ޚަބަރު

7000 ވުރެ ގިނަ ސިޔާސީ މުވައްޒްފުން އައްޔަން ކުރުމަށް ފަހު، ތިބީ އެންމެ 922 މުވައްޒަފުން ކަމަށް ބުނެ ރައީސް އޮފީހުން މުތުލަގަށް ދޮގު ހަދައިފި

ދިޔަވަރު
7000 ވުރެ ގިނަ ސިޔާސީ މުވައްޒްފުން އައްޔަން ކުރުމަށް ފަހު، ތިބީ އެންމެ 922 މުވައްޒަފުން ކަމަށް ބުނެ ރައީސް އޮފީހުން މުތުލަގަށް ދޮގު ހަދައިފި

7000 ވުރެ ގިނަ ސިޔާސީ މުވައްޒްފުން އައްޔަން ކުރުމަށް ފަހު، ތިބީ އެންމެ 922 މުވައްޒަފުން ކަމަށް ބުނެ ރައީސް އޮފީހުން މުތުލަގަށް ދޮގު ހަދައިފިއެވެ.

މިނިސްޓްރީ ތަކުގައި ތިބި މުއައްްޒަފުންގެ އަދަދު 3000 އަށް ވުރެ އިތުރުވާއިރު 4000 ވުރެ ގިނަ ފަރާތްތަކަށް ކުންފުނިތަކުން ވަޒީފާ ދީފައި ވެއެވެ. ކުންފުނިތަކުން ދީފައިވާ ވަޒީފާތައް ސިޔާސީ ވަޒީފާގެ ކެޓަގަރީއަށް ރަސްމީކޮށް ނުފެތުނު ނަމަވެސް، މިއީ މުއިއްޒު އަންގައިގެން ދީފައިވާ ސިޔާސީ މަގާމުތަކެވެ.

2024 ވަނަ އަހަރު އޮކްޓޯބަރު މަހު، ފިނޭންސް މިނިސްޓަރ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓް ހުށައަޅަމުން، ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކޮށް މުސާރައިގެ ތަފުސީލު ހާމަ ކުރިއެވެ. އެގޮތުން މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައަށް ހަރަދުކުރަނީ ދައުލަތުގެ ބަޖެޓުގައި ހިމެނޭ މުސާރައިގެ ހަތަރު ޕަސެންޓު ކަމަށް ހާމަ ކުރިއެވެ. މިއަދަދަކީވެސް ދޮގުހަދައިގެން ޕަސެންޓް ކުޑަ ކޮށްގެން ބުނެފައިވާ އަދަދެކެވެ. ބަޖެޓުގައި ހިމެނޭ މުސާރައިގެ ހަތަރު ޕަސެންޓަކީ 498 މިލިއަން ރުފިޔާ އެވެ. 

498 މިލިއަން ރުފިޔާ އަކީ ސައްޙަ އަދަދު ކަމަށް ބެލިއަސް، ރައީސް އޮފީހުން ހާމަ ކުރި 922 މުވައްޒަފުންގެ އަދަދަކީ ރޯ ބުހުތާނު ދޮގު އަދަދެއްކަން ސާފުކޮށް ހާމަވެއެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި ސިޔާސީ މުއައްޒަފުންގެ ގޮތުގައި 1,063 މީހުން ތިބި އިރު، 922 ސިޔާސީ މުއައްޒަފުން ތިބެގެން، އެ މައުލޫމާތު އައިކޮމް ގައި ހާމަ ކުރަން ރައީސް އޮފީހުން ދޮކޮޅު ހަދައި، ރައީސް އޮފީހުން ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަ ނުކުރުމަށް ހައިކޯޓަށް ނުދާނެކަން ކަށަވަރެވެ.

ރައީސް މުއިއްޒު ދަނީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ސިޔާސީ މުއައްޒަފުންގެ ގޮތުގައި ނަގާފައި ތިބި ތަންދޮރު ނުދަންނަ މަގާމު ހަލާލު ނުވާ ސާނަވީ ތައުލީމެއްވެސް ނެތް އެތައް ފަރާތްތަކަކަށް ޚަރަދު ކޮށް ނަގަމުންނެވެ. ސަރުކާރު އޮފީސްތައް ފުރި، ތިބޭނެ ގޮނޑިއެއް މޭޒެއް ނެތި، ކާޑު ޖަހާފައި ގެއަށް ދާ ސިޔާސީ މުއައްޒަފުންނާއި، ވައިބާރ ގްރޫޕްތަކަށް "ޕްރެޒެންޓް" ޖަހައިގެން މުސާރަ ނަގައިގެން އެސްއޯއީ ތަކުގައި ތިބި މީހުންގެ އަދަދުވެސް ހާހަކަށް އަރެއެވެ. ނަމަވެސް ރައްޔިތުންނަށް އޮޅިގެންވެސް ތެދެއް ހެދުމަކީ މުއިއްޒަށް ކުޅަދާނެ ކަމެއް ނޫން ކަމުން ސިޔާސީ މުވައްޒަފުންގެ އަދަދު ކަނޑައެޅިގެން އޮޅުވާލައިގެން ރައީސް އޮފީހުގެ ވެބްސައިޓުގައި ހިމެނުމަކީ ދުނިޔޭގެ އެއްވެސް ޤައުމެއްގެ ލީޑަރަކު ނުކުރާނެ ފަދަ ދަށުދަރަޖައިގެ މުޑުދާރު އަމަލެކެވެ.