ބީއެމްއެލްއިން ބަޣާވާތެއް ހިންގި ކަމަށް ރައީސް މުއިއްޒު ލައްވައި ބުނުވައިގެން ބީއެމްއެލްގެ ސީއީއޯ އަކަށް ހުރި ފަރާތަށް ބިރުދައްކައި ރާއްޖެއިން ފޮނުވާލީ ރާއްޖޭގެ ފިނޭންސް މިނިސްޓަރ މުސާ ޒަމީރުއެވެ.
ބީއެމްއެލްއިން ބަޣާވާތެއް ކުރި ކަމަށް، ރައީސް މުއިއްޒު ވިދާޅުވުމާއި ގުޅިގެން ރާއްޖެއަށް އަންނަން ތައްޔާރުވެފައިވާ ބޭރުގެ ޕްރައިވެޓް އެތައް އިންވެސްޓްމެންޓެއް ހުއްޓުނެވެ. ކަލޭމެންގެ ރައީސް އަށް އިތުބާރު ނުކުރެވޭ ބޭންކިންގ ނިޒާމެއް އޮތް ތަނަކަށް ތިމަންނާމެން ވަކި ކުރާނީ ކޮން އިތުބާރެއް ހޭ އެތައް އިންވެސްޓަރުންނެއް ދިޔައީ ބުނެ، ރާއްޖެއަށް ނޯ ޖަހަމުންނެވެ.
މި ހުރިހާ ކަމެއް ދިވެހިންނަށް ކުރިމަތި ވެގެން ދިޔައީ، މޫސާ ޒަމީރުގެ ނާގާބިލު ކަމުންނެވެ. ޤައުމެއްގެ ރައީސެއް ލައްވައި އެފަދަ އެއްޗެއް ބުނުވުމަކީ އަދި، ބޭންކް އޮފް މޯލްޑިވްސް އިން ބަޣާވާތެއް ކޮށްފައިވާކަމަށް ބަލައި ފުލުހުން ލައްވައި ތަހުގީގު ހިންގައި ބޭންކް އޮފް މޯލްޑިވްސްގައި އެންމެ ގިނަ ދުވަސްވީ ފަރާތްތައް ވަކި ކޮށް، ބޭންކު ސިޔާސީ ތަނަކަށް ބަދަލު ކުރި ކުރުން ވެގެން ދިޔައީ ފޫ ނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ދިވެހިރާއްޖެއަށް މުއިއްޒުގe ކިބައިން ލިބިގެން ދިޔަ ކަމަކަށެވެ.
މިފަދަ ގެއްލުންތަކުން އިޤްތިޞާދަށް އަންނަ ބަދަލު ތަހައްމަލު ކުރަން ޖެހެނީ އާންމު ރައްޔިތުންނެވެ. މުއިއްޒު އާއި އޭނާގެ މިނިސްޓަރުން ދައުލަތުން ވައްކަންކޮށްގެން ތިބީ މުއްސަނދި މަހުޖަނުންނަށް ވެފައެވެ.