ޖަނާބުގެ ޓްވީޓް ޑިލީޓް ކުރަން އެންގީ، ދޮގު ހަދައިގެން އިންޑިޔާ އާއި ދެކޮޅަށް ނަފްރަތު އުފެއްދުމަށް ކުރީ ސަރުކާރުގައި ސިލްސިލާކޮށް ދަރުސް ބޭއްވި ސަލަފުން ކަން ދިޔަވަރު ނޫހަށް އެނގިއްޖެއެވެ.
އިންޑިޔާއަށް ކުރިން، ސަލަފުން ބާއްވާފައިވާ "ރަތް ރޮނގު" ފަދަ ދަރުސްތަކުގައި ދައްކާފައިވާ ވާހަކަތަކާއި އެއް ގޮތް ވާހަކަ ތަކެއް ޓްވީޓް ކޮށްފައިވަނީ ސަލަފުގެ ރައީސް އަބްދުﷲ ޓްވީޓް ކޮށްފައިވުމަކީ ސަލަފުގެ އުސޫލާއި އަދި ސަލަފުގެ ފިކުރާއި އެއްވެސް ވަރަކަށް ޚިލާފުވާ ކަމެއް ނޫނެވެ.
ރާއްޖޭގެ ނޫހެއް ކަމަށް ވާ އަދަދު ނޫހަށް މައުލޫމާތު ދެމުން "މިހާރު ޖަމިއްޔާގެ އެތެރޭގެ ހިންގުން ރަނގަޅު ކުރުމުގެ ގޮތުން ހުންނާނެ އުސޫލުތަކެއް މިހާރު ކަނޑައެޅިފައި ވަރަށް ފަހުން. ދެން އޭގެ ތެރެއިން އެ އުސޫލުން ބޭރުން ކަންކަން ދާ ކަމަށްވަންޏާމުން އޮންނަ ގޮތަކީ ހަމަ ކޮމިޓީން އަންގާނެ ކަންކަން ރަނގަޅު ކުރަން،" ސަލަފު ޖަމިއްޔާގެ ފަރާތުން ޓްވީޓް ޑިލީޓް ކުރީ ސަލަފުން ކަން ހާމަ ކުރަމުން އެ ނޫހަށް ކިޔައިދީފައިވެއެވެ.
އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ބޭރުގެ ޤައުމުތަކާއި ހާއްސަކޮށް އިންޑިޔާއާއި އެކު އޮންނަ ގުޅުމަކީ އޮވެގެން ނުވާނެ ގުޅުމަށް ކަމަށް ދެއްކުމަށް ފިތުނަވެރި، ދޮގުވެރި ވާހަކަތައް ސަލަފުން ދަނީ އަބަދުވެސް ދީނީ ދަރުހުގެ ގޮތުގައި މީހުން އެއްކޮށްގެން ދެމުންނެވެ. އަލިމަސް ކާނިވަލުގައާއި، އާރޓިފިޝަލް ބީޗުގައި އެތައް ބައެއް އެއްކޮށްގެން ރާއްޖޭގެ މިނިވަންކަން ނެތްކަމަށް ބުނެ ސަލަފުގެ ފިތުނަވެރި ދޮގުވެރިން ވާހަކަ ދައްކާފައިވެއެވެ. އޭގެ ކޮންމެ ހަފްލާއަކަށް ދީނީ ދަރުހެއް ގޮތުގައި ނަންދީ ދުނިޔޭގައި 3 ވަނައަށް އެންމެ އިސްލާމުން ދިރިއުޅޭ އިންޑިޔާއާއި މެދު ނަފްރަތު ވުމަކީ ދީނީ ކަމެއް ކަމަށް ދެއްކުމަށް ސަލަފުން ނުކުރާ މަސައްކަތެއް ނެތެވެ.
ސަލަފުގެ ނުބައިކަން ހުންނަ މިންވަރަކީ ދީނުގެ ނަމުގައި މިފަދަ ފިތުނަ އުފެއްދުމަށްފަހު، އެމީހުންނަށް ވަޒީފާ ލިބި، ކޮރަޕްޝަންގެ ތެރެއިން އެސްއޯއީތަކަށް އެމީހުން ހިންގާ އެކި ކަހަލަ ޕްރޮގްރާމްތައް ހިންގުމަށް މިލިއަނުން ސްޕޮންސާ ލިބެން ފެށީމާ، އޭރުގެ އޮންނަ ސަރުކާރަކާއި އެއްކޮޅަށް ޚާރިޖީ ސިޔާސަތު ބައްޓަން ކުރުމެވެ. އެސްއޯއީތަކުން ކުންފުނިތަކަށް އެމީހުންގެ ހަލާލު މަސައްކަތަށް ދޭން ހުންނަ ފައިސާ ނުދީ، ސަލަފުން ހިންގާ ފާޑު ފާޑު ޕްރޮގްރާމްތަކަށް ކަމަށް ބުނެ ސްޕޮންސާރ ނެގުމަކީ ރައްޔިތުންނާއި ސަލަފުގެ އާންމު މެމްބަރުންނާއި މެދު އެއްވެސް ވިސްނުމެއް ސަލަފުން ނުގެގުޅޭކަން ސާފުކޮށް އެނގޭ ކަމެކެވެ. މިއަދު ވެރިކަމުގައި މުއިއްޒު ހުރުމުން "ޖަމިއްޔާ ތެރޭގެ އެތެރޭގެ ހިންގުން ރަނގަޅު ކުރުމަށް" ދަނީ މަސައްކަތް ކުރަމުންނެވެ. އެ ބުނާ ހިންގުން ރަނގަޅު ކުރުމަކީ މިއަދު މުއިއްޒަށް އިންޑިޔާ ކަމުދިޔާމަ، އިންޑިޔާ ކަމު ދިޔުމެވެ. މާތް ﷲ އިރާދަފުޅާއި އެކު މި މީހުންގެ ފިތުނަތައް އެކަލާންގެ ދަނީ ބޭޒާރު ކުރައްވައި، ރައްޔިތުންނަށް މި މީހުންގެ އިހްލާސްތެރިކަން ނެތް ހަގީގީ ސޫރަ ހާމަ ކުރަމުންނެވެ.
ސަލަފު ޖަމިއްޔާގެ އިސްވެރިން ހިމާޔަތް ކުރަނީ އިސްލާމްދީން ދައްކައިގެން އަމިއްލަ މަސްލަހަތެވެ. ވަޒީފާއާއި، ޕްރޮޖެކްޓްތަކާއި، ސްޕޮންސާރ ތަކެވެ.