ޚަބަރު

އެމްއެންޑީއެފް އިސްވެރިން ތަކަކަށް ކޮންމެ މަހަކު ޑޮލަރުން ރިޝްވަތުގެ ގޮތުގައި މުއިއްޒު ފައިސާ ބަހަން ފަށައިފި

ދިޔަވަރު
އެމްއެންޑީއެފް އިސްވެރިން ތަކަކަށް ކޮންމެ މަހަކު ޑޮލަރުން ރިޝްވަތުގެ ގޮތުގައި މުއިއްޒު ފައިސާ ބަހަން ފަށައިފި

އެމްއެންޑީއެފްގެ އިސްވެރިން ތަކަކަށް ކޮންމެ މަހަކު ފައިސާދޭން މުއިއްޒު ފަށައިފިއެވެ. އެމްއެންޑީއެފް އިސްވެރިންނަށް ފައިސާ ދޭން ފަށާފައިވަނީ ވެރިކަން ހިމާޔަތް ކުރުމަށްޓަކައި ކަމަށް ބުނެއެވެ. އެކަން ކުރަމުން ދަނީ އިހްސާން މެދުވެރިކޮށެވެ.

އެމްއެންޑީއެފްގެ ބައެއް އިސްވެރިންނަށް ފައިސާ ދެމުންދާއިރު މުއިއްޒު ވަނީ މީގެ ކުރިން، މަޖިލީސް މެމްބަރުންނަސްވެސް ރިޝްވަތުގެ ފައިސާ މިލިއަނުން ބަހާފައެވެ. އަދަދު ނޫހުން ވަނީ މިކަން ހެއްކާއި އެކު މީގެ ކުރިން ގެނެސް ދީފައެވެ. މިފައިސާ ބެހުމަށްފަހު، އޭނާގެ ޕާޓީއަށް ނިސްބަތް މަޖިލީސް މެމްބަރުން އޭނާ ބޭނުން ވަގުތަކު، ވަކި ކުރެވޭ ގޮތަށް ޤާނޫނު އަސާސީ ބަދަލުކުރުމަށް ފަހު އެފައިސާ ކުރިން ދިންހެން ދިނުން ވަނީ މަދުކޮށްފައެވެ. ނަމަވެސް މުއިއްޒަށް މުހިންމު ބައެއް މަޖިލީސް މެމްބަރުނަށް މިހާރުވެސް ދަނީ ފައިސާ ބަހަމުންނެވެ.

މި ގޮތަށް މުއިއްޒު އަމިއްލަ އަށް އެމްއެންޑީއެފް އަދި މަޖިލީސް މެމްބަރުންނަށް ފައިސާ ބެހުމަކީ ޤާނޫނީ ބޮޑު ކުށެކެވެ. އެއީ ޖިނާއީ ކުށެކެވެ.

ވެރިކަން ވެއްޓިދާނެ ކަމުގެ ބިރަށް ރައްޔިތުންގެ ބާރުތައް ފޭރެމުންދާ މުއިއްޒުގެ ޚުދުމުހުތާރުކަން ހައްދުފަހަނައަޅާ ގޮސް ސްޕްރީމް ކޯޓާއި މިނިސްވަން މުއައްސަސާތައްވެސް މުށުތެރެއަށް ލުމަށްފަހު އެވަރުން ނުވެގެން އެތައް މިލިއަނެއް ޤައުމުގެ މިލިޓާރީ އިސްވެރިންނަށް މުއިއްޒު މިދެނީ ޤައުމުގެ އިސްތިޤްލާލާއި މިނިވަންކަން މުއިއްޒުގެ އަތްމައްޗަށް ނަގައި ރާއްޖޭގެ ރައްޔިތުންގެ ވެރިކަން ނިމުމަކަށް ގެނައުމަށް މުއިއްޒު ރާވައިގެން ކުރަމުންދާ ނުރައްކާތެރި މަސައްކަތުގެ ތެރެއިންނެވެ.

ދިޔަވަރު ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި ޑިފެންސް މިނިސްޓަރ ގައްސާން މައުމޫނަށް މުއިއްޒު އެއްވެސް ވަރަކަށް އިތުބާރު ނުކުރައެވެ. މުއިއްޒު ހަމައެކަނި އިތުބާރު ކުރަނީ ހޯމް މިނިސްޓަރ އަލީ އިހްސާނަށް ކަމަށާއި، އަދި ފައިސާ ބަހަމުން ދަނީ އަލީ އިހްސާން ދީފައިވާ ލިސްޓަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭގެ މިލިޓާރީ އަކީ ކުލީ ސިފައިން ކަމަށް ހަދައި އެމީހުންގެ ތެރެއިން ބަޔަކަށް މަހު މުސާރަ ދިމްޔާތު ޕްރައިވެޓް ލިމިޓެޑުން ދޭން ފެށުމުން، ޤައުމުގެ ސަލާމަތީ ބާރަކީ، އެހިސާބުން ޤައުމުގެ ސަލާމަތަށް ތިބި ބަޔަކު ކަމުގައި ނުވެ، މުއިއްޒުގެ ޕްރައިވެޓް މިލިޓަރީއަކަށް ބަދަލުވެ، ރާއްޖޭގެ ޤައުމީ ސަލާމަތުގެ ބައެއް މިވަނީ ގެއްލިފައެވެ. މިކަމަކީ މުއިއްޒު ހައްޔަރުކޮށް، ފުލުހުން މައްސަލަ ބަލަން ފަށަންޖެހޭ ޤައުމީ އެންމެ ބޮޑު މަސްލަހަތު އެކަމެއްގައި ހިމެނިފައިވާ ނުރައްކާތެރި މައްސަލައެކެވެ.