ޚަބަރު

މުޅި މާލެއިން ކަރަންޓު ދިޔައިރުވެސް ދިމްޔާތުން ކަރަންޓެއް ނުދޭ, މާލޭ ރައްޔިތުން ގިލަންވެރިކަމުގައި ހޭލާ, މުއިއްޒު އާއިލާ ފިނި ކޮޓަރީގައި އަރާމު ނިދީގައި!

ދިޔަވަރު
މުޅި މާލެއިން ކަރަންޓު ދިޔައިރުވެސް ދިމްޔާތުން ކަރަންޓެއް ނުދޭ, މާލޭ ރައްޔިތުން ގިލަންވެރިކަމުގައި ހޭލާ, މުއިއްޒު އާއިލާ ފިނި ކޮޓަރީގައި އަރާމު ނިދީގައި!

ކުއްލި ގޮތަކަށް މުޅި މާލެއިން ކަރަންޓު ހިގައްޖެއެވެ. އެނގިފައިވާ ގޮތުގައި ސްޓެލްކޯގެ ޕަވަރ ހައުސްއަށް ދިމާވި ޓެކްނިކަލް މައްސަލައަކީ ކޮބައިކަމެއް އެނގިފައި ނުވާއިރު, މިރޭ މާލެއަށް ކަރަންޓު ލިބިދާނެކަމުގެ އުއްމީދެއް ނެތެވެ.

އެހެންނަމަވެސް މިހާރުވެސް ދިމްޔާތުގައި ކަރަންޓު ހުރިއިރު, އެނގިފައިވާ ގޮތުގައި ދިމްޔާތުގައި ބޭނުން ކުރަމުންދަނީ ސްޓެލްކޯގެ ކަރަންޓެވެ. އެހެންނަމަވެސް, މުއިއްޒުގެ އަމިއްލަ ގެކޮޅު ކަމުގައިވާ ދިމްޔާތަށް ވަކި އުސޫލެއްގެ ދަށުން ކަރަންޓު ދީފައިވަނީ ކޮން ހަމަޔަކުން ކަމެއް ސާފުވެފައެއް ނުވެއެވެ.

މުޅި މާލެއިން ކަރަންޓު ގޮސްފައިވާއިރު, މުއިއްޒު އުޅުއްވަނީ ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެެއްގައެވެ. އެހެންނަމަވެސް މުއިއްޒުގެ އާއިލާ މާލޭގައި އުޅުއްވާއިރު, މުއިއްޒުގެ އާއިލީ ބޭފުޅުން ދިމްޔާތުގައި ދިރިއުޅުއްވައެވެ. އަދި މުއިއްޒު ދިރިއުޅުއްވާ އެޕާޓްމަންޓެއްވެސް ދިމްޔާތުގައި ހުރެއެވެ.

މާލޭ ރައްޔިތުން ކަނު އަނދިރީގައި ތިބިއިރު, މުއިއްޒުގެ އާއިލާ މިރޭވެސް ރޭ ކުރަމުންދަނީ ފިނި ކޮޓަރީގައި އަރާމު ނިދީގައެވެ.

ތަފްސީލް އަންނަނީ..