ރާއްޖޭގެ މިނިވަން ދުވަހުގައި އިންޑިޔާ ދިދަ ބޭނުންކުރުމަކީ ރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި އިންޑިޔާއިން އަދާކޮށްފައިވާ ދައުރު ރައީސް މުޙައްމަދު މުޢިއްޒު ބަލައިގަންނަކަން ސާބިތުކޮށްދޭ ކަމެކެވެ. ހާއްސަކޮށް މި ފޮޓޯއެވެ. ރާއްޖޭގެ ބޮޑު ދިދަ އާއި މިހާ ކައިރީ މި ދިދަ ނަގައި، ވަޔާ ވިހުރޭ މަންޒަރު ރައީސް މުއިއްޒު ދިވެހިރައްޔިތުންނަށް ދައްކާދެމުން އެދަނީ އެއިން ރަމްޒުކޮށްދޭ މާނަ ސާފުކޮށް ކިޔާ ދެމުންނެވެ. އެއީ ރާއްޖޭގެ މިނިވަން ކަމުގެ ދިފާޢުގައި އިއްޔެވެސް، މިއަދުވެސް އިންޑިޔާ އޮތްކަމެވެ. ރާއްޖޭގެ އިޤްތިޞާދީ އަދި މިލިޓަރީ މިނިވަންކަމަށްވެސް އިންޑިޔާ ދޭ ޤަދަރާއި އިޚްތިރާމު މުއިއްޒު ހިތުގެ އަޑިން ގަބޫލު ކުރާކަމެވެ. މިކަން މުއިއްޒަށް ވިސްނުނުލެއް ތަންކޮޅެއް ލަހީއެވެ.
ރާއްޖޭގެ މިނިވަންކަމަށް އެންމެ ބޮޑު ނުރައްކަލެއް ދިމާވި 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު، ސްރީލަންކާގެ ޓެރަރިސްޓުން ދިން ހަމަލާއިން ރާއްޖެ ސަލާމަތްކޮށްދިނީ އިންޑިޔާއެވެ. އެމެރިކާ، އިނގިރޭސިވިލާތް، ސްރީލަންކާ އަދި ޕާކިސްތާނުން އެހީއަށް އެދުމުންވެސް ވަގުތުން އެހީތެރިކަން ދިނުމަށް އެއްވެސް ޤައުމަކަށް ނުކުޅެދުނު ހިނދު، އިންޑިޔާއިން 9 ގަޑިއިރުގެ ތެރޭގައި 500 ސިފައިން ފޮނުވައި މުޅި ރާއްޖެ ސަލާމަތްކުރިއެވެ.
ކުރިން ޕީޕީއެމްގެ ސަރުކާރުން ގެންގުޅެފައިވާ "އިންޑިޔާ އައުޓް" ކެމްޕެއިން، ވެރިކަމުގެ ވަކި ހިސާބަކުން ރައީސް މުއިއްޒު ދޫކޮށްލިއެވެ. އެކަން ނުވެސް ކުރާ ކަމަށް ރައީސް މުއިއްޒު ދޮގު ހައްދައްވައި ފަހުން ވިދާޅުވިއެވެ.
ނަމަވެސް ކުރިން މުއިއްޒު އާއި އޭނާގެ ބައިވެރިން ނިކުމެ ބުނަމުންދަނީ "އިންޑިޔާ މިލިޓަރީން ރާއްޖޭގައި ތިބި ވާހަކައެވެ". ފަހުން ހާމަވެގެން ދިޔައީ އެއީ ދޮގެއްކަމެވެ.
ރާއްޖޭގެ އިޤްތިޞާދީ މިނިވަންކަން ދެމެހެއްޓުމަށްވެސް އިންޑިޔާއިން އަމަލީ ގޮތުން ސާބިތުކޮށްދީފައިވެއެވެ. 2018 ވަނަ އަހަރު 1.4 ބިލިއަން ޑޮލަރުގެ އެހީއާއި 2024 ގައި 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ރޯލްއޯވަރ އެހީ ލިބިގެން ދިޔުންވީ މުއިއްޒުގެ ތަރުހީބެއް ނެތް ސަރުކާރު ހިފެހެއްޓުމަށް ލިބުނު ފުރުޞަތަކަށެވެ. ރާއްޖެއާއި އިންޑިޔާގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުކުރައްވަން މިހާރު މުއިއްޒު މަސައްކަތްކުރައްވަމުން ގެންދަވަނީ ސަބަބެއްނެތިއެއް ނޫނެވެ. މުއިއްޒަށް އިންޑިޔާ ފެންނަނީ ޝްގަރ ޑޭޑިއެއް ގޮތަށެވެ.