ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރަން މަޖިލީހުގެ 50 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
އީވާ ވަކިކުރުމުގެ ގަރާރުގައި ސޮއިކުރެއްވީ އެމްޑީޕީގެ 49 މެންބަރުންނާއި، އަމިއްލަ މެންބަރެއްގެ ގޮތުގައި އިންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
އީވާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް މި ވެއްދީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ.
އިވާ މަސައްކަތް ކުރަމުން ދަނީ އޭނާގެ ބޭބެ ނަޝީދު މަޤާމުގައި ބެހެއްޓުމަށެވެ.