ސިޔާސީ

އިވާ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ގަދަކަމުން ވެރިވެގެން ހުންނަ ހުރުމަކީ، ފަރުދެއްގެ ގެދޮރަށް ގަދަކަމުން ވަދެ ދިރިއުޅުންފަދަ ކަމެއް!

ދިޔަވަރު
އިވާ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ގަދަކަމުން ވެރިވެގެން ހުންނަ ހުރުމަކީ، ފަރުދެއްގެ ގެދޮރަށް ގަދަކަމުން ވަދެ ދިރިއުޅުންފަދަ ކަމެއް!

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ތަނެކެވެ. އެއީ ވަކި މީހެއްގެ އަމިއްލަ ގެދޮރެއް ނޫނެވެ. ރައްޔިތުންގެ އެންމެންގެ ގެއެވެ. ރައްޔިތުން އެމީހުންގެ ބަސް ބުނަން ތިބި މީހުން، އެބަސް ބުނަން އެއްވާ ގެއެވެ.. އެތަނަށް ވަދެ، އަމުރު މައުރޫފު ހިންގާ، ރައްޔިތުންގެ ބާރު ކަނޑުވައި ހިސޯރު ކުރުމަކީ، އަމިއްލަ ފަރުދެއްގެ ގެދޮރަށް ވަދެ، އެ ފަރުދެއްގެ އާއިލާ އެތަނުން ބޭރުކޮށް، ނުވަތަ އެގޭގެ މައްޗަށް މައްޗަށް ވެރިވެގަތުމަކީ ވަރަށް ބޮޑު އަނިޔާވެރި ކަމެކެވެ. އެއީ ޤާނޫނީ ކުށެކެވެ. އަޅުގަނޑުމެންނަށް އެފަދައިން އެކަން ކުރާތަން ފެންނަނީ ހަމަ އެކަނި ޔަހޫދީންގެ ކިބައިންނެވެ.

ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ ގަރާރު މަޖިލީހަށް ލުމަށްފަހު، މަސްލަހަތު ފުށުއަރާތީ، ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި އީވާއަށް އަދި ޑިމޮކްރެޓްސްގެ އެއްވެސް ބޭފުޅަކަށް ނީނދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަ ކޮށްފައެވެ. އަދި ހަމަ މި މޭރުމުން މަޖިލީހުގެ ރިޔާސަތުގައި އެބޭފުޅުންނަށް ނުތިބެވޭނޭކަމަށް ބަންޑާރަނައިބު ވަނީ ވިދާޅުވެފައެވެ. މަޖިލިސް ގަވާއިދުވެސް މަސްލަހަތު ފުށުއަރާ ބޭފުޅަކު ރިޔާސަތުގައި މި ފަދަ ވަގުތެއްގައި ނީނދެވޭނޭ ކަން ކަނޑައެޅިގެން ބަޔާން ކޮށްފައިވާ ވާއިރު ނަޝީދުގެ އެންގުމަށް، ގަދަކަމުން މަޖިލީހުގެ ރިޔާސަތު ހިސޯރުކޮށްގެން އީވާ އިންނެވުމަކީ ޤާނޫނީ ކުށެކެވެ.

މަޖިލީހުގެ އިމްތިޔާޒުގެ ތެރެއިން ލިބިދޭ ކުޑަ ބާރުގެ ތެރެއިން ނަޝީދު، ހިންގަމުންދާ ޚުދުމުހުތާރު އަމަލުތަކުން، ރާއްޖޭގެ އަދުގެ ސިޔާސީ މައިދާނުގައި ހުންނެވި އެންމެ ޚުދުމުހުތާރު ބޭފުޅަކީ ރައީސް ނަޝީދުކަން ދިވެހި ހުރިހާ ރައްޔިތުންހެން މިއަދު ޤަބޫލު ކުރައެވެ. ރައީސް މައުމޫނުގެ ޚުދުމުހުތާރު ހަޔާތް އެވަނީ ބާކީވެ ނިމި ގޮސްފައެވެ. އެމަނިކުފާނުގެ ފާރާތުން ބާރުތައް އެއްކުރައްވައި ރައްޔިތުންގެ ހައްޤަށް އަރައިގަންނަ މަންޒަރެއް މިއަދަކު ނުފެނެއެވެ. ރައީސް ޔާމީނު ވެސް އޭނާގެ ވެރިކަމުގައި ބާރާއި އަނިޔާވެރިކަމާއި، ޚުދުމުހުތާރުކަން ދެއްކިއެވެ. ނަމަވެސް އެދުވަސްވެސް ފަސްދީ ގޮސްފިއެވެ. އަނިޔާވެރި ޚުދުމުހުތާރު ވެރިންގެ ފަހަތުގައި ތިބޭ މީހުންނަށް މަޑުމަޑުން ވިސްނި، އެފަދަ ލީޑަރުން ދޫކޮށް ދާކަމީ ތާރީޚުން ފެންނަން ހުރި ހަޤީޤަތެވެ.

ރައީސް މައުމޫނު މާޒީގެ ތެރެއަށް ގޮސްފިއެވެ. ރައީސް ޔާމީނުގެ ސަޕޯޓަރުންގެ ތެރެއިން އެތައް ބަޔަކު، މުއިއްޒާއި ގުޅިއްޖެއެވެ. ނަޝީދަކީ މިއަދު %7 ގެ ސަޕޯޓާއި އެކު ހުންނެވި ބޭފުޅެކެވެ. ޑރ. ވަހީދުގެ %5ގެ ތާޢީދާއި އެކު %7 ތާޢީދުގައި މާގަ ބޮޑޫ ފަރަގެއް ނެތެވެ.

ގެއްލިގެން ސިޔާސީ ހަޔާތުން ނިމިގެން ދާއިރު، ހިމޭން ކަމުގެ ވެއްޓެއްގައި އޮވެގެން ނިމި ދިޔުމެއް ނަޝީދު ގަބޫލެއް ނުކުރެއެވެ. ހުންނެވީ ފައިޓެއް ނުދީ ނުދާ ގޮތަށެވެ. އެ ފައިޓުގައި ޑިކްޓޭޓަރަކަށް ތިމަންނާވެ ނިމިދަނީ ކަމެއްވެސް ނުދަނެއެވެ. ގާތުގައި އަބަދުވެސް މަދު ބަޔަކު ހެދޭހާ ގޯހެއް މޮޅު ކޮށްދޭނެ ތިބޭތީ، ނަޝީދަށް މިވާނުވާ ހަމަ ނޭނގެނީއެވެ.