ޚަބަރު

އދ. ގައި ދިން ދޮގު ތަގުރީރާއި ގުޅިގެން، ޔޫކޭގެ ތިންކްޓޭންކެއް ކަމަށްވާ ޗަޓުމް-ހައުސް އިން މުއިއްޒު އެދިގެން ބާއްވަން ހަމަޖެއްސި އިންޓަރވިއު އެންމެ ފަހުވަގުތު ކެންސަލް ކޮށްފި

ދިޔަވަރު
އދ. ގައި ދިން ދޮގު ތަގުރީރާއި ގުޅިގެން، ޔޫކޭގެ ތިންކްޓޭންކެއް ކަމަށްވާ ޗަޓުމް-ހައުސް އިން މުއިއްޒު އެދިގެން ބާއްވަން ހަމަޖެއްސި އިންޓަރވިއު އެންމެ ފަހުވަގުތު ކެންސަލް ކޮށްފި

އދ. ގައި ދިން ދޮގު ސްޕީޗް އާއި ގުޅިގެން، ޔޫކޭގެ ތިންކްޓޭންކެއް ކަމަށްވާ ޗަޓުމް-ހައުސް އިން މުއިއްޒު އެދިގެން މި މަހު 18 ގައި ބާއްވަން ހަމަޖެއްސި އިންޓަރވިއު އެންމެ ފަހުވަގުތު އެތަނުން ކެންސަލް ކޮށްފި އެވެ.

ޗަޓުމް ހައުސް އިން ވަނީ އެ އިވެންޓް ކެންސަލް ކުރިކަން އެ ވެބްސައިޓްގައި ހާމަ ކޮށްފައެވެ. އަދި އެފަހުން އެ އިވެންޓާއި ބެހޭ މައުލޫމާތު ހުރި ޕޭޗްވެސް ވަނީ ޑިލީޓް ކޮށްލާފައެވެ.

ޗެޓަމް ހައުސްއަކީ ލަންޑަންގައި ހުންނަ، ނުފޫޒު ގަދަ ބައިނަލްއަޤްވާމީ ކަންތައްތަކާބެހޭ ތިންކް ޓޭންކްތަކުގެ ތެރެއިން އެއް ތަނެވެ. މިތަން މަޝްހޫރުވެފައިވަނީ: މަތީ ފެންވަރުގެ ސިޔާސަތުތަކާ ގުޅޭ މަޝްވަރާތައް ބޭއްވުމަށެވެ. އަދި ދުނިޔޭގެ ލީޑަރުންނާއި، ޑިޕްލޮމެޓުންނާއި، އަދި ތަޖުރިބާކާރުން މިތަނުގައި ވާހަކަ ދައްކައެވެ.

ޗެޓަމް ހައުސްގައި ކުރިން ވާހަކަދައްކާފައިވާ ފަރާތްތަކުގެ ތެރޭގައި އެންޖެލާ މާކެލް، ކޯފީ އަނާން، އަދި ބަރާކް އޮބާމާ ފަދަ ދުނިޔޭގެ މަޝްހޫރު ޝަޚްޞިއްޔަތުތައް ހިމެނެއެވެ.

އެހެންކަމުން، ޗެޓަމް ހައުސްގައި ހޯސްޓްކުރެވުމަކީ މުހިންމު ޑިޕްލޮމެޓިކް ފުރުޞަތެކެވެ. އެހެންކަމުން މިކަމަށް މުއިއްޒު އެދިގެން ކުދި ޖަޒީރާތަކާއި، މަލްޓިލިރަލިޒަމް އާއި ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް މުއިއްޒު އަށް ޗެޓަމް ހައުސްއިން ފުރުޞަތު އެރުވިއެވެ. މިތަނުގައި ވާހަކަ ދެއްކުމަށް މުއިއްޒަށް ފުރުޞަތު ހޯދާދީފައި ވަނީ އެމްބަސީ މެދުވެރިކޮށެވެ.

މުއިއްޒު ވަނީ މިތަނުގައި ވާހަކަ ދެއްކުމަށް ޕްރެކްޓިސް ޖައްސައި، ދައްކަންވީ ވާހަކަތައް ލިޔެ ތައްޔާރު ވެސް ކޮށްފައި ކަމުގައި މިކަމާއި ގުޅިގެން ރައީސް އޮފީހުން ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވި ފަރާތުން ހާމަ ކުރެއެވެ.

ދިޔަވަރު ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި ޗެޓަމް ހައުސްއިން މުއިއްޒު ހޮސްޓް ނުކުރުމަށް އެންމެ ފަހުވަގުތު ނިންމީ އދ. ގައި ބޮޑެތި ދޮގުތައް ހަދައި މުއިއްޒު ދީފައިވާ ސްޕީޗްގެ މައްސަލަ އެތަނުގައި ފެންމަތިވެގެން، އެކަން ބައެއް ތިންކު ޓޭކުންގެ ސަމާލުކަމަށް އައުމުން، މުއިއްޒު އަކީ އެތަނުގައި ވާހަކަ ދައްކަން ފުރުޞަތު ދޭ ފެންވަރުގެ މީހަކަށް ނުވާތީއެވެ. އދ. ގައި ކަނޑައެޅިގެން ބޮޑެތި ދޮގު ހަދައި ދުނިޔޭގެ އެއްވެސް ލީޑަރަކު މިހާތަނަށް ވާާހަކަ ދައްކާފައި ނުވެއެވެ. އިޒުރޭލުގެ ނަތަންޔާހޫވެސް އދ. ގައި ދޮގު ހަދަނީ ހަމަ އެކަނި ފަލަސްތީނާއި އަދި ހަނގުރާމައާއި ގުޅުވައިގެންނެވެ. އާންމު ސްޕީޗެއްގައި މުއިއްޒު ހެން ބައިނަލްއަގްވާމީ ޕޯޑިއަމްއެއްގައި އެއްވެސް ލީޑަރަކު ދޮގު ހަދައިގެން ވާހަކަ ދައްކާފައި ނުވެއެވެ.

މުއިއްޒުގެ ސަބަބުން ދިވެހިންނަށް ވަނީ މުޅި ދުނިޔޭގައި ހުތުރު ނަން ލިބިފައެވެ. މުޅި ދުނިޔެއަށް މުއިއްޒު އަކީ ދޮގު ހަދާ އަނިޔާވެރިއެއްކަން އެނގެއެވެ. ރައްޔިތުންނާއި ގުޅުން ހުރި ރައްޔިތުންގެ މިނިވަން މުއައްސަސާތަކާއި، މަޖިލީހާއި، ކޯޓުތައް ހިސޯރު ކޮށްގެން ރައްޔިތުންގެ މައްޗަށް ސިފައިންނާއި ފުލުހުންގެ ބާރު ބޭނުންކޮށްގެން ހިންގާ ޣައިރު ޤާނޫނީ ވެރިކަމެއް ކުރާ މީހެއްކަން މުޅި ދުނިޔެއަށް މިހާރު ދަނީ އެނގެމުންނެވެ. ދުނިޔޭގެ އެއްވެސް ޤައުމަކުން މުއިއްޒަކަށް އެއްވެސް އިހުތިރާމެއް ނުކުރެއެވެ.