ރިޕޯޓު

ފާއިތުވި 10 އަހަރު ތެރޭ އިންޑިއާ ހޯދާފައިވާ އިޤްތިޞާދީ ބޮޑެތި ކުރިއެރުންތައް

ދިޔަވަރު
ފާއިތުވި 10 އަހަރު ތެރޭ އިންޑިއާ ހޯދާފައިވާ އިޤްތިޞާދީ ބޮޑެތި ކުރިއެރުންތައް

ވޭތުވެދިޔަ 10 އަހަރު ތެރޭގައި އިންޑިއާއަކީ ދުނިޔޭގެ އެންމެ ބާރު ސްޕީޑުގައި ކުރިއަރަމުން އަންނަ އިޤްތިޞާދުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ޤައުމަށް ވަނީ ވެފައިއެވެ. 2025 ނިޔަލަށް %7ގެ އިޤްތިޞާދީ ކުރިއެރުމެއް އަންނާނެ ކަމަށް އަންދާޒާކުރެވޭއިރު، ފަށައިގަންނަ ވިޔަފާރިތަކަށް ފަސޭހަ ވެށްޓެއް ޤާއިމުކޮށް، އައު ޑިޖިޓަލް އިނީޝިއެޓިވްތަކާއެކު، އިންޑިއާއަކީ ދުނިޔެ ބަލައިގަންނަ އިޤްތިޞާދީ ބާރަކަށް ވެގެން ދާނެއެވެ.

1. އިޤްތިޞާދީ ކުރިއެރުމާއި ދުނިޔޭގައި އިންޑިޔާގެ ހައިސިއްޔަތު

ވޭތުވެދިޔަ 10 އަހަރު ތެރޭގައި އިންޑިއާގެ އިޤްތިޞާދުން ދައްކުވައިދީފައިވަނީ ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެކެވެ. 2023 އަހަރު އިޤްތިޞާދީ ގޮތުން އިނގިރޭސި ވިލާތް ފަހަނައަޅާ، ދުނިޔޭގެ 5 ވަނަ އަށް އެންމެ ބޮޑު އިޤްތިޞާދަށް އިންޑިޔާ ވަނީ ވެފައެވެ. އަދި ކުރިއަށް އޮތްތާގައި 2025ގައި ނޮމިނަލް ޖީޑީޕީ 33.10 ލައްކަ ކްރޯރް ރުޕީސް (3.8 ޓްރިލިއަން އެމެރިކާ ޑޮލަރު) އަށް އަރާނެކަމަށް ލަފާކުރެވެއެވެ. މިއީ 2024 ވަނަ އަހަރާއި އަޅާ ބަލާއިރު 30.12 ލައްކަ ކްރޯރުން (3.5 ޓްރިލިއަން ޑޮލަރު) %9.9 ކުރިއެރުމެކެވެ.

ވޯލްޑް ބޭންކުން ޝާއިޢުކުރި އިންޑިއާ ޑިވެލޮޕްމަންޓް އަޕްޑޭޓްގައި އިންޑިއާގެ ޖީޑީޕީ 2022-2023 ގެ %7.0 އިން 2023-2024 ގައި %8.2 އަށް ކުރި އަރާފައިވާކަން ފާހަގަކޮށްފައިވެއެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބުތަކަކީ ޤައުމުގެ އެތެރޭގެ ޑިމާންޑް ބޮޑުވުމާއި، ކެޕިޓަލް ހޭދަ އިތުރުވުމާއި، އަދި ރައްޔިތުންގެ ޚަރަދުކުރުން ވަރުގަދަވުމެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) 2000 އޭޕްރިލް އަދި 2024 ޑިސެންބަރު ދެމެދުގައި 89.88 ލައްކަ ކްރޯރް ރުޕީސް (1.05 ޓްރިލިއަން ޑޮލަރު) އަށް އަރާފައިވެއެވެ. މިއީ ދުނިޔޭގެ ނިސްބަތުންވެސް ފާހަގަ ކޮށްލެވޭ ބޮޑެތި އަދަދު ތަކެވެ.

2. ޑިޖިޓަލް ޓްރާންސްފޮމޭޝަން: ޑިޖިޓަލް އިންޑިއާ ރިވޮލިއުޝަން

2015 ގައި ފެށުނު ޑިޖިޓަލް އިންޑިއާގެ އިނީޝިއެޓިވްއަކީ އެޤައުމުގެ ތަރައްޤީގައި އަސާސީ ބިންގަލެއް ކަމުގައި ވެފައިވެއެވެ. ޑިޖިޓަލް އިންޑިއާގެ މައިގަނޑު ކާމިޔާބީތަކުގެ ތެރޭގައި:

  • ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި): 2018 ވަނަ އަހަރު 9.2 ބިލިއަން އެމެރިކާ ޑޮލަރުގެ މުޢާމަލާތުން ފެށުނު ޔޫޕީއައި، 2024 ވަނަ އަހަރު ކުރި އަރައި ގޮސް 1.3 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ފައިސާގެ މުއާމަލާތް ހިނގިއެވެ. ޔޫޕީއައި ވެގެން ދިޔައީ، ޑިޖިޓަލް ފައިނޭންސް ދާއިރާގައި އިންޑިއާ ދުނިޔޭގެ އިސް ސަފަށް ނެރެލި އެންމެ ވަރުގަދަ އެއް ޚިދުމަތަށެވެ.
  • ކޯވިން ޕްލެޓްފޯމް: ކޮވިޑް-19 ބަލިމަޑުކަމުގައި 22 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ވެކްސިން ޑޯސް ބެހުމުގައި މި ޕްލެޓްފޯމް ބޭނުންކުރެވުނެވެ.
  • އާޔުޝްމާން ބާރަތް ސްކީމް: ސިއްްޚީ ފަރުވާގެ ޚިދުމަތަށް އަމާޒުކޮށް އުފެއްދި އާޔުޝްމާން ކާޑު ބެހި އަދަދު 3.56 ބިލިއަން އެމެރިކާ ޑޮލަރަށް އަށް އަރާފައި ވެއެވެ. މި ޕްލެޓްފޯމުން މިލިއަނުން މީހުންނަށް ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ދީފައިވެއެވެ.
  • ފާސްޓެގް ތަންފީޒުކުރުން: ދަތުރު ފަތުރުގެ ނިޒާމު ހަލުވި ކުރުމަށް އުފެއްދި ޑިޖިޓަލް ކާޑުން، 900 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފާސްޓެގް ދޫކުރެވި، އިންޑިއާގެ މަގުތަކުގައި ދަތުރުފަތުރުކުރުން އަވަސްވެފައިވެއެވެ.

3. ސްޓާޓްއަޕް ވެށްޓާއި އިނޮވޭޝަން

އިންޑިއާގެ ސްޓާޓްއަޕް ވެށި ފުޅާވެ، 2025 ވަނަ އަހަރާ ހަމައަށް 151,000 އަށްވުރެ ގިނަ ސްޓާޓްއަޕާއެކު ދުނިޔޭގެ 3 ވަނަ އެންމެ ބޮޑު ސްޓާޓްއަޕް ވެށި ޤާއިމްކުރެވިފައިވެއެވެ. 2016 ގައި ފެށުނު ސްޓާޓްއަޕް އިންޑިއާ އިނީޝިއެޓިވްއިން 15.5 ލައްކައަށްވުރެ ގިނަ ސީދާ ވަޒީފާ އުފައްދާފައިވެއެވެ. 2025 ޖަނަވަރީ ގެ ނިޔަލަށް އިންޑިއާގައި 118 ޔުނިކޯން ސްޓާޓްއަޕް ވަނީ ޤާއިމްކުރެވިފައެވެ. މީގެ ޖުމްލަ އަގަކީ 354 ބިލިއަން ޑޮލަރު އެވެ.

5. އުމްރާނީ ތަރައްޤީއާއި ދެމެހެއްޓެނި ތަރައްޤީ

2025 ވަނަ އަހަރަށް ފާސްކުރެވުނު ޤައުމީ ބަޖެޓުން 133.27 ބިލިއަން ޑޮލަރު ކެޕިޓަލް ޚަރަދަށް އިންޑިޔާއިން ވަނީ ކަނޑައަޅާފައެވެ. މިއީ 2025ގެ ބަޖެޓާއި އަޅާބަލާއިރު 10%ގެ އިތުރުވުމެކެވެ. ފާއިތުވި އަހަރުތަކުގައި އިންޑިޔާއަށް އުމްރާނީ ގޮތުން ހެޔޮ ބަދަލުތަކެއް އައިސްފައިވެއެވެ. މީގެ އިތުރުން އިންޑިޔާގެ ދަތުރު ފަތުރުގައި އެންމެ މުހިންމު ވަސީލަތް ކަމުގައިވާ ރެއިލްވޭތަކުގެ 1,309 ރެއިލްވޭ ސްޓޭޝަން މިހާރު ދަނީ އާ ކުރަމުންނެވެ.

ދެމެހެއްޓެނިވި ތަރައްޤީއަށް އިންޑިއާއިން ވަނީ 2030 ވަނަ އަހަރާ ހަމައަށް %40 ހަކަތަ ފޮސިލް ފިއުލް އާއި ނުލާ އުފައްދަން ވަޢުދުވެފައެވެ. އަދި 2070 ވަނަ އަހަރާ ހަމައަށް ނެޓް ޒީރޯ އެމިޝަން ހާސިލުކުރުމަށްޓަކައި އެގައުމުން ދަނީ 'ޕަންޗަމްރިތް' ސްޓްރެޓެޖީ ތަންފީޒުކުރަމުންނެވެ.

6. ދުނިޔޭގެ އިނޮވޭޝަނާއި ވިޔަފާރި

ގްލޯބަލް އިނޮވޭޝަން އިންޑެކްސްގައި އިންޑިއާގެ ރޭންކިންގ 2015 ގެ 81 ވަނައިން 2024 ގައި 39 ވަނައަށް ކުރިއަރާފައިވެއެވެ. އިންޑިއާގެ އެކްސްޕޯޓް 2025 ގައި 820.9 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ. މިއީ 2024 އާއި އަޅާބަލާއިރު %5.5 ކުރިއެރުމެކެވެ. އިންޑިޔާގެ މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރާ މުދަލުގެ ގޮތުގައި ހިމެނިފައިވަނީ އިންޖިނިއަރިންގ، ޕެޓްރޯލިއަމް، އަދި އިލެކްޓްރޯނިކް އާއި ގުޅުން ހުރި މުދާ އެކްސްޕޯޓް ކުރެއެވެ.

ސްޓްރެޓެޖިކް ބައިވެރިވުންތައް އިތުރުކޮށް، ޑިޖިޓަލް އަދި ދެމެހެއްޓެނިވި ތަރައްޤިއަށް ދޭ އަހައްމިއްޔަތާއި އެކު، ކުރިއަށް އޮތް 10-15 އަހަރުގެ ތެރޭގައި ދުނިޔޭގެ އެންމެ ވަރުގަދަ 3 އިޤްތިޞާދުގެ ތެރޭގައި އިންޑިޔާ ހިމެނޭނެ ކަމަށް މިހާރު ބެލެވެއެވެ.

ނިންމުން

ވޭތުވެދިޔަ 10 އަހަރު ތެރޭގައި އިންޑިއާ ވަނީ ޑައިނަމިކް، އަދި އިނޮވޭޓިވް އިޤްތިޞާދަކަށް ބަދަލުވެފައެވެ. އިނގިރޭސި ވިލާތް ފަދަ ވަރުގަދަ އިޤްތިޞާދުތައް ފަހަނައަޅައި ކުރިއަރައި، ދުނިޔޭގެ 5 ވަނަ އެންމެ ބޮޑު އިޤްތިޞާދަށްވުމުން ފެށިގެން ޑިޖިޓަލް ޕޭމަންޓްސްއަދި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި އިސްދައުރެއް އަދާކުރުމާ ހަމައަށް، އިންޑިއާގެ ހާސިލުކުރުންދާ އިޤްތިޞާދީ ކުރިއެރުންތަކަކީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެކެވެ. ކުރިއަށް އޮތް 10 އަހަރު ތެރޭ ދުނިޔޭގެ އެންމެ ވަރުގަދަ 3 އިޤްތިޞާދު ތެރޭ ހިމެނި، އިންޑިއާ ދަނީ ދުނިޔޭގެ އިޤްތިޞާދީ ޑައިނަމިކްސް އަލުން މާނަކުރުމަށް ތައްޔާރުވަމުން ކަމުގައި ޤަބޫލު ކުރެވެއެވެ.