ޚަބަރު

ސައުދާގެ ކުރީގެ ފިރިމީހާ ޖޭއެސްސީއަށް އައްޔަން ކުރަން، މުއިއްޒުގެ އަމުރަށް މަޖިލީހުން އެއްވެސް ލަދެއް ނެތި ފާސްކޮށްފި

ދިޔަވަރު
ސައުދާގެ ކުރީގެ ފިރިމީހާ ޖޭއެސްސީއަށް އައްޔަން ކުރަން، މުއިއްޒުގެ އަމުރަށް މަޖިލީހުން އެއްވެސް ލަދެއް ނެތި ފާސްކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމުރަށް، އޭނާގެ އެއްބަނޑު ކޮއްކޯފުޅު ފާތިމަތު ސައުދާގެ ކުރީގެ ފިރި މީހާ އިދްރީސް ފައުޒީ، ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި އެއްވެސް ތަޖުރިބާއެއް ނެތި ޖުޑީޝަލް ސާރވިސް ކޮމިޝަނަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް އަމުރުކޮށް އެ މަޖިލީހުން އެކަން އެގޮތަށް ފާސް ކޮށްފިއެވެ.

މި މަޤާމަށް ޝަރުތު ހަމަވާ އެތައް ބޭފުޅުންނެއް ތިއްބައި، ރައީސްގެ ކޮއްކޮގެ ކުރީގެ ފިރިމީހާ މި މަގާމަށް ހޮވުމަކީ ސީދާ ވަކި މީހަކަށް މަޤާމު ދިނުމަށް ފާޅުގައި ޤާނޫނާއި ޚިލާފަށް ހިންގާފައިވާ ހުތުރު އަމަލެކެވެ.

ޤާނޫނީ ދާއިރާގެ އެއްވެސް ތަޢުލީމެއް ނެތް، ކުރިން ސްކޫލް ޓީޗަރެއްގެ ގޮތުގައި އުޅުނު އަދި ހަމައެކަނި ރައީސް މުޢިއްޒު ހައުސިންގ މިނިސްޓަރުކަން ކުރިއިރު އޭނާގެ އަމިއްލަ އެސިސްޓެންޓެއްގެ ގޮތުގައި އަތްގާތް ކޮށްދޭން އުޅުނު މީހަކު ޝަރުޢީ ނިޒާމު ބަލަހައްޓާ ކޮމިޝަނަށް އައްޔަންކުރުމަކީ ނުފޫޒުގެ ބޭނުން ހިފައިގެން އާއިލީ ބަނޑޮބަތިކަމުގެ ސިޔާސަތުގެ ދަށުން ޖުޑިޝިއަރީ އާއި ދެކޮޅަށްމުއިއްޒު ހިންގާފައިވާ އަމަލެކެވެ.

ރައްޔިތުންގެ މަޖިލީހުން 62 މެންބަރުން މިފަދަ ޢައްޔަނުކުރުމަކަށް ތާއީދު ކުރުމަކީވެސް ރައްޔިތުންގެ މަޖިލިސް މުއިއްޒުގެ އަތްދަށުގައި ބާއްވައިގެން ރައްޔިތުންގެ ހައްޤުތަކަށް އަރައިގަތުމެވެ. މިފަދަ ހަޑިމުޑުދާރު ޢަމަލުގެ ސަބަބުން ދިވެހިރާއްޖޭގެ ޝަރުޢީދާއިރާ އިތުރަށް ބަލިކަށިވެ، ޢަދުލު އިންޞާފުގެ ނިޒާމަށް ގެއްލުން ލިބި، ރައްޔިތުން ދަނީ ގޮތް ހުސްވެ، އިންސާފު ހޯދުމަށް މަގުމައްޗަށް ނިކުންނަ ހިސާބަށް ގޮސްފައެވެ.