މިއަދު އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވި ވަގުތު އެއަޕޯޓަށް ވަޑައިގެން ފްލައިޓް ދޮށަށް އިންޑިޔާގެ ބޮޑުވަޒީރަށް މަރުހަބާ ދެންނެވުމަށް ވަޑައިގެންނެވީ ފޮރިންގ މިނިސްޓަރގެ ބަދަލުގައި ރައީސް މުއިއްޒުއެވެ.
އާންމު ގޮތެއްގައި ދުނިޔޭގައި ދައުލަތުގެ އިސްވެރިން ބަލައި އެއަރޕޯޓުގެ ފްލެއިޓް ކައިރީ ވަޑައިގެން ހުންނަވާނީ ފޮރިންގ މިނިސްޓަރެވެ. ބެލެވޭ ގޮތުގައި އާންމު ޕްރޮޓަކޯލުން ބޭރުން ބޮޑުވަޒީރު މޯދީ އާއި ބައްދަލު ކުރުމަށް ރައީސް މުއިއްޒު އިސްނަންގަވާއި ވަޑައިގެންނެވީ އާންމު ގޮތެއްގައި އޮންނަ އިޚްތިރާމަށް ވުރެ ބޮޑަށް އިންޑިޔާގެ ބޮޑުވަޒީރަށް އިއްޒަތާއި އިޚްތިރާމް އެރުވުމުގެ ގޮތުން ކަމަށް ބެލެވެއެވެ.
އިންޑިޔާގެ ބޮޑު ވަޒީރު ވަޑައިގެން ބައްދާލައްވައި އަރަބި ސަލާމުން ރައީސް މުއިއްޒު އާއި ސަލާން ކުރެއްވުމުން، އިންޑިޔާގެ ހިތް ބަރުކަމެއް ދިވެހިންނާއި މެދު ނެތްކަން ސާފުކޮށް ހާމަ ވެގެން ދިޔަކަމެއް ކަމުގައި ޚާރިޖީ ކަންކަން ދިރާސާ ކުރައްވާ ފަރާތްތަކުން ދެކެއެވެ.
ރައީސް މުއިއްޒު އިންޑިޔާއާއި ޖައްސާލައި އެއްވެސް ސަބަބެއް ނެތި، އިންޑިޔާއާއި މެދު ބަދު ބަސް ބުނަމުން ދިޔައިރު، އިންޑިޔާއިން އެއްވެސް ނުރުހުމުގެ ރައްދެއް ނުދީ ދެއްކީ ޑިޕޮލޮމަސީގެ ނަމޫނާ މިސާލެކެވެ. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ވަކި ސަރުކާރަކަށް ނުބަލައި އިންޑިޔާއިން ދިޔައީ ރާއްޖެއަށް ދެމުންނެވެ.
މިއަދު އިންޑިޔާއާއި މެދު ރައީސް މުއިއްޒު އާއި ޕީޕީއެމްއިން ހާއްސަކޮށް އައްޒާން އާއި ޗައިނާއިން ސްޕޮންސަރ ކޮށްގެން ދިޔަރެސް ނޫސް ހިންގި ފަރާތްތަކުން ރައްޔިތުންގެ މެދުގައި އިންޑިޔާއަށް ނަފްރަތު އުފެއްދުމަށް ފަތުރަމުން ދިޔައީ ރޯ ބުހުތާނު ދޮގުކަން ވަނީ ސާފުވެފައެވެ.