ޚަބަރު

ރާއްޖޭގައި ރޭ އެރުވި ހަވާ ދުން، ފައިސާދީގެން ވޯލްޑް ރިކޯޑް ފޮތަށް އަރުވައިފި

ދިޔަވަރު
ރާއްޖޭގައި ރޭ އެރުވި ހަވާ ދުން، ފައިސާދީގެން ވޯލްޑް ރިކޯޑް ފޮތަށް އަރުވައިފި

ރާއްޖޭގައި ރޭ އެރުވި ހަވާ ދުން، މާ މޮޅުވެގެން ކަމަށް ބުނެ، ފައިސާދީގެން ވޯލްޑް ރިކޯޑް ފޮތަށް އެ އަރުވައިފިއެވެ.

ވޯލްޑް ރިކޯޑް ހެދުމަކީ މިޒަމާނު ދުނިޔޭގައި ކޮށް އުޅޭ ކަމެއް ވެސް ނޫނެވެ. އެހެން ނަމަވެސް، ރާއްޖޭގައި ރޭގެ އެރުވި ހަވާއަކީ އާންމުކޮށް ދުނިޔޭގައި އަރުވާ ހަވާއަށް ވުރެ، މާ ތިރިން އަރުވާފައިވާ ހަވާއެކެވެ. އޭގައި ހަވާގެ ކުލަތަކެއް އަދި ރީތި ކަމެއް ނުފެނި %90 ހުރީ ދުމެވެ. އެވާހަކަ ނުދައްކާ މީހަކު އެ ހަފްލާއަށް ނުދެއެވެ. އެވާހަކަ ނުދައްކާ މީހަކު އެ މަންޒަރު ޓީވީއިން ނުބަލައެވެ. ސޯޝަލް މީޑިޔާއިން އެ ރަސްމިއްޔާތުގެ ފޮޓޯ ފެނިފައި، އެވާހަކަ ނުދައްކާ މީހަކު ނެތެވެ.

ރައީސް މުއިއްޒު ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުމުގެ އިތުރަށް، ފައިސާ އިސްރާފުކޮށް، ފައިސާއިން ފަޒާގައި ޑްރޯން ބޭނުންކޮށް އަމިއްލަ ނަން އަޅައި، ރައްޔިތުންގެ ފައިސާއިން ސުމަކަށް ނުވާ ކަޑަ ކަންކަމަށް ވޯލްޑް ރިކޯޑް ގަނެ، ސްކޭމް ހިންގުން ނޫން ކަމެއް ނުކުރެއެވެެ. ދިވެހި ރައްޔިތުންގެ ނިކަމެތިކަން އިންތިހާއަށް އިތުރު ކުރެވެން ހުރިއްޔާ ހުރިކަމެއް މުއިއްޒު ދަނީ ކުރަމުންނެވެ.

މިދާ ވަރުން ދާނަމަ، މުއިއްޒު އިނގިރޭސި ފެންވަރު ދަށްވެގެން ރައްޔިތުން މަލާމާތް ކުރާތީ ދެން ގަންނާނީ އެއަށްވެސް ވޯލްޑް ރިކޯޑެއް ކަންނޭނގެއެވެ. މިއޮތީވާ ވެރިކަމެކެވެ.