އިތުބާރު ކޮށްފަ ކަމަށް ބުނެ މުއިއްޒު ވަޒިފާ ދިން މައުރޫފް ޖަމީލަށް ރިޓަޔަރމަންޓް ޕެކޭޖް ދިނުމަށްފަހު, އެޗްޑީސީ މެދުވެރިކޮށް މުއިއްޒުއަށް ކޮރަޕްޝަން ހިންގޭނެ މަގުފަހި ކުރަން އެ ކުންފުނީގެ އެމްޑީގެ މަގާމަށް, ވެމްކޯގެ އެމްޑީގެ ގޮތުގައި މިހާރު ހުންނެވި މުޖުތަބާ ޖަލީލު ހަމަޖެއްސުމަށް މުއިއްޒު ނިންމަވައިފިއެވެ.
”ދިޔަވަރު އޮންލައިން“އަށް އެނގިފައިވާ ގޮތުގައި ވަރަށް އަވަހަށް މައުރޫފް ޖަމީލް ރިޓަރ ކުރައްވާނެއެވެ. އޭނާ ރިޓަޔަރ ކުރެއްވުމާއެކު އޭނާ ހަމަޖެއްސުމަށް މުއިއްޒު ނިންމާފައިވަނީ ވަޒީރުން ފެންވަރުގައި އެޗްޑީސީގެ އެޑްވަޒަރުގެ މަގާމަށެވެ.
އެޗްޑީސީގެ އެމްޑީކަމަށް މުއިއްޒު އައްޔަން ކުރުމަށް ހަމަޖައްސާފައިވާ މުޖުތަބާ ޖަލީލްއަކީ މިސަރުކާރު ވެރިކަމަށް އައުމުގެ ކުރިން މުއިއްޒުގެ މޭޔަރު ކަމުގައި މާލޭ ސިޓީ ކައުންސިލް އެސްޖީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. މާލޭ ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމުގައި ހުންނަވައިގެން މުއިއްޒުއަށް ކައުންސިލް ތެރެއިން ފުޅާ ދާއިރާއެއްގައި ކޮރަޕްޝަން ހިންގުމަށް އޭނާ ވަނީ މަގުފަހި ކޮށްދީފައެވެ.
އަދި މުއިއްޒުއަށް ވެރިކަން ލިބުމާއެކު ކުންފުނިތަކުން ރިޝްވަތުގެ ފައިސާ ނެގުމަށް, އިތުބާރުކޮށްފައި ކުންފުނިތަކަށް މުއިއްޒު އައްޔަން ކުރި އެއް ބޭފުޅަކަށް އޭނާ ވެގެން ދިޔައެވެ.
މުޖުތަމާ ޖަލީލްއަކީ އޭނާގެ ކޮރަޕްޝަންގެ މައްސަލަތައް މިހާރުވެސް ޕީޖީ އޮފީގައި ވާ ފަރާތެކެވެ. އެގޮތުން, ރައީސް ޔާމިންގެ ވެރިކަމުގައި އޭނާ އެންސްޕާގެ ސީއީއޯގެ މަގާމުގައި ހުންނެވިއިރު, އެންސްޕާ އިން ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިން އަމިއްލަ ފަރާތަކާ ހަވާލުކުރި މައްސަލާގައި އެ އެޖެންސީގެ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވާފައެވެ. އެހެންނަމަވެސް މުއިއްޒު ނުފޫޒު ފޯރުވައިގެން އެ މައްސަލަ ވަނީ ޕީޖީ އޮފީހުގައި ކުރިޔަށް ނުގެންގޮސް ޕާކު ކޮށްފައެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން އެދިފައިވަނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް، އޭގެ ފައިސާ ލިބެން ނުޖެހޭ ފަރާތަކަށް މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.
”ދިޔަވަރު އޮންލައިން“އަށް ކަށަވަރު ވެފައިވާ ގޮތުގައި މައުރޫފް ޖަމީލް ރިޓަޔަރ ކުރައްވަނީ އޭނާ އެމްޑީކަމުގެ މަގާމްގައި ހުންނަވައިގެން, މުއިއްޒު ބޭނުންވާ ”ޑީލްތައް“ އޭނާއަށް ”ކަޓް“ ކޮށް ނުދެވިގެންނެވެ. އޭގެ ތެރޭގައި ހުޅުމާލޭގެ އަގުބޮޑު ބިންތައް މުއިއްޒު ބޭނުންވާ ފަރާތްތަކަށް ނުދެވުމާއި, ހުޅުމާލޭގައި އަޅާ ފްލެޓްތައް މުއިއްޒު ބުނާ ފަރާތްތަކަށް ކޮރަޕްޝަންގެ އުސޫލުން ނުދެވުމާއި, އަދި ހުޅުމާލޭގައި ހިންގާ ޕްރޮޖެކްޓްތަކުން ބޮޑެތި އަދަދުތަކުން ދޭންޖެހޭ ކޮރަޕްޝަންގެ ފައިސާ މުއިއްޒުއަށް އޭނާއަށް ހަމަޖައްސާ ނުދެވިގެންކަމަށްވެސް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.
އެނގިފައިވާ ގޮތުގައި, މުއިއްޒު ބޭނުންވާ ގޮތަށް ރިޓަޔަރ ކުރެއްވުމުން މައުރޫޕް ޖަމީލްއަށް އެޗްޑީސީގެ އެޑްވައިޒަރުގެ މަގާމް ވަޒީރުން ފެންވަރުގައި ދެއްވުމަށް މުއިއްޒު ވަނީ ނިންމަވާފައެވެ. އެގޮތުން މައުރޫފް ޖަމީލްއަށް ރިޓަޔަރމަންޓް ޕެކޭޖް ދިނުމަށް, އެކުންފުންޏަށް 6 މަސްދުވަސް ޚިދުމަތް ކުރުމަށްފަހުވެސް ރިޓަޔަރމަންޓް ޕެކޭޖް ލިބޭގޮތަށް, މުއިއްޒުގެ އެންގުމަށް އުސޫލުވެސް ވަނީ ބަދަލު ކޮށްފައެވެ.
އެޗްޑީސީއަކީ, ދައުލަތުގެ މާލިއްޔަތުން ކޮރަޕްޝަންގެ ފައިސާ އެންމެ ގިނައިން ނެގުމަށް މުއިއްޒު ބޭނުންކުރާ ކުންފުންޏެވެ. އެކުންފުނީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދު މެދުވެރިކޮށް މުއިއްޒު ވަނީ އެތައް މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގާފައެވެ. އަދި އޭނާގެ ހިންގަމުންދިޔަ ކޮރަޕްޝަން އާންމުންނަށް އާންމުންނަށް ފަޅާ އެރުމުން ވަޒީފާއިން ވަކިވުމަށް މަޖުބޫރުވެ ވަޒީފާއިން ވަކިވުމަށްފަހުވެސް މުއިއްޒުގެ އަމުރަށް މިހާރުވަނީ އޭނާގެ ކޮރަޕްޝަންގެ މައްސަލަތައް ޕާކް ކޮށްފައެވެ.