އައްޑޫގައި ދުނިޔޭގައި ހުރި އެންމެ ބޮޑު ހިރިގަލުގެ މަހާނަގާ ހުއްޓާ، ތަކަންދޫގައި ހުރި ކުޑަ މަހާނަ ގަލެއް އެއީ ދުނިޔޭގައި ހުރި އެންމެ ބޮޑު މަހާނަގާ ކަމަށް އާދަން ނަސީރު ނިންމައިފިއެވެ. ކަންކަމުގައި އަސްލު އޮޅުވާލުމުގައި މުއިއްޒުގެ ސަރުކާރުން ދޮގު ހެދުމުގައި ވަކި ކަމެއް ނެތެވެ. މަހާނަ ގަލުގެ މައްޗަށް ވެސް ދޮގު ހަދައި، ތަކަންދޫ ސަހަރާ ތަރައްޤީ ކުރަން ފަށާނެ ކަމަށް ސަރުކާރުން ނިންމައިފައިވަނީ މެމްބަރު ޝުޖާޢުގެ ނުފޫޒުން ކަމަށް ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.
"ރައީސްގެ ވައުދާ އެއްގޮތަށް ތަރިކައިން އާމްދަނީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ހއ. ތަކަންދޫގައިވާ ދުނިޔޭގެ އެންމެ ބޮޑު ހިރިގަލު މަހާނަ ގައު ހިމެނޭ ސަހަރާ ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް ދަނީ."
ޝުޖާއު ވިދާޅުވިއެވެ.
މި މަސައްކަތް ހިންގުމަށް ނިންމާފައިވަނީ، ޝުޖާޢުގެ ގާތް ކުންފުންޏަކަށް މި މަސައްކަތް ދީގެން ކޮރަޕްޝަންގެ ތެރެއިންނެވެ. މެމްބަރު ޝުޖާޢު ހިމެނިފައިވަނީ އެމްޑީޕީ ސަރުކާރު ތެރޭ ތިބި ކޮރަޕްޓް ފަރާތްތަކާއި، އަދި މިހާރު މުއިއްޒު އާއި ގުޅިގެން އިންތިހާއަށް ދައުލަތުގެ ފައިސާ އިވެންޓްތައް ހިންގުމުގެ ނަމުގައި ނަގަމުންދާ ފަރާތެއް ގޮތުގައެވެ.
ޝުޖާޢު ވަނީ މީގެ ކުރިން ތެޔޮ ދޯންޏެއް މެދުވެރިކޮށް މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކުރުމުގެ ވިޔަފާރިވެސް ކޮށްފައެވެ. މިކަން އާންމުންނާއި ހަމައަށް ތިލަވުމުން މުއިއްޒު ދުއްވާލީ، މިކަން ފަޅާއަރުވާލި ކަމަށް ބަލައި، އެފްއެސްއެމްގެ ޑިރެކްޓަރަކަށް އޭރު ހުރި ފަރާތެވެ. އަދި މުއިއްޒު ވަނީ ޝުޖާޢު އަށް އިތުރު ކޮރަޕްޓް ޕްރޮޖެކްޓްތައް ބަދަލުގެ ގޮތުގައި ހަމަ ޖައްސަދީފައެވެ.

އައްޑޫ ރައްޔިތުންނާއި މެދު ރައީސް މުއިއްޒު ގެންގުޅުއްވާ ދެކޮޅުވެރި ކަމުގެ ތެރެއިން، އައްޑޫގައި ހުރި ދުނިޔޭގެ އެންމެ ބޮޑު ހިރިގަލުގެ މަހާނަ އެއީ ނެތް އެއްޗެއް ކަމަށް ބަލައި، މިވަރު ބޮޑު ދޮގެއް އާދަން ނަސީރު އާއި، ޝުޖާއު ލައްވައި މި ސަރުކާރުން ހަދުވައި، ތާރީޚު އޮޅުވާލުމަށް މަސައްކަތް ކުރުމަކީ ހައިރާންވާންވީ ވަރުގެ ކަމެއް ނޫނެވެ.
ރައީސް މުއިއްޒުގެ ސަރުކާރު ސިފަވެގެން ދަނީ، ރައްޔިތުންގެ ހުރިހާ ހައްޤުތަކެއް ނިގުޅައިގަނެގެން ވެރިކަން ކުރާ އަނިޔާވެރި ގޭންގެއް ގޮތުގައެވެ.