ޚަބަރު

މި ވެރިކަމުގައި ވަޒީފާއެއް ލިބޭނީ ޕީއެންސީގެ ދަފްތަރުގައި ހިމެނިގެން: ޝުޖާއު

ދިޔަވަރު
މި ވެރިކަމުގައި ވަޒީފާއެއް ލިބޭނީ ޕީއެންސީގެ ދަފްތަރުގައި ހިމެނިގެން: ޝުޖާއު

ވާޒީފާ ބޭނުންވާ ފަރާތްތަކަށް ވަޒީފާ ލިބޭނީ ޕީއެންސީގެ ދަފްތަރުގައި ހިމެނިގެން ކަމަށާއި, ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުންގެ ތެރެއިން ވަޒީފާ ނުލިބި ތިބި މެމްބަރުންނަށް ސިޔާސީ ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޝުޖާއު ވިދާޅުވީ މިހާރު މި އުޅެނީ ޕީއެންސީގެ ވެރިކަމެއް ކުރަން ފަށަން ކަމަށާއި ޕާޓީގެ ލީޑަރުން އަތޮޅުތެރެއަށް ދަނީ އާންމު މެމްބަރުން ހިތްހަމަޖައްސައިދީ، މައުލޫމާތު އެއްކުރަން ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީ މީހަކަށް ވަޒީފާ ނުލިބިއްޖެއްޔާ އެ މީހަކަށް ވަޒީފާ ލިބޭނެ. އެއީ ޕާޓީ ވެރިކަން ކުރަން މި އުޅެނީ. ރައީސް މުއިއްޒަށް ކެރިވަޑައިގަންނަވާނެ ޕާޓީ ވެރިކަން ކުރަން،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ޕީޕީއެމް ވެރިކަމުގައި އޮތްއިރު ޕާޓީގެ ވެރިކަމެއް ނުކުރެވުމުން ދާން ޖެހުނީ އިދިކޮޅަށް ކަމަށެވެ. އަދި އޭރު ވެރިކަން ގެއްލުމުން ރަށްރަށަށް ގޮސް ވެރިކަން ގެއްލުނީ ކީއްވެތޯ އާންމުންނާ ސުވާލުކުރުމުން، ވެރިކަން ގެއްލުނީ "މެޑަމް"ގެ ސަބަބުން ކަމަށް އެމީހުން ބުނާކަމަށް ޝުޖާއު ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން ރަށްރަށަށް ގޮސް ކީއްވެހޭ އަޅުގަނޑުމެންގެ ވެރިކަން ވެއްޓުނީ ބުނީމަ، ވިދާޅުވީ 'މެޑަމްއާ ހެދީ'އޭ. މިހާރު މެޑަމްއެއް ނޫޅޭނެ މި ޕާޓީ ހިންގާކަށް. މި ޕާޓީ ހިންގާނީ ޕާޓީގެ ރައީސް އާއި ޕާޓީގެ ލީޑަޝިޕުން." ޝުޖާއު ވިދާޅުވި އެވެ.

ޕީއެންސީގެ އެންމެންނަށް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ޝުޖާއު ވިދާޅުވި އިރު، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މިވަގުތު ވެސް 922 މުވައްޒަފުން އެބަތިބި ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ. އެހެންނަމަވެސް މިއީ މިސަރުކާރުގެ ސިޔާސީ ވަޒީފާތަކުގަ ތަކުގަ ތިބި ޝިއުނާ, މަލްޝާ އަދި ބޯފަން އަބުލޯ މެންފަދަ އެތައް ހާސް ބަޔަކު ނުހިމަނާ އަދަދު ގުނައިގެން އާންމު ކޮށްފައިވާ އަދަދެކެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމުގެ ވައުދާ އެކުގަ އެވެ.