ސައުދާގެ ކުރީގެ ފިރިމީހާ ޖޭއެސްސީއަށް އައްޔަން ކުރަން މަޖިލީހުގެ މެމްބަރުންނަށް މުއިއްޒު އަންގައިފިއެވެ. ސައުދާގެ ކުރީގެ ފިރިމީގާ ޖުޑިޝަލް ސާވިސް ކޮމިޝަނަށް އައްޔަން ކުރަން ނިންމާފައިވަނީ، ހުސްވެފައިވާ އާންމުންގެ ތެރެއިން އެ ކޮމިޝަނަށް ނަގަން ޖެހޭ މެމްބަރުގެ ގޮތުގައެވެ.
މިހާރު ޖުޑިޝަލް ސާރވިސް ކޮމިޝަންގައި ތިބީވެސް އެއްވެސް ވަރަކަށް މިނިވަން ބައެއް ނޫނެވެ. ރައީސް މުއިއްޒުގެ އަނިޔާވެރިކަން ޖުޑިޝިއަރީގެ މައްޗަށް ފާޅު ކުރަން އެއްވެސް ވަރަކަށް ޖެހިލުން ނުވާ، ނުބައި ބައެކެވެ.
މުއިއްޒުގެ އަނިޔާވެރިކަން އިތުރަށް ޖުޑިޝިއަރީގެ މައްޗަށް ފޯރުވުމަށް، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ލިބިފައިވާ ބާރެއް ނަގައި، ސައުދާގެ ކުރީގެ ފިރިމީހާ އެ މަގާމަށް އައްޔަން ކުރަން ނިންމާފައިވަނީ ޤާނޫނާއި ޚިލާފަށެވެ. މީގެ އިތުރުން މަޖިލީސް ތެރެއިން މިކަން މުއިއްޒު ކުރަމުންދަނީ ގަދަކަމުން މަޖިލީސް މެމްބަރުން އެމީހުންގެ މަގާމު ގެއްލުވާލާނޭ ކަމުގެ ބިރު ދައްކައިގެން ކަމަށް ޕީއެންސީގެ މަޖިލީސް މެމްބަރަކު ދިޔަވަރު ނޫހަށް މައުލޫމާތު ދެއެވެ. މުއިއްޒު ވަނީ ޤާނޫނު އަސާސީއާއި ގާނޫނަށް ބަދަލު ގެނެސް އޭނާ ބޭނުން މީހަކު ބޭނުންވަގުތަކު އޭނާގެ ޕާޓީއަށް ނިސްބަތްވާނަމަ، މަޖިލީހުން ވަކި ކުރެވޭ ގޮތް ހަދާފައެވެ.
ސައުދާގެ ކުރީގެ ފިރިމީހާ އިދުރީސް ފައުޒީ އަކީ،
ރައީސް މުއިއްޒު ވަނީ އުއްތަމަ ފަނޑިޔާރާއި ގުޅުގެން ސްޕރީމް ކޯޓުގައި ތިބި އިންސާފަށް ވަކާލާތް ކުރާ ތިން ފަނޑިޔާރުންނަށް ބިރު ދައްކައިގެން ބޭނުންވާ ގޮތަށް ހުކުން ޖަހާ ނުދީގެން އެމީހުން މަޖިލީސް ބޭނުންކޮށްގެން ޤާނޫނާއި ޤާނޫނު އަސާސީއާއި، އެ ޤާނޫނުގެ އަސާސީގެ ރޫހާއި ދެކޮޅަށް ވަކި ކޮށްފައެވެ.
ޖުޑިޝިއަރީގެ މިނިވަންކަން ނަގާލައި، ސިޔާސީ ފަރާތްތައް ހައްޔަރުކޮށް، ދައުލަތުގެ ފައިސާ އިން އިންތިހާއަށް ވައްކަންކޮށް، އަނިޔާވެރިކަން އިންތިހާއަށް މުއިއްޒު ވަނީ އިސްކޮށްފައެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަންގެ ހުސްވާ މަގާމަށް ޖުމްލަ 8 ފަރާތަކުން ކުރިމަތި ލާފައިވެއެވެ.