ޚަބަރު

ކައުންސިލް އިންތިހާބަށް 400 މިލިއަން ރުފިޔާ ހޯދުމަށް ސަރުކާރު ކުންފުނިތަކުގެ އެމްޑީއިންނަށް މުއިއްޒު އަންގައިފި

ދިޔަވަރު
ކައުންސިލް އިންތިހާބަށް 400 މިލިއަން ރުފިޔާ ހޯދުމަށް ސަރުކާރު ކުންފުނިތަކުގެ އެމްޑީއިންނަށް މުއިއްޒު އަންގައިފި

ކައުންސިލް އިންތިހާބަށް 400 މިލިއަން ރުފިޔާ ހޯދުމަށް ސަރުކާރު ކުންފުނިތަކުގެ ބައެއް އެމްޑީއިންނަށް މުއިއްޒު އަންގައިފިއެވެ.

400 މިލިއަން ރުފިޔާ އާއި، އިތުރު 4000 ސިޔާސީ ވަޒީފާ ބަހައިގެން 2026 ގައި އޮންނަ ކައުންސިލް އިންތިހާބު ނެގުމަށް މުއިއްޒު ވަނީ ނިންމާފައެވެ.

މި ފައިސާ ނެގުމަށް މުއިއްޒު އަންގާފައިވަނީ، އާންމު ރައްޔިތުން ކޮށްފައިވާ މަސައްކަތަށް ދޫކުރާ ފައިސާއިން %20 އާއި %30 ކަޓުގެ ގޮތުގައި ނަގައިގެންނެވެ. އެގޮތަށް މުއިއްޒަށް ފައިސާ ނުދޭހާ ހިނދަކު އެއްވެސް ބަޔަކު ކުރާ އެއްވެސް މަސައްކަތަކަށް ފައިސާ ދޫ ނުކުރުމަށް މުއިއްޒު ވަނީ އަންގާފައެވެ.

މީގެ އިތުރުން ފުށިދިއްގަރު ފަޅަކީ މުއިއްޒު ލާރި ހަދަން ބޭނުން ކުރާ މެޝިނަކަށް ހަދައި، އެތަން ހިއްކުމަށް ހަވާލު ކޮށްފައިވާ ފަރާތްތަކަށް 8 ޑޮލަރުގެ ރޭޓުން ކިޔުބިކް މީޓަރެއް ހެއްކެން އޮއްވާ މުއިއްޒު އެތަންތަން ދީފައި ވަނީ 12 ޑޮލަރުގެ ރޭޓުންނެވެ. ހިއްކާ ކޮންމެ ކިޔުބިކް މީޓަރަކުން މުއިއްޒު ދަނީ 4 ޑޮލަރު އޭނާގެ ޖީބަށް ލަމުންނެވެ.

ހިއްކަމުން ދާ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ނުދެވި 7 މަސްވެފައިވާއިރު، މާރު ކުރުމުގެ ނަމުގައި ރިސޯޓުތަކުން ގަދަކަމުން އަތުލާ ޑޮލަރު ކޮޅު ދޭން މުއިއްޒު ދަނީ ވިސްނަމުންނެވެ. ސަރުކާރު ކުންފުނިތަކުން ރައްޔިތުންނަށް ދަތިކޮށް، ރިޝްވަތުގެ ގޮތުގައި 400 މިލިއަން ނުނެގޭނަމަ، އެފައިސާ ދެން ނެގުން އޮތީ ޕްރޮޖެކްޓްތަކުންނެވެ.

ދިވެހިރާއްޖެއަށް މިއަދު މުއިއްޒުގެ ސަބަބުން ކުރިމަތި ވެފައިވާ މި ހިތްދަތި ހާލަތަކީ ވަޒީފާއަށް ނަފްސު ވިއްކާލާ މީހުންގެ ސަބަބުން ދިމާވެފައިވާ ހާލަތެކެވެ. ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކުގެ ސަބަބުން މުޅި ޤައުމަށް އެތައް ގެއްލުމެއް ދަނީ ކުރަމުންނެވެ. މުއިއްޒުގެ އަނިޔާވެރިކަން ދަމަހައްޓާދޭ ބަޔަކީ އެމީހުންނެވެ.