ޚަބަރު

އުއްޗު މުއިއްޒުއާ ސަލާމް ކުރަން ބޭނުމެއް ނުވި! ޑޮލަރު މާރުކުރާ ގަވާއިދު ބަދަލު ކޮށްދޭން އުއްޗު މީގެކުރިން އެދުމުން މުއިއްޒުވަނީ "ޖެހޭނީ ޑޮލަރު މާރުކުރާ ގަވާއިދަށް ތަބާވާން" ކަމަށް ވިދާޅުވެ އުއްޗުއަށް އިންޒާރު ދީފަ

ދިޔަވަރު
އުއްޗު މުއިއްޒުއާ ސަލާމް ކުރަން ބޭނުމެއް ނުވި! ޑޮލަރު މާރުކުރާ ގަވާއިދު ބަދަލު ކޮށްދޭން އުއްޗު މީގެކުރިން އެދުމުން މުއިއްޒުވަނީ "ޖެހޭނީ ޑޮލަރު މާރުކުރާ ގަވާއިދަށް ތަބާވާން" ކަމަށް ވިދާޅުވެ އުއްޗުއަށް އިންޒާރު ދީފަ

މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޝަރަފްގައި މުއިއްޒުފެ ދެކަނބަލުން ބޭއްވި ރަސްމީ ފަރިއްކޮޅުގައި, މަހުޖަނު މުހައްމަދު މޫސާ (އުއްޗު) މުއިއްޒު އާއި ސަލާމް ކުރައްވަން ބޭނުން ނުވިކަން ހާމަ ވެއްޖެއެވެ.

މިހާރު ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި, އުއްޗުވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ސަލާމް ކުރެއްވުމަށްފަހު މުއިއްޒުއާއި ސާޖިދާއާއި ސަލާމް ނުކޮށް އެބުރި ވަޑައިގަންނަވަން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް މުއިއްޒު ފަސްދީ ތަންކޮޅަކަށް އުއްޗު ވަޑައިގެންނެވިތަނާ, ބައެއް މީހުން އެކަން ފާހަގަ ކުރުމުން އުއްޗުވަނީ އެބުރި ވަޑައިގެން މުއިއްޒުއާ ސަލާމް ކުރައްވާފައެވެ.

އުއްޗު މުއިއްޒުއާއި ސަލާމް ކުރައްވަން ބޭނުން ނުވިކަން ހާމަވެފައިވާއިރު, ރިސޯޓުތަކުން އެމްއެމްއޭއަށް ޑޮލަރު މާރުކުރަން މަޖުބޫރު ކުރި މައްސަލާގައި އުއްޗު މީގެކުރިން ވަނީ ވަރަށް ކޯފާ އިސް ކުރައްވާފައެވެ. އަދި އެމްއެމްއޭއަށް ޑޮލަރު މާރު ކުރައްވަން އުއްޗު ދެކޮޅު ހެއްދެވުމުން މުއިއްޒުވަނީ އާންމު އެއްވުމެއްފައި އުއްޗުއަށް އިންޒާރު ދީ, "ޖެހޭނީ ޑޮލަރު މާރުކުރަން" ކަމަށް ވިދާޅުވެ ވަރަށް ބޭއަދަބީކޮށް އުއްޗުއަށް ރައްދު ދެއްވާފައެވެ.

މުއިއްޒު ފާހަގަވެފައިވަނީ ރުންކުރު, ޕްރެޝަރުގައި މަސައްކަތް ކުރައްވާ ރައީސެއްގެ ގޮތުގައެވެ. އަދި އާންމެ އެއްވުންތަކުގައި ހިންހަމަ ނުޖެހޭ ފަރާތްތަކަށް އިންޒާރުދީ ހެދުމަކީ މުއިއްޒު އާންމުކޮށް ކުރައްވާ ކަމެކެވެ.