ޚަބަރު

މިލިއަނުން ފުޅަނދަ ބުރަށް ޚަަރަދު ކުރި ސަރުކާރުގެ ކުންފުނިތައް އެތައް ރައްޔިތުންނަކަށް ފައިސާ ނުދީ ދަރާފައި

ދިޔަވަރު
މިލިއަނުން ފުޅަނދަ ބުރަށް ޚަަރަދު ކުރި ސަރުކާރުގެ ކުންފުނިތައް އެތައް ރައްޔިތުންނަކަށް ފައިސާ ނުދީ ދަރާފައި

މިލިއަނުން ފުޅަނދަ ބުރަށް ޚަަރަދު ކުރި ސަރުކާރުގެ ކުންފުނިތައް އެތައް ރައްޔިތުންނަކަށް އެ ކުންފުނިތަކަށް ސަޕްލައި ކޮށްފައިވާ ތަކެއްޗަށާއި، ކޮށްފައިވާ މަސައްކަތަށް ފައިސާ ނުދީ ރައްޔިތުންނަށް ވަނީ ދަރާފައެވެ.

ސްޓެލްކޯ ފަދަ ކުންފުނިތަކުން އެއް މަސްދުވަހު ކަރަންޓް ކަނޑާނުލައި ހަމަ އަށް ރައްޔިތުންނަށް ކަރަންޓް ނުދެވޭ ތާގައި، ސްޓެލްކޯގެ ދަށުގައި ހުރި ރާއްޖެތެރޭ ގައި ހުރި އަލަށް ކަރަންޓުގެ ޚިދުމަތް ބޭނުންވާ ގެތަކަށް އެ ޚިދުމަތް ނުދެވި އަހަރު ދުވަހު ވަނީ ތިބެން މަޖުބޫރު ވެފައެވެ.

ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި އެކި ކަންކަމަށް ރައީސް މުއިއްޒު ދަނީ ބޭނުން ކުރަމުންނެވެ. މި ވަގުތަކީ ރައްޔިތުންގެ ފައިސާ ތަޅާ ބުރުވައިގެން އުފާ ފާޅު ކުރަންވީ ވަގުތެއް ނޫނެވެ. ރައްޔިތުންނަށް މުއިއްޒުގެ ސަބަބުން ކުރިމަތި ވެފައިވާ ނިކަމެތިކަން އެއަށްވުރެ އެތައް ގުނައެއް ބޮޑެވެ.