ޚަބަރު

ޓީއެމްއޭގެ "ދުވަސް ދުއްވާލަން" މުއިއްޒު އަންގައިފި

ދިޔަވަރު
ޓީއެމްއޭގެ "ދުވަސް ދުއްވާލަން" މުއިއްޒު އަންގައިފި

ޓީއެމްއޭގެ "ދުވަސް ދުއްވާލަން" މުއިއްޒު އަންގައިފިއެވެ. ރާއްޖޭގެ ބޭރުގެ އެމެރިކާގެ ކުންފުންޏަކުން އޮޕަރޭޓް ކުރާ ޓީއެމްއޭގެ "ދުވަސް ދުއްވާލަން" މުއިއްޒު އަންގާފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރ އަމީން އަށެވެ.

އަމީން އަށް މި ގޮތަށް އިރުޝާދު ދީފައިވަނީ ޓީއެމްއޭ އިން ޑޮލަރުން މުސާރަ ނުދޭން ނިންމަން އުޅުމުން މުޒާހަރާ ކުރަން އުޅުނު މައްސަލާގައެވެ.

ޓީއެމްއޭގެ މުޒާހަރާއާއި ދިމާކޮށް، މުއިއްޒު އާއި ވާހަކަ ދައްކައިގެން ޑޮލަރު މާރުކުރާ ޕަސެންޓޭޖް ކުޑަ ކުރުމަށް އަމީން ވަނީ ޓީއެމްއޭއިން 3 މިލިއަން ޑޮލަރު ނަގާފައެވެ. މުއިއްޒަށް މިކަމެއް ނޭނގެއެވެ. މި މައްސަލާގައި ޓީއެމްއޭގެ ލޮބީއެއްސްޓެއްގެ ހައިސިއްޔަތުން އަމީން، މުއިއްޒު އާއި މުއާމަލާތް ކޮށްފައި ވީނަމަވެސް، މުއިއްޒަށް އަމީން ހުރީ މުއިއްޒު އާއި ދެކޮޅަށް ކަމެއް ނޭނގެއެވެ. އެހެންކަމުން މި ވާހަކަތަކުގައި މުއިއްޒު ވަނީ ޓީއެމްއޭގެ ދުވަސް ދުއްވާލުމަށް އަމީން އަށް އަންގާފައެވެ.

އަމީން ވަނީ މިކަން ވަގުތުން ޓީއެމްއޭގެ އިސްވެރިންގެ ސަމާލު ކަމަށް ގެނެސްފައެވެ. ދިޔަވަރު ނޫހަށް މިކަމުގެ ޚަބަރު ލިބިފައިވަނީ ޓީއެމްއޭގެ ތެރެއިންނެވެ.

މިއީ ޤައުމެއްގެ ވެރިއެއްގެ ބަސްމަގު ހުންނަންވީ ގޮތެއް ނޫނެވެ. މުއިއްޒުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލިފައިވާ މި ދަނޑިވަޅުގައި، ބޭރުގެ ކުންފުންޏެއްގެ "ދުވަސް ދުއްވާލަން" ބުނުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެކެވެ. އަދި މުއިއްޒު ރާވައިގެން ކުންފުންޏަކަށް މިވަރުގެ ބޮޑު ގެއްލުމެއް ޓްރާންސްޕޯޓް މިނިސްޓަރ މެދުވެރިކޮށް ދޭން އުޅުމަކީ ޤައުމުގެ އަގު ވެއްޓި އިންވެސްޓަރުން މި ޤައުމަށް އައުން އެއްކޮށް ހެން ހުއްޓިގެންދާނެ ކަމެކެވެ.

ރައީސް މުއިއްޒުގެ ނުބައި ކަމާއި، ނާގާބިލު ކަމުގެ ސަބަބުން އޭނާ އަށް ވަފާތެރި، ތެދުވެރި އެއްވެސް މިނިސްޓަރަކު މިއަދު ނެތެވެ. އެމީހަކަށް ވީ ވަރަކަށް ދައުލަތް މުއިއްޒުއާއި އެއްވަރަށް މުށްޖަހައިގެން ކައިން ދާން ތިބި މީހުން ފިޔަވައި އިތުރު ބަޔަކު މިއަދުގެ ސަރުކާރުގައި ނެތްކަމީ ޙަޤީގަތެވެ.