ޚަބަރު

ބޭނުން ވަނީ ސިފައިން ގެނުވައިގެން ގަދަކަމުން މަޖިލީހުން ބޭރުކުރުވަން: ރައީސް ނަޝީދު

ދިޔަވަރު
ބޭނުން ވަނީ ސިފައިން ގެނުވައިގެން ގަދަކަމުން މަޖިލީހުން ބޭރުކުރުވަން: ރައީސް ނަޝީދު

ބޭނުންވަނީ ސިފައިންގެ ބޭނުންކޮށްގެން ގަދަކަމުން ތިމަންނާއާއި، އީވާ އާއި، އަފީފު ބޭރު ކުރުވުން ކަމަށް ނަޝީދު މިއަދު މަޖިލިސް ކުޑަ ދޮށުގައި އިންނަވައިގެން މަލާމާތުގެ ރާގުގައި ބުނި ކަމަށް މަޖިލިސް މެމްބަރަކު މައުލޫމާތު ދެއްވައެވެ.

ރައީސް ނަޝީދުގެ މިވާހަކަ އަޑުއިވުނު މަޖިލީސް މެމްބަރަކު ކިޔާދިން ގޮތުގައި، ރައީސް ނަޝީދު ސިފައިން ނާއި ފުލުހުން ބޭނުން ކޮށްގެން އޭނާއާއި، އީވާ ގަދަކަމުން މަޖިލީހުން ނެރުމަށް މަސައްކަތް ކުރަމުން ދަނީ، ބޭރު ދުނިޔޭގައި އަދި ގެއްލެމުންދާ ސަޕޯޓު ހޯދަށް ސްޓަންޓެއް ޖައްސަން ވެގެން ކަމަށެވެ. ރައްޔިތުންގެ މަޖިލީސް ރައްޔިތުން އަތުން ފޭރި ހިސޯރުކޮށްގެން ރައީސް ނަޝީދު ހުންނެވި އެއް ސަބަބަކީ ގަދަކަމުން މަޖިލީހުން ބޭރުކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯގަނޑެއް ހޯދުން ކަމުގައި މެމްބަރު ހާމަ ކުރެއްވިއެވެ.

ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ ގަރާރު މަޖިލީހަށް ލުމަށްފަހު، މަސްލަހަތު ފުށުއަރާތީ، ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި އީވާއަށް އަދި ޑިމޮކްރެޓްސްގެ އެއްވެސް ބޭފުޅަކަށް ނީނދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަ ކޮށްފައެވެ. އަދި ހަމަ މި މޭރުމުން މަޖިލީހުގެ ރިޔާސަތުގައި އެބޭފުޅުންނަށް ނުތިބެވޭނޭކަމަށް ބަންޑާރަނައިބު ވަނީ ވިދާޅުވެފައެވެ. މަޖިލިސް ގަވާއިދުވެސް މަސްލަހަތު ފުށުއަރާ ބޭފުޅަކު ރިޔާސަތުގައި މި ފަދަ ވަގުތެއްގައި ނީނދެވޭނޭ ކަން ކަނޑައެޅިގެން ބަޔާން ކޮށްފައިވާ ވާއިރު ނަޝީދުގެ އެންގުމަށް، ގަދަކަމުން މަޖިލީހުގެ ރިޔާސަތު ހިސޯރުކޮށްގެން އީވާ އިންނެވުމަކީ ޤާނޫނީ ކުށެކެވެ.

ރައްޔިތުންނަށް އަނބުރާ ރައްޔިތުން މަޖިލީސް ހޯދައި ދިނުމަށް އެމްޑީޕީއިން ކެނޑި ނޭޅި ކުރަމުންދާ މަސައްކަތަށް، ޤަވާއިދާއި ޤާނޫންތަކާއި ޚިލާފަށް ނަޝީދު ހުރަސް އަޅަމުން ދާތީ ރައްޔިތުންގެ ހިތްހަމަ ނުޖެހުން ދަނީ އިތުރުވަމުންނެވެ.