މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ނިންމައިފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަތީ ބޭންކިން ގާނޫނާ ހިލާފަށް ކަމަށެވެ.
ބޭންކިން ގާނޫނުގެ ދަށުން، އެއް ބޭންކު އަނެއް ބޭންކާ އެއްވާނަމަ ނުވަތަ ބޭންކެއްގެ މިލްކުވެރިކަން ބަދަލުވާނަމަ، މުއާމަލާތް ހިންގުމުގެ ކުރިން އެމްއެމްއޭގެ ހުއްދަ ހޯދަންޖެހެއެވެ. ނަމަވެސް ބީއެމްއެލްއިން މި މުއާމަލާތް ހިންގީ އެމްއެމްއޭގެ ހުއްދަ ނުނަގައެވެ.
ބޭންކު ގަނެ ވިއްކީ މުއިއްޒުއެވެ. މުއިއްޒު ބުނީމަ ބީއެމްއެލް އިން ގަތް ކަމަށް ނިންމީއެވެ. ޤާނޫނެއް ގަވާއިދެއް ނޯވެއެވެ.
އެމްއެމްއޭއިން ވަނީ އިޖުރާއަތުތައް ރަނގަޅަށް ހިންގުމަށްފަހު އަލުން މި މުއާމަލާތް ހިންގުމަށް އިރުޝާދު ދީފައެވެ.
އެސްޑީއެފްސީ ރައީސް މުއިއްޒު އަންގައިގެން ބީއެމްއެލް އިން ގަނެފައިވަނީ އެކޮނޮމިކް މިނިސްޓަރ ސައީދުގެ މަގުބޫލުކަން އިތުރުވެދާނެ ތީއާއި، އެތަނުން ދޫކޮށްފައިވާ ލޯނުތައް ބީއެމްއެލްގެ ގާނޫނީ ގޭންގު ބޭނުން ކޮށްގެން ރައްޔިތުންނަށް ބިރު ދައްކައިގެން އެ ފައިސާ ހޯދުމަށް ރާވައިގެންނެވެ.