް.އޯ އާއި ގުޅިގެން އެމީހުންންނަށް ކޮމިޝަން ލިބޭ ގޮތަށް ކުންފުންޏެއް ހަދައިގެން އުޅޭކަން މީޑިޔާއަށް ތިލަވެފައެވެ.
މައްސަލައިގެ ސީރިއަސްކަން ބޮޑު ނަމަވެސް، ސްޓެލްކޯގެ އިސް މެނޭޖްމަންޓުން މިހާތަނަށް މި ތުހުމަތުތަކާ ގުޅޭގޮތުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. މި ދަނޑިވަޅުގައި، ކުންފުނީގެ މުހިންމު75 ވަނަ އަހަރީ ދުވަހުގެ ފާހަގަކުރުންތަކަށް ހިޔަނިއެޅިގެންދަނީ ކޮރަޕްޝަންގެ ތުހުމަތުތަކާއި,ވައްކަމާއި ގާތްތިމާގެ މީހުންނަށް ވަޒީފާގެ ކުރިއެރުން ދިނުމާއި ބޭއިންސާފުން މުވައްޒަފުންނާއި ދޭތެރެކުރާ ކަންތައްތަކުންނެވެ. މުވައްޒަފުން މާޔޫސްވެއްޖެއެވެ.