ރާއްޖޭގެ މިނިވަކަމާއި އިސްތިޤްލާލު ނެގެހެއްޓުމުގައި ރަތް ރޮނގު ދަމައި، ޖާހިލު ޒަމާނުގެ މީހުން ބުދުތަކާއި ވާހަކަ ދައްކާހެން "އޭ މިހިރަ ދިދަޔާ" ކިޔައި ދިދައާއި ވާހަކަ ދައްކައި މިނިވަންކަން މީނާ ނެތްތަނެއްގައި ރާއްޖޭގެ ނޯންނާނެ ކަމަށް ހީވާ ވަރު މުއިއްޒު ކުރިއެވެ.
ޤައުމާއި، ދީނާއި، ތެދުވެރި ކަމާއި، އަމާނާތްތެރި ކަމުގެ މައްޗަށް މުއިއްޒު ކައިރީ ކުރި ހޯދަނީ ފައިސާ އާއި ކޮރަޕްޝަނާއި، ހިޔާނާތެވެ. މި ކަންކަމުގެ ހައްޤުގައި ރާއްޖޭގެ މިނިވަން ކަމާއި އިސްތިޤްލާލު ވިއްކާލަން މުއިއްޒު އެންމެ ސިކުންތަކަށްވެސް ފަސްޖެހިފައެއް ނުވެއެވެ.
ރާއްޖޭގެ ކަންކޮޅުތަކުގައި ޚުދު މުއިއްޒަށްވެސް އުޑެއް ބުޑެއް ނޭނގޭ ވަރަށް ޗައިނާއިން ވަނީ ކަނޑު އަޑީގައި އާއި ކަނޑުގެ އެކި ސަރަހައްދު ތަކުގައި ޖާސޫސީ ޑިވައިސްތައް ހަރުކޮށްފައެވެ. ރާއްޖޭގެ މިލިޓަރީއަށް މި ޖާސޫސީ ޑިވައިސްތައް ދަނެ ގަނެވޭނެ ގޮތެއް ނެތެވެ. މިއިން އެއްޗެއް ފެނުނަސް އެއިން ކުރަނީ ކޮން ކަމެއް ކަމެއްވެސް އެނގޭނެ ފަދަ ގާބިލު ކަމެއްވެސް ނެތެވެ.
ރާއްޖޭގެ ކަނޑު ތަކުގައި ޖާސޫސީ ޑިވައިސް ހަރު ކުރުމަށް އެއްބަސް ވުމެއްގައި މުއިއްޒު ސޮއެ ކުރީ އެތައް މިލިއަން ޑޮލަރެއް ދިމްޔާތު ޕްރައިވެޓް ލިމިޓެޑަށް ލިބެހެންނެވެ. އަދި ޗައިނާގެ ވިޔަފާރިވެރިން އަތުން މުއިއްޒު ރިޝްވަތުގެ ގޮތުގައި ކޮންމެ މަހަކު ނަގަމުންދާ ފައިސާ ހުއްޓިދާނެ ކަމަށްވެސް މެއެވެ.
ޗައިނާ އަކީ މާ ދުރުގައި އޮތް ޤައުމެކެވެ. ރާއްޖެ އޮތް ސަރަހައްދުގައި ޗައިނާއަށް ޖާސޫސީ ޑިވައިސް ހަރުކުރަން ދިނުމަކީ ސަރަހައްދީ މަސްލަހަތު ގެއްލި، މުޅި ސަރަހައްދު ނުރައްކަލަކަށް ވައްޓާލުމެވެ. ރާއްޖޭގެ މުޅި ތާރީޚުގައި މުއިއްޒު އަކީ ދިވެހި ޤައުމަށް މިވަރަށް ޚާއިނުވި ފުރަތަމަ ރައީސް އެވެ. ފައިސާ އަށް ޓަކައި ޤައުމަށް ގައްދާރުވި ހިޔާނާތްތެރިއެކެވެ.
ތުރުކީގެ އެތައް ސިފައިންނެއް، ބާދަނގަޑު ބޯޓެއް ބެލެހެއްޓުމަށް ރާއްޖެ ގެނައުމާއި، ޑްރޯން ދުއްވަން ދިވެހިންނަށް ނޭނގޭ ކަމަށް ބުނެ ޑްރޯން ދުއްވަން ގެނެސް ރާއްޖޭގައި ވަޒަންވެރި ކުރުވުމަކީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤާލު ނަގާލުން ނޫންތޯއެވެ.

މިނިވަން 60 ދިވެހިންނާއި މި ބައްދަލު ކުރަނީ ޤައުމު އަޅުވެތި ކުރި ޚާއިނެއްގެ އަތްމަތިން ޤައުމު ސަލާމަތް ނުވެގެން ރާއްޖޭގެ %90 ރައްޔިތުން މީނާގެ އަނިޔާވެރި ޚުދުމުހުތާރު ވެރިކަމުން ސަލާމަތް ވުމަށް އެދި ދުޢާ ކޮށްކޮށް ތިއްބައެވެ.