ޚަބަރު

ޓީއެމްއޭއިން އަމީން 3 މިލިއަން ޑޮލަރު ނަގައިގެން، ޓީއެމްއޭއިން ޑޮލަރު މާރުކުރަން ޖެހޭ މިންވަރު %20 އިން %7 އަށް މުއިއްޒު ހައްދާލައިގެން ކުޑަކޮށްފި

ދިޔަވަރު
ޓީއެމްއޭއިން އަމީން 3 މިލިއަން ޑޮލަރު ނަގައިގެން، ޓީއެމްއޭއިން ޑޮލަރު މާރުކުރަން ޖެހޭ މިންވަރު %20 އިން %7 އަށް މުއިއްޒު ހައްދާލައިގެން ކުޑަކޮށްފި

ޓީއެމްއޭއިން އަމީން 3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަގައިގެން، ޓީއެމްއޭއިން، އެމްއެމްއޭއަށް ޑޮލަރު މާރުކުރަން ޖެހޭ މިންވަރު %20 އިން %7 އަށް މުއިއްޒު ހައްދާލައިގެން ކުޑަކޮށްފިއެވެ،

ޓީއެމްއޭއިން 3 މިލިއަން ޑޮލަރު އަމީން ނަގާފައިވަނީ، ޑޮލަރު މާރު ކުރަން ޖެހޭ ރޭޓް ކުޑަ ކުރުމަށް މުއިއްޒު އަށް ލޮބީ ކޮށް އެކަން ކާމިޔާބު ކުރުމުގެ ގޮތުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިކަމުގައި އަމީން ވަނީ މުއިއްޒު އާއި ވާހަކަ ދައްކައި އާދޭސް ކޮށްގެން ޓީއެމްއޭއިން މާރު ކުރަމުން ދިޔަ %20 ޑޮލަރު އެންމެ %7 އަށް ތިރި ކުރުވާފައެވެ. މުއިއްޒު ވަނީ އަމީން އަށް އިތުބާރުކޮށް އިތުކަމެއްވެސް އަމީން އާއި ހަވާލު ކޮށްފައެވެ. އެކަމުގެ ތަފްސީލް ފަހުން ގެނެސް ދެވޭނެއެވެ.

މުއިއްޒަށް ދެއްކީ، ޓީއެމްއޭ މުއައްޒަފުން މަދަނީ ބަސް ނޭހުމަކަށް ގޮސް މުޅި ޓުއަރިޒަމް އިންޑަސްޓްރީ ހުއްޓުމަކަށް އަންނާނެކަމެވެ. ޓީއެމްއޭގެ ވެރިފަރާތަކީ އެމެރިކާގެ ކުންފުންޏެކެވެ. މިކުންފުނީގެ ވެރިންނާއި އަމީން އާއި ދެމެދު ޑީލެއް ހަދައި، ޑޮލަރު މާރު ކުރަން ޖެހޭ މިންވަރު ރަސްމީކޮށް ކުޑަކޮށްފައިވަނީ ޓުއަރިޒަމް ސިނާއަތް އެއްކޮށް ނިމުމަކަށް އަންނާނެ ކަމަށް މުއިއްޒަށް ވަރަށް ބޮޑަށް ވިސްނަ ދީގެންނެވެ.

މަދަނީ ބަސްނޭހުމަކަށް ޓީއެމްއޭގެ މުއައްޒަފުން ދިޔުމުގައި ސީދާ ގޮތުން އަމީން، އެއްވެސް ރޯލެއް އަދާ ކޮށްފައިވާކަން ދިޔަވަރު ނޫހަށް އެނގިފައި ނުވެއެވެ.

ސަރުކާރެއް އޮތުމުގެ ބޭނުމަކީ ކުންފުނިތަކުގެ މެދުގައި ހަމަހަމަ ކަމާއި އެކު، ޤާނޫނާއި ގަވާއިދު ތަންފީޒު ކުރެވޭނެ ނިޒާމެއް ދެމެހެއްޓުމެވެ. ޤާނޫނު ތަންފީޒު ކުރަން ޖެހޭނީ ތަންފީޒީ އިދާރާތަކުންނެވެ. ރައީސް މުއިއްޒު ޤާނޫނު އަމިއްލަ އަތް މައްޗަށް ނަގައި އެކި ފަރާތްތަކަށް އެކި ގޮތް ގޮތަށް ގާނޫނު ތަންފީޒުކުރުމަކީ ޤާނޫނީ ބޮޑު ކުށެކެވެ. މިއަދު މުއިއްޒު އަކީ ގަވަރުނަރެވެ. މާދަމާ އުއްތަމަ ފަނޑިޔާރެވެ. އަނެއް ދުވަހު މަޖިލީސް ރައީސް އެވެ.

ރައީސް މުއިއްޒު މި ކުރާ ކަމަކީ މީގެ 1600 އަހަރު ކުރިން އަނިޔާވެރި ރަސްރަސްކަލުން "ކަލޭ ޗަންދާގެ ގޮތުގައި މިއަދު 10،000 ލޯ ލާރި"، އަނެކަކު، 50 ލޯ ލާރި ނަގާ ބީދައިން ކަން ކުރުމެވެ. އެއްވެސް ހަމައެއް ލަމައެއް ނެތެވެ. ޤަވާއިދެއް ގާނޫނެއް ނުހިންގައެވެ. އޮތީ މުއިއްޒުގެ އަޅުދާސް ރަސްކަމެވެ.

ރިސޯޓް ތަކާއި ކުންފުނިތަކުން ޑޮލަރު މާރުކުރުން މަޖުބޫރު ކުރުން އެއީ މުއިއްޒު ގޯސްކޮށް ކޮށްފައިވާ ކަމެކެވެ. ޑޮލަރު މާރުކުރުން ވަގުތުން ހުއްޓާލަން ޖެހެއެވެ. ޤާސިމަށް ވަކި ވަރެއް، ޓީއެމްއޭ އަށް ވަކި ވަރެއް ދީގެން، ސިޔާސީ ގޮތުން ވިޔަފާރިތައް އިނދަޖައްސައި، ޤާނޫނު މުގުރާލުމުގައި މުއިއްޒު ދަނީ އެމްއެމްއޭ އަށް ޤާނޫނީ ގޮތުން ދީފައިވާ ބާރުތަކުގެ މައްޗަށް ވެސް އަރައިގަންނަމުންނެވެ.