ޚަބަރު

އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް އެތައް މިލިއަން ޑޮލަރުގެ ކޮރަޕްޝަން. އަޑީގައި މޫސާ ޒަމީރު!

ދިޔަވަރު
އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް އެތައް މިލިއަން ޑޮލަރުގެ ކޮރަޕްޝަން. އަޑީގައި މޫސާ ޒަމީރު!

އޭއެމްސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަކަށް ހުރި އިބްރާހިމް ޝަރީފް މުހައްމަދަކީ މޫސާ ޒަމީރު އެމަގާމަށް ހަމަ ޖައްސަދިން އޭނާގެ ބޯއި އެކެވެ. މިއީ ވައްކަމާއި ވިޔަފާރީގެ ޕާޓްނަރުންނެވެ. މޫސާ ޒަމީރުގެ ވިޔަފާރިތައް އެސްޓީއޯ ޒަމާނުން ފެށިގެން މަހުގެ ވިޔަފާރިން ފެށިގެން މިއަދާއި ހަމައަށް އައި އިރުވެސް "އޮޕަރޭޝަން" އާއި ހަވާލުވެ ހުންނަނީ ޝަރީފްއެވެ.

އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް މިލިއަން ޑޮލަރުން ތަޅާލީ ރައީސް މުއިއްޒު ދިމްޔާތަށް ވައްދާ ފައިސާ އިތުރު ކުރުމަށެވެ. އެކަން ކުރަމުން ދަނީ މޫސާ ޒަމީރުގެ އިރުޝާދުގެ ދަށުންނެވެ. މިފައިސާ މުސާ ޒަމީރު އަތުން ވަންނަނީ ދެން ދިމްޔާތަށެވެ.

ލައްމާނު ވަގު ސެޓްފިކެޓެއް އުފައްދައިގެން އެމައްސަލަ ކަމާއި ބެހޭ އިދާރާތަކުން ބަލަމުން ދަނިކޮށް މުއިއްޒު އަންގައިގެން އެ މައްސަލަ ހުއްޓުވުމަށްފަހު، އޭއެމްސީއެލްއިން ވައްކަން ކުރުމުގެ ކަންކަން ރަސްމީކޮށް ހަވާލުކޮށް ލައްމާނު އާއި މުއިއްޒު ހަވާލު ކުރިއެވެ. ނަމަވެސް ރައީސް މުއިއްޒު ލައްމާނާއި ސީދާ ގުޅައި ނަހަދައެވެ. ލައްމާނު އަށް ކަން ކުރަންވީ ގޮތް އަންގަނީ އެމްޑީ ޝަރީފްއެވެ. ޝަރީފް އަމަލު ކުރަމުންދަނީ މޫސާ ޒަމީރު މުއިއްޒުގެ ފަރާތުން އަންގާ ގޮތަށެވެ.

މިހާތަނަށް އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮށްފައިވާ ވައްކަމުގެ ތެރެއިން ސޯޝަލް މީޑިޔާއަށް މަދު އިންވޮއިސް ތަކެއް ލީކްވެފައި ވީނަމަވެސް، މުޅި މި ހަފްލާއަކީ އެތައް މިލިއަން ޑޮލަރެއް ދިމްުޔާތަށް ވައްދާލި ހަފްލާއެކެވެ.

ރައީސް މުއިއްޒު މިކަން ކުރަމުން ދަނީ، ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ފައިސާ ބޭނުންވާކަމަށް އެމްޑީއިންނަށް އަންގައިގެންނެވެ.

މިހާތަނަށް ސޯޝަލް މީޑިޔާއަށް އާންމުވެފައިވާ ބައެއް ވައްކަންތައް:

ވީޑިއޯއަކަށް ޗޮޕާޓަށް 237,600 ރުފިޔާ ދީފައިވޭ.

އިޝްތިހާރުތަކަށް އޮބްޖެކްޓް ޕްރައިވެޓް ލިމިޓެޑަށް 243,000 ރުފިޔާ ދީފައިވޭ.

ޓީލް މީޑިއާއަށް (ޢާއިޝަތު ވިޝާމަތު) 24,978 ޑޮލަރު ދީފައިވޭ.

މިސްޓިފައިއަށް (އިބްރާހިމް މިސްޠަހު) 120,000 ރުފިޔާ ދީފައިވޭ.

ވިޝާމަތާއި މިސްޠަހަކީ ދެމަފިރިންނެވެ. މި ދެމީހުންނަކީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ލައްމާންގެ ރައްޓެހިންނެވެ.

ރައީސް މުއިއްޒު ގެންދަވަނީ ރާއްޖޭގެ ތާރީޚުގައި އެއްވެސް ބަޔަކު، ވައްކަން ނުކުރާ ވަރަކަށް ދައުލަތުގެ މުދަލުން ވައްކަން ކުރަމުންނެވެ. ރޯމާ ދުވާލުއެވެ. މިކަމުގައި ރައީސް މުއިއްޒު ދިފާޢު ކުރަން ތިބީ، ވަޒީފާ ދީފައިތިބި ފަރާތްތަކެވެ. މި މީހުންގެ ތެރޭގައި ސަލަފުގެ މީހުންނާއި، އެމްޕީ އިންވެސް ހިމެނެއެވެ. އެމްޕީއިން ބޭނުންވާ އެތައް ބަޔަކަށްވެސް މުއިއްޒު ވަނީ ވަޒީފާ ހަމަޖައްސައި ދީފައެވެ. ސަރުކާރުން ދީފައިވާ ވަޒީފާތަކުގެ އަދަދު 10،000 އަށް ވުރެ މިހާރު އިތުރުވާނެ ކަމަށް ބެލެވެއެވެ.

މި ހުރިހާ ވައްކަމެއް ކުރަނީ ކުދި ކުދި ވިޔަފާރިތަކަށް ދޭންހުރި ލާރި ނުދީ ފިނޭންސްގައި ހިފަހައްޓައިގެން ދިވެހި އެތައް ހާސް ރައްޔިތުންނަކަށް މޫސާ ޒަމީރު އާއި މުއިއްޒުގެ އަނިޔާވެރިކަން ދައްކަމުންނެވެ.