ޚަބަރު

މުއިއްޒުގެ ނަން އެޅުމަށް ރޭ ބޭއްވި ޑްރޯން ޝޯގެ ސަބަބުން، އެއާލައިން ތަކަށް ލިބުނު ގެއްލުން 11 މިލިއަން ޑޮލަރަށް އަރައިފި

ދިޔަވަރު
މުއިއްޒުގެ ނަން އެޅުމަށް ރޭ ބޭއްވި ޑްރޯން ޝޯގެ ސަބަބުން، އެއާލައިން ތަކަށް ލިބުނު ގެއްލުން 11 މިލިއަން ޑޮލަރަށް އަރައިފި

މުއިއްޒުގެ ނަން ފަޒާގައި ފެވުމަށް ރޭ ބޭއްވި ޑްރޯން ޝޯގެ ސަބަބުން، އެއާލައިން ތަކަށް ލިބުނު ގެއްލުން 11 މިލިއަން ޑޮލަރަށް އަރައިފިކަމަށް އެއަރޕޯޓް ކޮމްޕެނީގެ އިސް ފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ހިއްސާ ކޮށްފިއެވެ.

ޑްރޯންތައް އެރުވުމުގެ ސަބަބުން އުދުހޭ ވައިގެ ސަރަހައްދުގެ ރައްކާތެރިކަން ވަނީ ގެއްލިފައެވެ. ޑްރޯންތަކުގެ ކޮންޓްރޯލް ގެއްލި ފްލައިޓްތައް އުދުހޭ ސަރަހައްދުތަކަށް ވަނީ ގޮސްފައެވެ. ރާއްޖެއަށް ޖައްސަން އައި ފްލައިޓްތައް ރާއްޖެއަށް ނުޖެއްސި އަނބުރާގޮސް ގިނަ ފްލައިޓްތަކެއް އެވަގުތު ވަނީ ކޮލަމްބޯއަށް ޖައްސަން ޖެހިފައި ކަމަށާއި، މީގެ ސަބަބުން އެއަރލައިން ތަކުން އެތައް މިލިއަނެއް އިތުރަށް ޚަރަދު ކުރަން ޖެހުނު ކަމަށް އޭނާ ހާމަ ކުރިއެވެ.

ބައެއް ފްލައިޓްތައް ނުޖެއްސިގެން ދަތުރުގެ މުޅި ދަތުރުގެ ދިގުމިނަށް ވުރެ ގިނަ އިރު މަތީގައި އުދުހެން ޖެހުމުގެ ސަބަބުން އެތައް ޑޮލަރެއްގެ ޖެޓް ފިއުލް އަޅަން ޖެހި އެތައް ޚަރަދެއް ކުރަން ޖެހިފައިވާ ކަމަށް އޭނާ ހާމަ ކުރިއެވެ.

ރޭ އުދުހުމަށް ތައްޔާރުވެފައިވާ ފްލައިޓްތައް މުއިއްޒުގެ ސަބަބުން އެއަރޕޯޓުން ނައްޓާނުލެވި، ލަސްވެ، މާ ލަހުން ދަތުރު ކުރަން ޖެހުމުގެ ސަބަބުން، ކަނެއްކްޓިން ފްލައިޓްތައް ގެއްލި އެތައް ސަތޭކަ ޓުއަރިސްޓުންނަށް އެނބުރި ޤައުމަށް ނުދެވި އެހެން ޤައުމުތަކުގެ އެއަރޕޯޓްތަކުގައި ތާށިވެފައި ތިބި ކަމަށް އޭނާ ހާމަ ކުރިއެވެ.

އޭނާ ކިޔައިދިން ގޮތުގައި، މިހާ ބޮޑު ސެކިޔުރިޓީ ރިސްކެއް ރާއްޖޭގެ ތާރީޚުގައި އެއަޕޯޓަށް ކުރިމަތި ވެފައި ނުވާ ކަމަށާއި، އެގަޑީގައި ޑްރޯން ބޭނުން ކޮށްގެން އެހެން ބަޔަކު އެއަރޕޯޓަށް ހަމަލާއެއް ދިން ނަމަވެސް، އެކަން ހުއްޓުވޭނެ ގޮތެއް، އެނގޭނެ ގޮތެއް ނޯންނާނެ ކަމަށާއި، މިއީ އިންސާނުން އެއްވެސް ޤައުމެއްގައި ކޮށް އުޅޭ ޒާތުގެ ކަންކަން ނޫން ކަމަށް އޭނާ ހާމަ ކުރިއެވެ.

ރާއްޖޭގެ އެއަރލައިނެއްގެ އިސްފަރާތެއް ދިޔަވަރަށް މެސެޖްކޮށް ހާމަ ކުރެއްްވި ގޮތުގައި، މުއިއްޒަކީ ހަމަ ބުއްދި ނުފުރި ހުރި 5 އަހަރުގެ ކުއްޖެއް ކަމަށާއި، ބައިނަލްއަގްވާމީ ހުރިހާ ގަވާއިދު ތަކާއި ޚިލާފަށް، ޑްރޯން އެރުވުން މަނާ ކޮށްފައިވާ އެއަރޕޯޓް ސަރަހައްދެއްގައި ޑްރޯން އަރުވާނީ ބުއްދީގެ ހަމަތަކުން އާންމު އިންސާނީ ވިސްނުމަށް ނުގުޅޭ މީހެއް ކަމަށެވެ.

ބުއްދީގެ ގޮތުން ނުކުޅެދުންތެރިކަން ހުރި ބައެއް ނޫނިއްޔާ އެއަރޕޯޓްގައި ޑްރޯނެއް ނަރުވާނެ

އޭނާ ޑީއެމް ގައި ލިޔެފައި ވެއެވެ.