ޚަބަރު

ސޯޝަލް ހައުސިންގ އެޅުމަށް ރާއްޖެއައި އިންވެސްޓަރުން ތަކެއް ހުއްޓުވައި، ޒަމީރަށް ރިސޯޓެއް ހަދައިދޭން އެދެފި

ދިޔަވަރު
ސޯޝަލް ހައުސިންގ އެޅުމަށް ރާއްޖެއައި އިންވެސްޓަރުން ތަކެއް ހުއްޓުވައި، ޒަމީރަށް ރިސޯޓެއް ހަދައިދޭން އެދެފި

ސޯޝަލް ހައުސިންގ އަށް އިންވެސްޓް ކުރުމަށް ރާއްޖެއައި އިންވެސްޓަރުން ތަކެއް ސަރުކާރުން ހުއްޓުވައިފިއެވެ.

ސޯޝަލް ހައުސިންގ މަޝްރޫއެއް ހުއްޓުވާފައިވަނީ، ފިނޭންސް މިނިސްޓަރ ޒަމީރުއެވެ. ސޯޝަލް ހައުސިންގ އަށް ޝައުޤުވެރިކަން ފާޅު ކުރި ފަރާތަށް، ށ. އަތޮޅުގައި ޒަމީރުގެ ބަފާބެއަށް ނިސްބަތްވާ ރަށެއް، ރިސޯޓަކަށް ހަދައިދޭން އޭނާ ވެެއެވެ. އަދި ހުރިހާ ގޮތަކުންވެސް، ރިސޯޓެއް ހެދުން މާ ފައިދާ ބޮޑުކަމަށް އިންވެސްޓަރުންނަށް ވިސްނައި ދީފައިވެއެވެ.

ސޯޝަލް ހައުސިންގ ޕްރޮޖެކްޓެއް ހުއްޓުވާފައިވާ ޒަމީރަކީ 4 މިލިއަން ރުފިޔާއަށް މިނިސްޓަރުކަން ގަނެގެން ކެބިނެޓުގައި އިން ވަޒީރެކެވެ. ޕީޕީއެމް ވެރިކަމަށް ގެނައުމަށް ހިންގި އެއްވެސް ހަރަކާތެއްގައި އޭނާ ބައިވެރިވެފައި ނުވެއެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ ނާގާބިލު މިނިސްޓަރުގެ ގޮތުގައި ޒަމީރު ފާހަގަ ވެފައިވަނީ އެއްވެސް ވަރަކަށް ފިނޭންސް އަދި ކުރިން ފޮރިންގ މިނިސްޓަރު ކަމުގައި ހުރެ، ރާއްޖެއަށް އެންމެ ޑޮލަރެއްވެސް ވެއްދޭނެ ގޮތެއް ހޯދައި ދީފައި ނުވާ ފަރާތަކަށް ވާތީއެވެ.

ޒަމީރު ވަނީ "މިތާ ހައުސިންގ އަޅައިގެން އަހަރެމެންނަށް އޮތީ ކޮން ފައިދާއެއްހޭ" ވެސް ފިނޭންސް މިނިސްޓްރީ ތެރޭ ބުނެފައެވެ. މިވާހަކަ ފިނޭންސް މިނިސްޓްރީ ބައެއް ސްޓާފުން ދަނީ ކޮފީ މޭޒު ތަކުގައި ދައްކަމުންނެވެ.

ވަޒީރުންގެ މެންޑޭޓަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމެވެ. ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކުޑަ ނަމަވެސް ހައްލެއް ހޯދެން އޮތް ފުރުސަތެއް ނަގާލުމަކީ އެއްވެސް ދިވެހި ރައްޔިތަކު ޤަބޫލު ކުރާނެ ކަމެއް ނޫނެވެ.

ބަޖެޓު އަރަނިވެރިވެ (ފައިދާ ވަމުން) ދާކަމަށް ބުނުމަށް ފަހު، އެތައް ހާސް ރައްޔިތުންގެ އެތައް މިލިއަން ފައިސާއެއް، ސަޕްލަޔަރުންނާއި، ކޮންޓަކްޓަރުންނަށް ނުދީ މުއިއްޒުގެ ދަތުރު ތަކަށް އެފައިސާ ތަޅާ ބުރުވަމުން ދަނީ ޒަމީރުގެ އެއްވެސް އިއުތިރާޒެއް ނެތިއެވެ. ކުޑަމިނުން މިއީ ރައްޔިތުންގެ ފައިސާއޭ، ތިމަންނާގެ މައްޗަށް މި ބިލްތައް ދެއްކުމުގެ މަސްއޫލިއްޔަތު މި މަގާމުގައި ހުރެ އޮތް ކަމަކަށް މުއިއްޒު ކައިރީ ބުނެ ނުލާތާގައި އެ މަގުން އެއްވެސް މަސައްކަތެއް ޒަމީރު ނުކުރެއެވެ.

ޒަމީރު އާއި މުއިއްޒުގެ އަނިޔާވެރި ކަމުގައި ރާއްޖޭގެ އެތައް ކުންފުންޏެއް ބަނގުރޫޓޫވެ، އެތައް ހާސް އާއިލާއެއް ވަނީ ނިކަމެތިވެ ހާލުގައި ޖެހިފައެވެ.