ޚަބަރު

ނ. މަގޫދޫ ބަނދަރު މުއިއްޒު ހުޅުއްވައިދެއްވައިފި, ވެރިކަަމަށް 18 މަސްދުވަސް ވިއިރު, މިސަރުކާރުން މިހާތަނަށް ހުޅުވާފައިވަނީ ރައީސް ސާލިހުގެ ސަރުކާރުގައި ކުރިޔަށް ގެންދިޔަ ތަރައްގީގެ މަޝްރޫޢުތައް

ދިޔަވަރު
ނ. މަގޫދޫ ބަނދަރު މުއިއްޒު ހުޅުއްވައިދެއްވައިފި, ވެރިކަަމަށް 18 މަސްދުވަސް ވިއިރު, މިސަރުކާރުން މިހާތަނަށް ހުޅުވާފައިވަނީ ރައީސް ސާލިހުގެ ސަރުކާރުގައި ކުރިޔަށް ގެންދިޔަ ތަރައްގީގެ މަޝްރޫޢުތައް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނ. މަގޫދޫ ބަނދަރު ހުޅުއްވައިދެއްވައިފި އެވެ.

މަގޫދޫ ބަނދަރު ހުޅުއްވައިދެއްވީ މުއިއްޒު ނ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ. ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބު ބައިވެރިވެވަޑައިގެންނެވި އެވެ.

މަގޫދޫގެ ބަނދަރު ތަރައްގީކޮށްފައިވަނީ 2017 ވަނަ އަހަރުގަ އެވެ.

އެ ބަނދަރު އަލުން އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެއީ ރައީސް ސާލިހުގެ ވެރިކަމުގައެވެ. މި މަޝްރޫއުއަށް 46 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ރައީސް މަގޫދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ފިޓްނެސް އެންޑް ރެކްރިއޭޝަނަލް ސެންޓަރުގެ ބިންގާ ވެސް ވަނީ އަޅާފަ އެވެ. އެތަނުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އެވެ.

މުއިއްޒު ނ. މަގޫދޫ ބަނދަރު މިއަދު ހުޅުއްވައިދެއްވާފައިވާއިރު, ވެރިކަަމަށް 18 މަސްދުވަސް ވިއިރު, މިސަރުކާރުން މިހާތަނަށް މުޅިންވެސް ހުޅުވާފައިވަނީ ރައީސް ސާލިހުގެ ސަރުކާރުގައި ކުރިޔަށް ގެންދިޔަ ތަރައްގީގެ މަޝްރޫޢުތަކެވެ.