ޚަބަރު

މުއިއްޒު އަމިއްލަ އަމިއްލަ އަށް ޔޫކޭގެ ހައުސް އޮފް ކޮމަން އަށް ދިޔުމަށްފަހު، ދިވެހިން ކައިރީ މި ބުނަނީ ޔޫކޭ މަޖިލީހުގެ ރައީސް ތިމަންނާގެ އަރިއަށް އިޚްތިރާމުގެ ޒިޔާރަތެއް ކޮށްފިކަމަށް! 

ދިޔަވަރު
މުއިއްޒު އަމިއްލަ އަމިއްލަ އަށް ޔޫކޭގެ ހައުސް އޮފް ކޮމަން އަށް ދިޔުމަށްފަހު، ދިވެހިން ކައިރީ މި ބުނަނީ ޔޫކޭ މަޖިލީހުގެ ރައީސް ތިމަންނާގެ އަރިއަށް އިޚްތިރާމުގެ ޒިޔާރަތެއް ކޮށްފިކަމަށް! 

މުއިއްޒު އަމިއްލަ އަމިއްލަ އަށް ޔޫކޭގެ ހައުސް އޮފް ކޮމަން އަށް ދިޔުމަށްފަހު، ދިވެހިން ކައިރީ މި ބުނަނީ ޔޫކޭ މަޖިލީހުގެ ރައީސް ތިމަންނާގެ އަރިއަށް އިޚްތިރާމުގެ ޒިޔާރަތެއް ކޮށްފިކަމަށެވެ.

ކޮންމެ ކަމެއްގައިވެސް، މުއިއްޒުގެ ހަމައަކީ ދޮގު ހެދުމެވެ. ދިޔަވަރު ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި، ޔޫކޭ ހައުސްއޮފް ކޮމަންސް އިން މުއިއްޒު އާއި ބައްދަލު ކުރާކަށް އެއްވެސް ޝައުގެއް ނެތުމުން، ދެން ކަން ކުރި ގޮތަކީ އަމިއްލަ އަށް ދާން ނިންމުމެވެ. ޤައުމެއްގެ ރައީސްއެއް، އެހެން ޤައުމެއްގެ މިޔުޒިއަމް އަކަށް ދިޔައަސް، އެތަނުގެ އެންމެ އިސް ވެރިޔާ މަރުހަބާ ކިޔުމަށް ނިކުތުމަކީ އޮންނަ އާންމު ޕްރޮޓަކޯލްއެވެ. ހައުސް އޮފް ކޮމަންސް އަށް ދާން ނިންމީ މުއިއްޒު އަމިއްލައަށެވެ. މުއިއްޒަށް މަރުހަބާ ކީ، މިއުޒިއަމަށް ދާނަމަ، އެތަނުގެ އިސް މީހާ ނުކުމެ މަރުހަބާ ކިޔާ ބީދައިންނެވެ. އާންމުކޮށް މިފަދައިން ހައުސްއޮފް ކޮމަންސް އަށް ދަނީ ސްޓޭޓް މިނިސްޓަރުންނާއި، މިނިސްޓަރުންގެ ފެންވަރުގެ މީހުންނެވެ.

މިއީ ރާއްޖޭގައި ނަމަ، ރާއްޖެއަށް އަންނަ ބޭރު ޤައުމެއްގެ ރައީސް އެއް، އަބްދުއްރަހީމް ކައިރިއަށް މަޖިލީހަށް ދިޔުމެވެ. އެއީ އެގޮތަށް ދުނިޔޭގެ އެއްވެސް ޤައުމެއްގެ ރައީސް އަކު ކުރާ ކަމެއް ނޫނެވެ. ނަމަވެސް މުއިއްޒު ފަދަ، އާ ކުކުޅަކަށް ގާބިހެއް އެޅިގެން އުޅޭހެން އުޅޭ މީހަކަށް އޮންނީ ކޮން ޕްރޮޓަކޯލްއެއް ހެއްޔެވެ.

ޤައުމެއްގެ ރައީސް އަކު، މަޖިލީހަށް ވަޑައިގަންނަވަނީ 2 ކަމެއްގައެވެ. އެއީ އެ ޤައުމެއްގެ ފަރާތުން ޝަރަފުވެރި ކަމެއް އެރުވުމަށް މަޖިލީހުގައި ރަސްމިއްޔާތެއް ބާއްވާނަމަ، އެ ޤައުމުގެ ބޮޑުވަޒީރާއި، ނުވަތަ ރައީސް އަރިހުގައެވެ. ދެން އޮތް ގޮތަކީ އެ ގައުމުގެ މަޖިލީހުގައި، ޔޫކޭގައި ނަމަ ހައުސް އޮފް ކޮމަންސް ގައި ތަގުރީރު ކުރެއްވުމަށެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ހިސޯރު ކޮށްގެން ހުރި މީހަކަށް އެ ފުރުޞަތު ޔޫކޭއިން ނުދޭނެއެވެ. އެންމެ ފަހުން މުއިއްޒު އަމިއްލަ އަށް މަތިން ބައިން ޖެހިގެން ޔޫކޭގެ ހައުސް އޮފް ކޮމަންސް އަށް (ގާނޫނު ހަދާ މަޖިލީހަށް) ދިޔައީމާ އެތަނުން ދިމާވެލާފައި 15 މިނުޓް އަށް ކުޑަ ރޫމެއްގައި ވާހަކަ ދައްކާލާފައި، ގެސްޓް ފޮތުގައި ސޮއެ ކޮށްލުވާފައި އަވަހަށް ފޮނުވާލީއެވެ.

ދިވެހިން ލަދު ގަންނަން ޖެހެއެވެ. ރާއްޖޭގެ ރައީސްއަކު މިހާ ދަށު ދަރަޖައަކަށް ވެއްޓިގެން މަތިން ބައިން ޖެހިގެން މީހުންނާއި ބައްދަލު ނުވެވިގެން މިހެން އުޅުނު ދުވަހެއް ދުވަހަކުވެސް ދިވެހިންނެއް ނުދެކެއެވެ.