މުއިއްޒުގެ ނަން ފަޒާގައި އެޅުމަށް ރޭ އެއަރޕޯޓްގައި އެރުވި ޑްރޯންތައް އަރުވާފައިވަނީ އދ. ގެ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަންގެ ޤާނޫނުތަކާއި އަދި ރާއްޖޭގެ ޤަނޫނާއި ގަވާއިދު ތަކާއި ޚިލާފަށެވެ. އެއަރޕޯޓްގައި ޑްރޯން އެރުވުމަކީ މި ޤާނޫނުތަކުން މަނާ ކޮށްފައިވާ ކަންކަމެވެ. ޤާނޫނާއި ޚިލާފަށް އެއްވެސް އަމަލެއް ކުރުމުގެ ބާރެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް މުއިއްޒު ހިމެނޭހެން ލިބިގެން ނުވެއެވެ. އެގޮތަށް އެކަން ކުރުމަކީ ޤާނޫނީ ކުށެކެވެ. އަދި ޤާނޫނީ ހަމަތަކުން އަދަބު ލިބެން ޖެހޭ ކަމެއްވެސް މެއެވެ.
މުއިއްޒުގެ ނަން ޖައްވާއި ފަޒާގައި ފަވާލުމަށް އެރުވި ޑްރޯންގެ ތަކުގެ ސަބަބުން ފްލައިޓްތައް ނުޖެއްސި، ފްލައިޓްތައް އުދުހުން ލަސްވެ، އަދި އެހެން ޑެސްޓިނޭޝަން ތަކަށް ފްލައިޓްތައް އެމަޖެންސީގައި ޖައްސަން ޖެހުމުގެ ސަބަބުން އެއަރލައިން ތަކަށް 11 މިލިއަން ޑޮލަރުގެ ގެއްލުމެއް މުއިއްޒުގެ ސަބަބުން ވަނީ ވެފައެވެ.
މީގެ އިތުރުން މުޅި އެއަރޕޯޓް ސެކިޔުރިޓީ ބޮޑު ރިސްކަކަށް މުއިއްޒު ވަނީ މުއިއްޒުގެ ނަން އެޅުމަށް ބޭއްވި ޑްރޯން ޝޯއިން ވައްޓާލާފައެވެ. އެއަރޕޯޓްގައި ޑްރޯން އެރުވުން މަނާ ކޮށްފައި ބައިނަލްއަޤްވާމީ ޤާނޫނުތަކުން އޮންނަނީ ހަމައެކަނި ފްލައިޓްތަކަށް ވެދާނެ ގެއްލުމަކަށަށް ނޫނެވެ. އެއީ އެފަދަ ޑްރޯންއެއް ބޭނުންކޮށްގެން އެއަރޕޯޓަށް ހަމަލާއެއް ދީފާނެ ކަމަށް ބަލައެވެ.
ރާއްޖެއަކީ ސީރިޔާ ހަނގުރާމައަށް އެންމެ ގިނަ ޓެރަރިސްޓުން ނިސްބަތުން ދިޔަ ޤައުމެއެވެ. އަދި އެންމެ ގިނަ ހަނގުރާމަވެރިން ސީރިޔާއިން އައިސް މިނިވަންކަމާއި އެކު އުޅޭ ޤައުމެވެ. އެއަރޕޯޓްގައި ޑްރޯން އެރުވުމަކީ ޓެރަރިސްޓުންނަށް ރައީސް މުއިއްޒު ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ އެއަރޕޯޓަށް ހަމަލާދޭން ދިން ދައުވަތެއް ފަދަ ކަމެކެވެ. މިވަރުގެ ރިސްކަކަށް ރާއްޖޭގެ އެއަރޕޯޓް ވައްޓާލި މީހެއް ރާއްޖޭގެ ތާރީޚު އަދި ނުދެކެއެވެ.
ދުނިޔޭގެ އެެހެން އެއްވެސް ވެރިއަކީ މިހާ ބުއްދީގެ ގޮތުން ނުކުޅެދޭ މީހަކަށް ނުވާތީ، ރާއްޖެ ނޫނީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި މިހާތަނަށް އެއަރޕޯޓެއްގައި ޑްރޯން ޝޯއެއް ނުބާއްވައެވެ.