އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕް މޯލްޑިވްސް އުވިފައި އޮންނަތާ އަހަރެއް ފަހުން މުއިއްޒުގެ ދަތުރަށް، 4 މީހަކު ލައިގެން ގްރޫޕެއް ހެދީ ޔޫކޭ ޕާލިމެންޓް މެމްބަރުން މުއިއްޒު އާއި ބައްދަލު ކުރި ކަމަށް ދައްކަން ކަމަށް ރައީސް އޮފީހުން މިކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ދިޔަވަރު ނޫހަށް ހާމަ ކޮށްފިއެވެ.
APPG މޯލްޑިވްސް އަކީ ރާއްޖެއާއި ބެހޭ މުހިންމު މައްސަލަތައް ޔޫކޭގެ ޕާލިމެންޓުގެ ސަމާލު ކަމަށް ގެނައުމަށް 30 ޖުލައި 2015 ގައި އުފެއްދި ގްރޫޕެކެވެ. މީގައި ހިމެނެނީ ރާއްޖޭގައި ހުރި މައްސަލަތަކަށް، ޝައުޤުވެރިވާ ޕާލިމެންޓް މެމްބަރުންނާއި ލޯޑްސް މެމްބަރުން ނެވެ. މީގައި ކޮންމެ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވެސް ބައިވެރި ވެވިދާނެއެވެ. މިފަދަ APPG ތައް އެކި ޤައުމުތަކަށް ހުރެއެވެ. އަދި މި ގްރޫޕަކީ ޔޫކޭ ޕާލިމެންޓްގައި އެއްވެސް ރަސްމީ ހައިސިއްޔަތެއް ލިބިފައިވާ ގްރޫޕެއް ނޫނެވެ.
މީގެ ކުރިން މި ގްރޫޕްގައި 20 މީހުން ތިބި އިރު، ދިވެހި ސަރުކާރުން ފަރުވާ ކުޑަ ކުރުމުގެ ސަބަބުން 30 މެއި 2024 ގެ ފަހުން މި ގްރޫޕްގައި މެމްބަރުން ތިބި ދައުރު ނިމި، މި ގްރޫޕް އޮތީ އުވިފައެވެ. މި ދިޔަ ސަރުކާރުގައި މި ގްރޫޕްގައި ދިވެހިރާއްޖެ ތަމްސީލް ކުރުމަށް 20 މެމްބަރުން ތިއްބެވެ.
މުއިއްޒުގެ ސަރުކާރުގެ ފަރުވާ ކުޑަކަމުން މި ގްރޫޕް އުވިފައިވަނިކޮށް، އިނގިރޭސި ވިލާތަށް މުއިއްޒު ދިޔުމަށް ބޭނުންވެގެން، އެ ގައުމުގެ ޕާލިމެންޓް މެމްބަރުންނާއި ބައްދަލުވުމެއް ބޭއްވޭނެ ގޮތެއް ހޯދަން ބެލި އިރު، ސަރުކާރަށް އެނގުނީ APPG މޯލްޑިވްސް އުވިފައިވާކަން ކަމަށް ރައީސް އޮފީހުން ދިޔަވަރަށްް މައުލޫމާތު ދިން ފަރާތުން ހާމަ ކުރިއެވެ.
މިކަމާއި ގުޅިގެން ޔޫކޭގައި ހުރި ދިވެހިރާއްޖޭގެ ހައިކޮމިޝަނުން، އިނގިރޭސި ވިލާތުގެ ގިނަ މަޖިލިސް މެމްބަރުން ތަކަކާއި ވާހަކަ ދެއްކައިގެން އަލުން APPG މޯލްޑިވްސް ރެޖިސްޓަރ ކުރުމަށް މަސައްކަތް ކުރި ނަމަވެސް، ގިނަ ބަޔަކު މުއިއްޒު އާއި ބައްދަލު ކުރަން ބޭނުން ނުވާތީ އެކަން ކުރެވުނީ އެންމެ ފަހުން 18 ޖޫން 2025 ގައި ގްރޫޕް އުފައްދަން ބޭނުންވާ 4 މެމްބަރަކު ލިބުމުންނެވެ. އެ މެމްބަރުންވެސް ލިބުނީ ލޭބަރ ޕާޓީގެ މެމްބަރު ޔާސްމީން ގްރައިޝީ ކުރެއްވި މަސައްކަތުން ކަމަށާއި، ރައީސް މުއިއްޒު އާއި ބައްދަލު ކުރަންވެގެން APPG މޯލްޑިވްސް އާއި ގުޅުނު އެއްވެސް ފަރާތެއް ނެތް ކަމަށް އޭނާ ކިޔައި ދިނެވެ.
އެހެން ކަމުން މިތާގައި ތިބީ ރައީސް މުއިއްޒުގެ އަނިޔާވެރި ސަރުކާރު ދިފާޢު ކުރާނެ ބައެއް ނޫން ކަމަށާއި، މުއިއްޒުގެ ފަރާތުން ރާއްޖޭގެ ޤާނޫނު އަސާސީ އަށާއި، ޖުޑިޝިއަރީއަށާއި، ރައްޔިތުންގެ މަޖިލީހަށް އަރާގަނެގެން ބިރު ދައްކައިގެން ކުރާ މަސައްކަތް ނޭގޭ 4 މީހަކާއި ބައްދަލު ކުރިއަސް، އެމްބަސީއިން APPG މޯލްޑިވްސް އުފެއްދުމަށް ބައްދަލު ކުރި މެމްބަރުންތައް ތިބީ ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަނެފައިވާ މީހަކާއި ދިމާ ނުވުމަށް ކަމަށް މައުލޫމާތު ލިބެއެވެ. ޔޫކޭ ޕާލިމެންޓް ދެ ހައުސްގައި ޖުލްމަ 786 މެމްބަރުން މިވަގުތު ތިބި އިރު، މުއިއްޒާއި ބައްދަލުވީ އެތަނުން ރާއްޖޭގެ މާ ބޮޑު މައުލޫމާތެއް ނުދަންނަ ހަތަރު ފަސް މީހަކާއި ކަމަށް އޭނާ ހާމަ ކުރެއްވިއެވެ.
މުއިއްޒުގެ އޮތީ ދެއްކުން ތެރި ކަމެވެ. ފޮޓޯ ކޮޅެއް ނަގާލުމެވެ. މުއިއްޒު އާއި މެދު އިނގިރޭސި ވިލާތާއި، ޔޫރަޕުގައި ކަންބޮޑުވުމެއް ނެތް ކަމާއި އޭނާ މަގުބޫލުކަން އޮތްކަމަށް ދޮގު މަންޒަރަކުން ދައްކާލުމެވެ. ރާއްޖޭގެ ވެރިއަކަށް ހުރި މުއިއްޒުގެ ފެންވަރަކީ މިއީއެވެ. އެމްޕީއެލް މަޖޫރީއަކަށް ވެރިކަން ދިނަސް މިއަށްވުރެ ރަނގަޅަށް ވެރިކަން ކުރާނެއެވެ.